ހުލާސާކޮށް އިއްޔެ: ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ބޮޑެތި ލުއިތަކެއް ދިނުން

ހުޅުމާލެ ސެންޓްރަލް ޕާކްގައި އާއިލާއެއް އިށީނދެގެން. މާސްކް އެޅުން އިހްތިޔާރީކޮށް ބޮޑެތި ލުއިތަކެއް ވަނީ ދީފައި --ފޮޓޯ: އަދަދު

ހުޅުމާލެ ސެންޓްރަލް ޕާކްގައި އާއިލާއެއް އިށީނދެގެން. މާސްކް އެޅުން އިހްތިޔާރީކޮށް ބޮޑެތި ލުއިތަކެއް ވަނީ ދީފައި --ފޮޓޯ: އަދަދު

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އިއުލާނު ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވާލައި، އެ ހާލަތާ ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނީ އިއްޔެ އެވެ.

މީގެ ދެ އަހަރާއި ދެ ދުވަސް ކުރިން އިއުލާންކުރި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އުވާލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އިއްޔެ ރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެމަނިކުފާނު އުވާލެއްވީ ސިއްހީ މާހިރުންފެ ލަފާގެ މަތިން ކަމަށެވެ. ފިޔަވަޅުތައް އުވާލި ނަމަވެސް ސިއްހީ ރަނގަޅު އާދަތައް ދަމަހައްޓަން ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

"ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިއުލާންކުރަމުން އައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ސިއްހީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެނައި ވާހަކަ ދަންނަވަން. އަދި ދެން އަމަލުކުރަމުން ދާނެ ގޮތުގެ މައުލޫމާތު ހެލްތު މިނިސްޓްރީން އަންމު ކުރައްވާނެ،" އިއްޔެ ރޭ ރައީސް ވިދާޅުވި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވި ނަމަވެސް ކޮވިޑަށް ފާރަވެރިވެ، އަބަދުވެސް ހާލަތު މޮނީޓާކޮށް، ހާލަތާ ގުޅޭ ގޮތުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ރައީސް އިއްޔެ ވިދާޅުވި އެވެ.

ރައީސްގެ މި އިއުލާނާއެކު ދިން ލުއިތަކުގެ ތެރެއިން ރާއްޖޭގައި އެއްވެސް ރަށެއްގައި މާސްކު އެޅުން މަޖުބޫރެއް ނުވާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިއްޔެ ވަނީ ބުނެފަ އެވެ. ނަމަވެސް، ކޮވިޑް-19 ފެތުރޭ ރަށްރަށުގައި އަދިވެސް އުޅެވޭނީ މާސްކު އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. މާސްކު އަޅަންޖެހޭނީ ޓެސްޓު ކުރާ މީހުންގެ ތެރެއިން 20 ޕަސަންޓަށްވުރެ ގިނައިން މީހުންނަށް ބަލިޖެހޭނެ ނަމަ އެވެ.

އިއްޔެ އިން ފެށިގެން ރާއްޖެ އަންނަ ދިވެހިންނާއި ބިދޭސީން ރާއްޖެ އެތެރެވާން ޕީސީއާރު ނަތީޖާއެއް ބޭނުމެއް ނުވާނެ އެވެ. އަދި މީގައި ވެކްސިން ޖަހާފައި ހުރި މީހެއް ވިޔަސް ނުޖަހާ ހުރި މީހެއް ވިޔަސް ވެސް ތަފާތެއް ނެތް ކަމަށް އެޗްއީއޯސީން ވަނީ އިއްޔެ ބުނެފަ އެވެ.

ހަމަ އެހެންމެ، ފުރުމުގެ ކުރިން ހައްދަން ޖެހޭ ޕީސީއާރު ޓެސްޓުގެ ކަންކަން ވެސް އިއްޔެ ވަނީ ނިމުމަކަށް އައިސްފަ އެވެ. ރާއްޖޭގެ އެތެރޭގައި ދަތުރު ކުރާއިރު ވެސް ޕީސީއާރް ޓެސްޓު މިހާރު ބޭނުމެއް ނުވާނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދިނީ އިއްޔެ އެވެ.
  • އައްޑޫ ސިޓީގެ ހަތަރު ރަށަކުން ޖުމްލަ 27 ބިމެއް ލޯކަލް ޓޫރިޒަމަށް ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމީ އިއްޔެ އެވެ.
  • ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް 71 ބިލިއަން ރުފިޔާ ގެއްލުންވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ޔޫކްރެއިން ހިފުމަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ރާއްޖެއިން ޔޫކްރެއިންގެ ފުރިހަމަ މިނިވަންކަމަށް އަބަދުވެސް ވަކާލާތު ކުރައްވާނެކަން ހާމަކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:

"ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު. ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް. މިއީ، އދ. ގެ ޗާޓަރުގައި ކަޅާއި ހުދުން ކަނޑާނެގިފައިވާ ބައިނަލްއަގްވާމީ ގުޅުންތަކުގެ ބިންގާ. ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން ޒަމާނުއްސުރެއް ވަކާލާތުކުރަމުން މިއަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަން،"

ދުވަހުގެ ފޮޓޯ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގައި މާޒިޔާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. މި މެޗު 6-0 އިން މާޒިޔާ ކާމިޔާބުކުރިއިރު ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒްގެ ހެޓްރިކެއް ހެދި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގައި މާޒިޔާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. މި މެޗު 6-0 އިން މާޒިޔާ ކާމިޔާބުކުރިއިރު ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒްގެ ހެޓްރިކެއް ހެދި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގައި މާޒިޔާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. މި މެޗު 6-0 އިން މާޒިޔާ ކާމިޔާބުކުރިއިރު ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒްގެ ހެޓްރިކެއް ހެދި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"އިމްޕެކްޓް އޮފް ދަ ކޮވިޑް-19 ކްރައިސިސް އިން ދަ މޯލްޑިވްސް"

މިއީ 2020 ގެ ފެބްރުއަރީ މަހު ރާއްޖެ އިން ފެނުނު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެކި ގޮތްގޮތުން ކުރިމަތިވި ގޮންޖެހުންތަކާ ގުޅޭގޮތުން އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޔޫއެންޑީޕީން އެކުލަވާލާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ވަނީ އިގްތިސާދީ ގޮތުންނާއި، ވަޒީފާ ހޯދުމާއި އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކޮވިޑްގެ ސަބަބުން ކުރި އަސަރުތައް ގެނެސްދީފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox