މާލޭ ރައްޔިތުންނަށް ގޯތިދޭން އޮތީ މައިގަނޑު ހަތަރު ޝަރުތެއް: އަސްލަމް

Mohmed Aslam

Mohmed Aslam

މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ކަނޑައަޅާފައި އޮތީ މައިގަނޑު ހަތަރު ޝަރުތެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކްރައިޓީރިއާ އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި މާބޮޑެތި ކްރައިޓީރިއާތަކެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާބޮޑެތި ކްރައިޓީރިއާތަކެއް ހުރި ކަމެއް ނޫން ކަމަކީއެއް. އޮތީ ހަތަރު ކަމެއް މިހައިތަނަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގޯތި ދިނުމުގެ ކްރައިޓީރިއާ އެކުލަވައިލާ ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދާއިރާތަކުގެ މެމްބަރުންނާއި ރައީސް އޮފީހުގެ ޕޮލިސީ ޓީމާ ވެސް މަޝްވަރާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތައް

  1. މާލެއަށް އުފަން މާލޭގެ ރައްޔިތަކަށްވުން
  2. މާލޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނެތުމާއި ވާރުތަވާން ވެސް ނެތުން
  3. މާލޭގެ ދަފްތަރުގައި ޖެހިގެން މާލޭގައި ދިރިއުޅޭ މީހުންނަށް ލިބުނު ދަރިންގެ ތެރެއިން ދަފްތަރުގައި ނުވަތަ މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހަކަށްވުން.
  4. އުުމުރާއި ދިރިއުޅުމުގެ ހާލަތު.

އަސްލަމް ވިދާޅުވީ ޕޮއިންޓް ދޭ އުސޫލެއްގެ ތެރޭގައި އުމުރާއި ދިރިއުޅުމުގެ ހާލަތު ހިމަނަނީ ވަކިވަރަކަށްވުރެ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށް ގޯތި ދިނަސް، އެތަނުގައި ގެއެއް އިމާރާތްކުރުމަށް ބޭނުންވާ ފައިސާ ހޯދުން ފަދަ ކަންތައްތަކުގައި ދަތިތަކެއް ހުންނާނެތީ ކަމަށެވެ.

"އެކި އުމުރުތަކަށް ސްކޯކުރުން ތަފާތުވޭ. 18 އަހަރާއި 25 އަހަރާއި އަދި އަނެއްކޮޅުން ޓެއިލް އިންޑްގައި 65 އަހަރަށް ދިޔައިމާ އަދި ގޯއްޗެއް ލިބުނަސް އެކަން ކުރުމަށް ބޭނުންވާ ފައިނޭންސް ރެއިޒްކުރުމުގައި އިޝޫތަކެއް އުޅޭނެެ. އެހެންވީމާ މި ދެންނެވި އުމުރު ފުރާތަކަށް މާކްސް ދިނުމުގައި[ ބަލާނެ]،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީހަކާ އިނދެގެން އުޅުމާއި ނޫޅުމަކީ މާކްސްދިނުމުގައި ބަލާނެކަމެއް ނޫނެވެ. އެހެން ނަމަވެސް ބަލަހައްޓަން ޖެހޭ މީހުންގެ އަދަދަކީ މާކްސް ދިނުމުގައި ބަލާނެ ކަމެކެވެ. އެކަމަކު އެކަމުގައި ވެސް އޮތީ އަސްލަމް ވިދާޅުވި ގޮތުގައި އެންމެ ދެ ކެޓަގަރީ އެވެ. އެއީ ބަލަން ޖެހޭ ދަރިންގެ އަދަދު ދެއަކަަށް ވުރެ މަދުވުމާއި ގިނަވުމެވެ.

ކްރައިޓީރިއާ އެކުލަވައިލުމުގައި މިހާރު ނުނިމި އޮތީ މިނިސްޓަރު ވިދާޅުވި ގޮތުގައި ދިރިއުޅުމުގެ ފެންވަރު ބަލާނެ ގޮތް ކަނޑައެޅުން އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox