ކުރިނބީ ރައްޔިތުނަށް ސާފު، ހިމޭން ހަކަތައިގެ ވެއްޓެއް

ހދ. ކުރިނބި: މުޅި ރަށަށް ބެނުންވާ ކަރަންޓް ސޯލާއިން އުފެއްދުމުގެ ގާބިލުކަން ވަނީ ލިބިފައި-- ފޮޓޯ މުހައްމަދު ލަތީފު

ހދ. ކުރިނބި: މުޅި ރަށަށް ބެނުންވާ ކަރަންޓް ސޯލާއިން އުފެއްދުމުގެ ގާބިލުކަން ވަނީ ލިބިފައި-- ފޮޓޯ މުހައްމަދު ލަތީފު

ހާހަކަށްވުރެ ކުޑަ އާބާދީއެއް ދިރިއުޅޭ، ބޯތައްޓެއްގެ ބައްޓަމަށް އޮންނަ ހދ. ކުރިނބީ އަކީ މީގެ ކުރިން މާބޮޑު ސަމާލުކަމެއް ލިބިފައިވާ ރަށެއް ނޫނެވެ. ނަމަވެސް އެރަށުގެ ރައްޔިތުންނަށް މިހާރު ވަނީ، ސާފު ހިމޭން ވެއްޓެއްގައި ދިރިއުޅުމުގެ ނަސީބު ލިބިގެން ގޮސްފަ އެވެ. އެއީ، މީހުން ދިރިއުޅޭ އެހެން ރަށަކަށް އަދި ނުލިބޭ ވަރުގެ ކުރިއެރުމެކެވެ.

ދެހާސް ތިރީހުގެ ނިޔަލަށް ރާއްޖެއިން ކާބަން ނިޔުޓްރަލް ގައުމަކަށްވުމަށް ކުރާ މަސައްކަތުގެ މުހިންމު އެއް ބަޔަކީ އަވިން ކަރަންޓް އުފެެއްދުމުގެ ގާބިލުކަން އިތުރުކޮށް، ޑީސަލް ޖަނަރޭޓަރުތައް ނިއްވާލުމެވެ. "ޕްރިފެއަރިން އައުޓާ އައިލެންޑް ފޯ ސަސްޓެއިނަބަލް އެނަޖީ ޑިވެލޮޕްމަންޓް" (ޕޮއިސްޑް) އަކީ ރާއްޖޭގެ 160 ރަށެއްގައި ހައިބްރައިޑް ނިޒާމު ގާއިމުކުރުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ހިންގާ މަޝްރޫއެކެވެ.

ޖުމްލަ 763 މީހުންގެ އާބާދީއެއް އޮންނަ ކުރިނބީގަ ޖަނަރޭޓަރު ހިންގައިގެން ކަރަންޓު ދެމުން އަންނަތާ 30 އަހަރާ ވަނީ ގާތްކޮށްފަ އެވެ. މީހުން ދިރިއުޅޭ 100 ގެއަށް ކަރަންޓް ދިނުމަށްޓަކައި އެރަށުގައި ތިން ޖަނަރޭޓަރު ބޭނުންކުރެ އެވެ. އެއީ 60 ކިލޯވޮޓް ގެ ޖަނަރޭޓަރަކާއި، 120 ކިލޯވޮޓް ގެ ޖަނަރޭޓަރަކާއި އަދި އިތުރު ޖަނަރޭޓަރެކެވެ. އެރަށުގައި ކަރަންޓުގެ ހިދުމަތް ދެމުން ގެންދަނީ ފެނަކަ އިންނެވެ.

އޭޑީބީގެ އެހީގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން، މީހުން ދިރިއުޅޭ އެއް ކޮށްޓަށްވުރެ ބޮޑު ސަރަހައްދެއްގައި ކުރިނބީގައި ސޯލާ ޕެނަލް ހަރުކޮށް، ޓެސްޓް ކުރުމުގެ ގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު، 30 މިނިޓަށް މުޅި ރަށަށް ކަރަންޓް ދޫކުރި އެވެ.

"މިރަށުގައި 130 ގެ ހުންނަ އިރު މީހުން ދިރިއުޅެނީ 100 ގޭގައި، ސޯލާ ކަރަންޓުން މުޅި ރަށަށް މިހާރު 24 ގަޑިއިރު ކަރަންޓް ދެވޭނެ،" ރަށުގެ ކައުންސިލް ރައީސް އަބްދުއްﷲ އަސްލަމް ވިދާޅުވި އެވެ. "މިއީ ވަރަށް ބޮޑު ކުރިއެރުމެއް."

ރަށުގެ މަތިން ބަލާއިރު، ދިގު ހަ ފުރާޅަށްވާ ގޮތަށް ފެންނަ ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރީ އެކަމަށް ހަދާފައިވާ ހަ ހަޓެއްގަ އެވެ. އެއާއި އެކު، ސޯލާ އިން އުފައްދާ ކަރަންޓް ރައްކާކުރެވޭނެ ބެޓެރި ނިޒާމު ވެސް ގާއިމުކޮށްފައިވެ އެވެ. މި ކުރިއެރުމާއެކު، ކުރިނބީ ވެގެން ގޮސްފައި ވަނީ ރާއްޖޭގައި މުޅި ރަށަށް ބެނުންވާ ކަރަންޓް އިރުގެ ހަކަތަ އިން އުފެއްދުމުގެ ގާބިލުކަން ލިބުނު މީހުން ދިރިއުޅޭ ފުރަތަމަ ރަށަށެވެ.

"މުޅި ރަށަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ސޯލާ އިން ކަރަންޓް އެބަ އުފެއްދޭ، ކުރިއަށް އޮތްތަނުގައި ޖަނަރޭޓަރު ނުހިންގަ ކަރަންޓް ދެވޭނެ، އެކަމަކު، ކަރަންޓް އުފެއްދޭ މިންވަރަށް މޫސުމާ ގުޅިގެން ބަދަލު އަންނާނެ،" އަސްލަމް ވިދާޅުވި އެވެ.

ސސސ
ސސސ

ކުރިނބީގައި ގާއިމުކޮށްފައިވާ ސޯލާ ޕެނަލް ފުރާޅުތައް: ކުރިއަށް އޮތް އަހަރުތަކަށް އެ ރަށަށް ބޭނުންވާ ވަރަށް މި ނިޒާމުން ކަރަންޓް އުފެއްދޭނެ-- ފޮޓޯ ކުރިނބީ ކައުންސިލް

އަސްލަމް ވިދާޅުވި ގޮތުގައި އެ ރަށުގެ އިންޖީނުގެތައް ހުންނަނީ މީހުން ދިރިއުޅޭ ހިސާބާ ދުރުގައި ކަމުން ޖަނަރޭޓަރުތައް ނިއްވާލިއަސް، ކަރަންޓް ނުކެނޑޭނަމަ، މީހުންނަށް އެކަން ފާހަގަ އެއް ނުވާނެ އެވެ. އެނާ ވިދާޅުވި ގޮތުގައި ޖަނަރެޓަރުތައް ނިއްވާލުމަކީ ބޮޑު ފަޅު ކަމެއްގެ ގޮތުގައި އިންޖީނު ގޭގެ މުވައްޒަފުން ފާހަގަ ކުރެ އެވެ.

"އިންޖީނުގެ މީހުން އުޅޭ ސަރަހައްދާ ދުރުގައި ހުންނާތީ މީހުންނަށް އިހުސާސް ނުވިއަސް، ފެނަކައިގެ މުވައްޒަރުން ބުނޭ، ޖަނަރޭޓަރުތައް ނިއްވާލީމަ ވަރަށް ފަޅޭ،" އޭނާ ވިދާޅުވި އެވެ

އަސްލަމް ވިދާޅުވި ގޮތުގައި ޓެސްޓް ކުރުމަށް ސޯލާ ކަރަންޓް ދޫކުރި ނަމަވެސް، އެ ކަރަންޓް ދާއިމީކޮށް ދޫކުރުމަށް ދޮޅު މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެ އެވެ. މިހާރު ގާއިމު ކޮށްފައިވާ ސޯލާ ޕެނަލް ތަކުން ވަރަށް ގިނަ އަހަރުތަކަށް، އެރަށަށް ފުދޭ މިންވަރަށް ކަރަންޓް އުފެއްދޭނެ ކަމަށް އެނާ ވިދާޅުވި އެވެ.

"ކަރަންޓްގެ އަގަށް ބަދަލު ގެނައުމާ ދޭތެރޭ ގޮތެއް ނިންމަވާނީ ސަރުކާރުން، މީގެ ސަބަބުން ޔަގީނުން ވެސް ފެނަކައިން ކުރަން ޖެހޭ ހޭދަ ކުޑަވެގެން ދާނެ،" އަސްލަމް ވިދާޅުވި އެވެ.

ސޯލާ އިން ކަރަންޓް އުފެއްދުމުގެ އިންގިލާބީ ބަނދަލެއް ގެނައުމުގެ މަސައްކަތް އެންމެ ފުރަތަމަ ރާއްޖޭގައި ފެއްޓެވީ، މީގެ 13 ވަރަކަށް އަހަރު ކުރިން ރައީސް މުހައްމަދު ނަޝީދު އެވެ. އެއީ ކުރެވިދާނެ ކަމެެއް ކަމަށް ކަމަށް އޭރު މީހުން ގަބޫލު ނުކުރެ އެވެ. ކުރިނބީން މިއަދު އެ ފެންނަނީ އެކަން ހަގީގަތަކަށް ވެފައިވާ ތަނެވެ. ހިސާބު ނުކުރެވޭވަރުގެ ބޮޑު ފައިދާ އަކާއި ސާފު ހިމޭން ވެއްޓެއްގެ ހިތްހަމަޖެހުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox