އެސްޓީއޯ ފިއުލް ލެބުން އެންމެ ފުރަތަމަ ޓެސްޓްކުރީ ޖެޓް ފިއުލް

އެސްޓީއޯ ޖީއީ ފިއުލް ލެބުގައި ކުރި ފުރަތަމަ ޖެޓް ފިއުލް ޓެސްޓު: މި ލެބު އޮޕަރޭޓުކުރަނީ ޕްރޮޑަކްޓު ޓެސްޓިންގައި ތަޖުރިބާކާރު ޖީއީއޯ ކެމް މިޑްލް އީސްޓު ކުންފުނިން. -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ޖީއީ ފިއުލް ލެބުގައި ކުރި ފުރަތަމަ ޖެޓް ފިއުލް ޓެސްޓު: މި ލެބު އޮޕަރޭޓުކުރަނީ ޕްރޮޑަކްޓު ޓެސްޓިންގައި ތަޖުރިބާކާރު ޖީއީއޯ ކެމް މިޑްލް އީސްޓު ކުންފުނިން. -- ފޮޓޯ: އެސްޓީއޯ

ރާއްޖެ އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓުކުރަން އެސްޓީއޯ އިން ހުޅުވާފައިވާ ޖިއީއޯ ކެމް ފިއުލް ޓެސްޓިން ލެބޯރަޓަރީގައި މިދިޔަ ބުރާސްފަތި ދުވަހު ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓުކޮށްފި އެވެ.

މި ލެބުގައި އެންމެ ފުރަތަމަ ކުރި ޓެސްޓަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޖެޓް ފިއުލް ޓެސްޓެކެވެ.

މިއީ ރާއްޖޭގައި މިގޮތަށް ތެލުގެ ސާމްޕަލެއް ޓެސްޓުކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.

Advertisement

ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތައް އޮންނަ ގޮތުން، ފްލައިޓަކަށް ތެޔޮ އެޅުމުގެ ކުރިން ޓޭންކުގައި ހުރި ތެޔޮ ޓެސްޓުކުރަން ޖެހެ އެވެ.

ކޮންމެ ދިހަ ދުވަހަކުން އެމްއޭސީއެލަށް ތެޔޮ ޝިޕްމަންޓެއް ލިބޭއިރު، މި ލެބު ގާއިމުކުރުމުގެ ކުރިން މި ޓެސްޓުތައް ކުރަން ފޮނުވަން ޖެހެނީ މުޅީން ވެސް ރާއްޖޭން ބޭރަށެވެ.

އެސްޓީއޯގެ މި ލެބު އޮޕަރޭޓު ކުރަނީ ޕްރޮޑަކްޓު ޓެސްޓިންގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓު ކުންފުނިންނެވެ.

އެސްޓީއޯ އިން ލެބް ހިންގުމުގެ ބަދަލުގައި ފަންނީ ތަޖުރިބާ ހުރި ބަޔަކާ މިކަން ހަވާލުކުރީ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ލެބަކަށް މި ލެބް ހެދުމުގެ ބޭނުމުގަ އެވެ.

މި ލެބުން ދޫކުރާ ސެޓިފިކެޓަކީ އައިއެސްއޯ-އައިއެސްއައި ސެޓިފިކޭޝަން ލިބިފައިވާ، ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ބަލައިގަންނާނެ ސެޓިފިކެޓެވެ.

ޖެޓް ފިއުލްގެ އިތުރުން މި ލެބުން ޕެޓްރޯލާއި ޑީސަލް ސާމްޕަލްތައް ވެސް ޓެސްޓުކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ސުކޫކު ދެއްކިއިރަށް ވުރެ ބޭނުންކުރެވޭ ރިޒާވު ދަށަށް

މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 200.6 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި. މިއީ އޭޕްރިލް މަހު ސުކޫކު ދައްކަން ހޭދަކުރި 525 މިލިއަން ޑޮލަރަށްވުރެ މަދު އަދަދެއް ނަމަވެސް، ޑޮލަރު މާރުކުރާ މިންވަރު އިތުރުވުމާއެކު އަހަރުގެ ފަހު ކުއާޓަރުގައި ރިޒާވް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ.

އެމްއައިބީން ފައިސާ މޮބައިލް އެކްސް 2.0 ރޯލްއައުޓްކޮށްފި

އެމްއައިބީގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އައު ފީޗާސްތަކާއެކު "ފައިސާ މޮބައިލް އެކްސް 2.0" އެޕްލިކޭޝަން މިހާރު ވަނީ ނެރެފައެވެ. މި އަޕްގްރޭޑްގައި ޔޫޒާ އިންޓަފޭސް ރަނގަޅުކުރުމުގެ އިތުރުން، ސްމާޓް ސާޗް އަދި ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭނެ ރެމިޓެންސްގެ ޚިދުމަތް ހިމަނާފައިވެއެވެ. މީގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.

ބަންކަރިން ހިދުމަތުން 80 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު

ބަންކަރިން ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު ސައީދު ވިދާޅުވީ މިއީ ބަނދަރެއް ނެތި މި ޚިދުމަތް ފަށައިގެން ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ޚިދުމަތްތަކާއެކު މި އާމްދަނީ އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް.

ޓީޓީތައް ލަސްވެ، ސަޕްލަޔަރުންނާ މޫނުކެނޑޭ ހިސާބަށް

ބީއެމްއެލް މެދުވެރިކޮށް ބޭރުގެ ސަޕްލަޔަރުންނަށް ފޮނުވާ ޓީޓީތައް ލަސްވުމުގެ ސަބަބުން، މުދާ ލިބުން ލަސްވެ ވިޔަފާރިވެރިންނަށް ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިއްޖެ. މި މައްސަލައިގެ ސަބަބުން ސަޕްލަޔަރުންނާ އޮންނަ އިތުބާރު ގެއްލި، ޑެމަރޭޖުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭކަމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ވަރުގަދަ ބްރޭންޑަކަށް އެމްއޭސީއެލުން ޖާގައެއް ނުދިން

ޒިޔާދު ވިދާޅުވީ ރެވެނިއު-ޝެއަރިންގް މޮޑެލްގެ ދަށުން މިފަދަ ވަރުގަދަ ބްރޭންޑެއް އެއާޕޯޓަށް ގެނައުމަކީ ރާއްޖޭގެ ތަސައްވުރު ބައިނަލްއަގުވާމީ ފެންވަރުގައި ރަނގަޅުވެގެންދާނެ ކަމެއް ކަމަށް.

ބީއެމްއެލް އިސްލާމިކް ބޭންކިންއަށް ބަދަލުވެއްޖެ

ބީއެމްއެލްގެ "އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީ" ގެ ދަށުން އެކައުންޓުތަކާއި ލޯނުތައް ވެސް އިސްލާމިކް ބޭންކިންއަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ކަސްޓަމަރުން ބޭނުންވެއްޖެ ހާލަތެއްގައި އާންމު ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox