ރަން އަހަރަށް ހާއްސަ "ނަލަ ނަލަ ރާއްޖެ" ލަވަ ނެރެފި

ނަލަ ނަލަ ރާއްޖެ ލަވަ ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ މައުސޫމް

ނަލަ ނަލަ ރާއްޖެ ލަވަ ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ މައުސޫމް

ޓޫރިޒަމް ސިނާއަތަށް 50 އަހަރު ފުރޭތީ ފާހަގަކުރާ ޓޫރިޒަމުގެ ރަން އަހަރަށް ހާއްސަ ލަވައެއް ނެރެފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މިއުޒިޝަންސް ޔޫނިއަން ގުޅިގެން ނެރުނު "ނަލަ ނަލަ ރާއްޖެ" ލަވައިގައި ދިވެއްސާއި އިނގިރޭސި ބައިތުތައް ހިމަނާފައި ވެ އެވެ. މި ލަވައިގެ ޅެމާއި މިއުޒިކް ހެދީ ޑީ ޓިއުންސް ބޭންޑުންނެވެ. ވީޑިއޯ ހެދީ އޯކޭސް އިންނެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ލަވަ ނެރެދިނީ ދިވެހި މިޔުޒިކީ ދާއިރާގެ "ލެޖެންޑުން" ކަމުގައިވާ މުހައްމަދު މާޖިދު (މެޒޯ މޯޑު) އާއި އެމޭޒަން ޖޭޑުގެ އަބްދުއްރަޝީދު (އަބުސީ) ގެ އިތުރުން ޒީރޯ ޑިގްރީ އެޓޯލްސްގެ އަހުމަދު ނާޝީދުގެ ދަރިފުޅު ނިޝް ނާޝިދެވެ.

ކުރިޔަށް އޮތް ތަނުގައި ޓޫރިޒަމުގެ ރަން އަހަރާ ގުޅިގެން ކުރިޔަށް ގެންދާ ހުރިހާ ހަރަކާތެއްގައި ބޭނުންކުރާނީ މި ލަވަ އެވެ. ލަވައިގެ އިތުރުން ރަން އަހަރަށް ސްޓޭމްޕްއަކާއި ލޯގޯއެއް ވެސް ދަނީ ބޭނުންކުރަމުންނެވެ.

ފައިސާގެ އިނާމާ އެކު "ނަލަ ނަލަ ރާއްޖެ" ޓިކްޓޮކް ޗެލެންޖެއް

ޓޫރިޒަމް މިނިސްޓްރީން ވަނީ "ނަލަ ނަލަ ރާއްޖެ" ލަވައަށް ޓިކްޓޮކް ޗެލެންޖެއް ވެސް އިއުލާނުކޮށްފަ އެވެ.

ދިވެހިންނަށާއި ބިދޭސީންނަށް ވެސް ހުޅުވާލައިގެން ކުރިޔަށް ގެންދީ މި ޗެލެންޖު ވަނީ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލާފަ އެވެ. އެކަމަކު ފޮލޮވަރުންގެ އަދަދަށް ބިނާކޮށް ދެ ކެޓެގަރީއަކަށް ވަނީ ބަހާލާފަ އެވެ. މޮޅުވާ ދިވެހިންނަށް ފައިސާގެ އިނާމު ހުށަހަޅާފައިވާއިރު ބިދޭސީންނަށް ލިބެނީ ހޮލިޑޭ ޕެކޭޖެކެވެ.

ދިވެހިން: 10،000 ފޮލޮވާސްއަށް ވުރެ ގިނަ އަދި 10،000 ފޮލޮވާސްއަށް ވުރެ މަދު

  • ގޯލްޑް – 25،000ރ.
  • ސިލްވާ – 15،000ރ.
  • ބްރޮންޒް – 10،000ރ.

ބިދޭސީން: އެއް މިލިއަން ފޮލޮވާސްއަށް ވުރެ ގިނަ އަދި މިލިއަން ފޮލޮވާޒްއަށް ވުރެ މަދު

  • ގޯލްޑް: ދެ މީހަކަށް އަށް ދުވަހުގެ ހޮލިޑޭ ޕެކޭޖެއް
  • ސިލްވާ: ދެ މީހަކަށް ފަސް ދުވަހުގެ ހޮލިޑޭ ޕެކޭޖެއް

މިއަދުން ފެށިގެން މޭ 10 ގެ ނިޔަލަށް ކުރިޔަށް މި ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވާން ޖެހެނީ "ނަލަ ނަލަ ރާއްޖެ" ލަވައަށް ލިޕް ސިންކު ކުރާ ވީޑިއޯއެއް ހުށަހަޅާފަ އެވެ. ވީޑިއޯގައި ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ޓިކްޓޮކް ހޭންޑްލް mot.mv އާއި #Maldives އާއި #NalaNalaRaajje އާއި #Maldivestourism50 އާއި #visitmaldives ބޭނުންކުރަން ޖެހެ އެވެ.

ކޮންމެ އެކައުންޓަކުން ގިނަ ވެގެން ބައިވެރިކުރެވޭނީ ތިން ވީޑިއޯ އެވެ. ޖަޖުންގެ ޕެނަލަކުން ވީޑިއޯތަކަށް އިންސާފުކުރުމަށް ފަހު މުބާރާތުން މޮޅުވާ މީހުން އިއުލާނުކުރާނީ މޭ 17 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox