މާސްކު އެޅުން އިހްތިޔާރީކޮށް، ބޮޑެތި ލުއިތަކެއް އިއުލާންކޮށްފި

(ކ-ވ) ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަދި އެޗްޕީއޭގެ ކޮމިއުނިކެބަލް ޑިޒީޒް ޑިވިޝަންގެ ހެޑު ޑރ. ނަޒްލާ ރަފީގު. ކޮވިޑާ ހެދި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިރޭ ވަނީ ލުއިތަކެއް ދީ އެކަން އިއުލާންކޮށްފަ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

(ކ-ވ) ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަދި އެޗްޕީއޭގެ ކޮމިއުނިކެބަލް ޑިޒީޒް ޑިވިޝަންގެ ހެޑު ޑރ. ނަޒްލާ ރަފީގު. ކޮވިޑާ ހެދި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިރޭ ވަނީ ލުއިތަކެއް ދީ އެކަން އިއުލާންކޮށްފަ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އިއުލާނު ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މިރޭ އުވާލައި، މޫނު މަތީ މާސްކު އެޅުން އިހްތިޔާރީ ކަމަކަށް ހަދައި، އެ ނޫންވެސް ބޮޑެތި ލުއިތަކެއް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިއުލާނުކޮށްފި އެވެ.

މީގެ ދެ އަހަރާއި ދެ ދުވަސް ކުރިން އިއުލާންކުރި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިރޭ އުވާލެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ އިއުލާނަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ އެތަނުގެ ކޮމިއުނިކެބަލް ޑިޒީޒް ޑިވިޝަންގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިރެއަށްފަހު ރާއްޖޭގައި އެއްވެސް ރަށެއްގައި މާސްކު އެޅުން މަޖުބޫރެއްނުވާނެ ކަމަށެވެ.

ނަމަވެސް ކޮވިޑް-19 ފެތުރޭ ރަށްރަށުގައި އަދިވެސް އުޅެވޭނީ މާސްކު އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. މާސްކު އަޅަންޖެހޭނީ ޓެސްޓު ކުރާ މީހުންގެ ތެރެއިން 20 ޕަސަންޓަށްވުރެ ގިނައިން މީހުންނަށް ބަލިޖެހޭނެ ނަމަ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

މާސްކު އެޅުން މަޖުބޫރު ނޫން ނަމަވެސް، އެއީ ކޮވިޑުން ރައްކާތެރިކޮށްދޭނެ ވަސީލަތަކަށްވާތީ އަދިވެސް މާސްކު އަޅައިގެން އުޅުން އެދެވިގެންވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ބޭރު ގައުމުތަކުން ރާއްޖެއަށް އެތެރެވާ މީހުންނަށް މީގެ ފަހުން ޕީސީއާރް ޓެސްޓު ހަދަން ނުޖެހޭނެ ކަމަށް ވެސް މިރޭ އިއުލާން ކުރި އެވެ. އަދި ރާއްޖޭގެ އެތެރޭގައި ދަތުރު ކުރާއިރު ވެސް ޕީސީއާރް ޓެސްޓު ބޭނުންނުވާނެ ކަމަށް ވެސް އިއުލާން ކުރި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގައި ދިރިއުޅޭ މީހުންހެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަ ނަމަ އެންޓިޖެން ޓެސްޓު ހެދުން އެދެވިގެންވާ ކަމަށެވެ.

އޭގެ އިތުރުުން، ވެކްސިން ފުރިހަމަނުކޮށް ރާއްޖެއިން ބޭރުން އަންނަ މީހުން ވެސް އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދާ މީހުން ވެސް ކަރަންޓީނުވާން ނުޖެހޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިރޭ އިއުލާންކުރި ލުއިތަކާއެކުގައި ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަދިވެސް އައިސޮލޭޓްވާން ޖެހޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ކޮންޓެކްޓުން ވެސް ކަރަންޓީނުވާން ޖެހޭ ނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ދުވާލަކު އެއް ފަހަރު އާންމުކުރާ ކޮވިޑުގެ މައުލޫމާތު މީގެ ފަހުން ހަފްތާއަކު އެއް ފަހަރު އިއުލާން ކުރާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox