މާލެ އަށް ރޭ އެރި ވެލާ އެޅި 96 ބިސް ކުޑަ ހުރާގައި ވިއްސަނީ

ސިނަމާނެ ބްރިޖް ސަރަހައްދަށް ރޭ ދަންވަރު ވެލައެއް އަރާ ބިސް އަޅަނީ -- ފޮޓޯ އެންވަރަމެންޓް މިނިސްޓްރީ

ސިނަމާނެ ބްރިޖް ސަރަހައްދަށް ރޭ ދަންވަރު ވެލައެއް އަރާ ބިސް އަޅަނީ -- ފޮޓޯ އެންވަރަމެންޓް މިނިސްޓްރީ

ސިނަމާލެ ބްރިޖުން ކައިރިއަށް ވެލައެއް އަރައި ރޭ ދަންވަރު އެޅި 96 ބިސް ވިއްސުމަށް ފޯސީޒަން ކުޑަހުރާ ރިސޯޓަށް ފޮނުވާލައިފި އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ބްރިޖުން މާލެ އަށް ފައިބާ ތަނުގައި އޮތް ފަސްގަނޑަށް ރޭ އިރާކޮޅު އެރި ވެލާ ބިސް އެޅީ ދަންވަރު އެވެ. މީގެ ތިން ހަފުތާ އެއްހާ ދުވަސް ކުރިން، ފެބްރުއަރީ 27، ގައި ވެސް އެ ސަރަހައްދަށް ބިސް އަޅަން ވެލައެށް އެރި އެވެ. އެ ވެލައަށް ބިސް ނޭޅިގެން އުޅެނިކޮށް، ފުލުހުން ވަނީ އޭތި "ފައްސާލައިފަ" އެވެ. ނަމަވެސް ރޭ ބިސްއަޅަން އައި ވެލައަށް ފުލުހުން ހިމާޔަތްދިނެވެ.

އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނަރަލް އިބްރާހީމް ނައީމް ވިދާޅުވި ގޮތުގައި ކުޑަހުރާގައި ހުންނަ މެރިން ސޭވާސް ގެ ސެންޓަރަށް ހުރިހާ ބިހެއް ނަގައި ފޮނުވާލީ، ވެލާ ބިސް އެޅި ތަނަކީ އެ ބިސްތައް ފީކޮށް ވިއްސުމަށް އެކަށީގެންވާ ތަނަކަށް ނުވާތީ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ވެލައެއް އެ ސަރަހައްދަށް ބިސް އަޅައިފި ނަމަ ޖެހޭނީ ބިސްތައް ނަގައި އެހެން ތަނެއްގައި ވިއްސަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މެރިން ސޭވާސް އިން ބިސްތައް ވިއްސާނެ، އަދި އެ މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ، އެ ވެލާ އެޅީ 96 ބިސް، 40-60 ދުވަސް ވަރު ނަގާނެ ބިސްތައް ވިހަން،" ނައީމް ވިދާޅުވި އެވެ.

ވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް މާލެ އަށް ވެލައެއް ބިސް އެޅިކަން އެނގޭކަށް ނެތެވެ. ވެލައާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުން، ވެލާ ބިސް އަޅަން އަރާނީ އެ ވެލައެއް އުފަންވި ތަނަކަށެވެ. އެހެންކަމުން، ރޭގަ ބިސް އެޅި ވެލަ އަކީ ކޮންމެވެސް ގޮތަކުން މާލެ އަށް އުފަންވި ވެލައެއް ކަމަށް ލަފާކުރެވެ އެވެ.

ކުޑަހުރާގެ މެރިން ސޭވާސް ގެ ފަރާތުން، ވެލާ ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެނދެ އެވެ. ތަފާތު ގެއްލުންތައް ލިބިފައިވަނިކޮށް ފެންނަ ވެލަ އަށް އާންމުކޮށް ފަރުވާ ދެނީ ވެސް މެރިން ސޭވާސް އިންނެވެ. ވެލައާ ބެހޭ ދިރާސާކޮށް ފަރުވާދޭ ސެންޓަރެއްް އެ ރިސޯޓުގައި ގާއިމުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox