އަބްރަމޮވިޗް ދިއުމާ އެކު ޗެލްސީ އަށް އުނދަގޫ ހާލަތެއް ކުރިމަތިވުމުގެ ބިރު

Mar 8, 2022, 6:38 AM
އަބްރަމޮވިޗް ދިއުމާ އެކު ޗެލްސީ އަށް އުނދަގޫ ހާލަތެއް ކުރިމަތިވުމުގެ ބިރު

ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ވިލާގަނޑުގެ ތެރޭގައި ތާށިވެ، ކުރިމަތިވަމުން އައި ފިއްތުންތަކާ ހެދި ޗެލްސީގެ ވެރިޔަކަށް ހުރި ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް އެ ކްލަބް ވިއްކާލަން ނިންމާފައިވާކަން ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން ވެސް ޖާގަހޯދާފައިވާ އަބްރަމޮވިޗް ޗެލްސީ ދޫކޮށްލައިފިނަމަ އެ ކްލަބަށް ދިމާވާނެ ކަންތައްތަކާ ބެހޭގޮތުން އިނގިރޭސި މީޑިއާތަކުން އަންނަނީ އެކި ގޮތްގޮތަށް ރިޕޯޓްކުރަމުންނެވެ.

އިނގިރޭސި މީޑިއާތަކުގެ ތެރެެއިން އެނަލައިސިސް ރިޕޯޓްތަކާއި އެ ނޫން ވެސް ތަފްސީލް ހަބަރުތައް ގެނެސްދޭ "ދި އެތުލެޓިކް" ނޫހުން ރިޕޯޓްކުރާގޮތުގައި 2003 ވަަނަ އަހަރު 140 މިލިއަން ޕައުންޑް (186 މިލިއަން ޑޮލަރު) އަށް ޗެލްސީ ގަތް އަބްރަމޮވިޗް އެ ކްލަބް މި ފަހަރު ހަތަރު ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ވިއްކާލި ނަމަވެސް އެ ޓީމަށް އުނދަގޫ ހާލަތެއް ކުރިމަތިވުމުގެ ބިރު އެބައޮތެވެ.

އެ ގޮތުން އެންމެ ފުރަތަމަ ކަމަކަށް ޗެލްސީގެ ސީނިއާ މެނޭޖްމަންޓްގައި ތިބި ތިން މީހަކު ކްލަބް ދޫކޮށްލުމުގެ ވާހަކަތައް ދައްކަމުން އަންނަ ކަމަށް އެތުލެޓިކް އިން ރިޕޯޓްކޮށްފައިވެ އެވެ. އެއީ ޗެއާމަން ބްރޫސް ބަކް، މެނޭޖިން ޑިރެކްޓާ މަރީނާ ގްރަނޯވްސްކާއިއާ އަދި ޕާފޯމަންސް އެންޑް ޓެކްނިކަލް ޑިރެކްޓަރު ޕީޓަ ޗެކް އެވެ.

ބަކް އަކީ އަބްރަމޮވިޗާ އެކު ފެށުނުއިރުއްސުރެ ޗެލްސީގެ މަަސައްކަތުގައި އުޅޭ ފަރާތެކެވެ. މަރީނާ ޗެލްސީގެ މަގާމަކަށް އައީ މީގެ އަށް އަހަރެއް ވަރު ކުރިން ކްލަބްގެ ހިންގުން ރިސްޓްރަކްޗާކުރިއިރު އެވެ. އަދި ކުރީގެ ކީޕަރު ޗެކް ގެނައީ މީގެ ދެ އަހަރެއް ވަރު ކުރިންނެވެ.

ޗެލްސީގެ ޓްރާންސްފާ ޕޮލިސީގައި ހަރަދުކުރާނެ މިންގަނޑެއް ކަނޑައެޅުމުގައި އަބްރަމޮވިޗް އެންމެ އިތުބާރުކުރަނީ މަރީނާ އަށެވެ. އަދި މަރީނާ އަކީ އަބްރަމޮވިޗްގެ އެކިއެކި ވިޔަފާރިތަކުގައި ފިނޭންޝިއަލް އެސަސްްމަންޓް ހަދައި، ހަރަދުކުރާނެ ގޮތުގެ ޕޮލިސީތައް އެކުލަވާލުމުގައި ހަރަކާތްތެރިވާ އިސް މެމްބަރެކެވެ. އެހެންކަމުން، އަބްރަމޮވިޗް ނެތް ހިނދެއްގައި ޗެލްސީގެ އިސް ރޯލަކުން މަރީނާ ފެނުމުގެ ފުރުސަތު ކުޑަ އެވެ.

ބަކް، އަށް އިނގިރޭސި އެފްއޭގެ ވަޒީފާއެއްގެ ހުށަހެޅުމެއް މީގެ ކުރިން ވެސް ލިބުނެވެ. އެކަމަކު، އަބްރަމޮވިޗަށް އިހުލާސްތެރިވުމުގެ ގޮތުން ބަކް އޭރު ޗެލްސީ ދޫކޮށްލަން ބޭނުންނުވީ ކަމަށް އިނގިރޭސި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ބަކް އަށް މިހާރު ވެސް އިނގިރޭސި އެފްއޭގެ ސީނިއާ މަގާމެއްގެ ހުށަހެޅުން އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާއިރު، މި ވަގުތު އެ ޕްރޮޕޯސަލް ގަބޫލުކޮށް ބަކް ޗެލްސީ ދޫކޮށްލުމުގެ ފުރުސަތެއް އެބައޮތެވެ.

ޗެކް އަކީ ފަހަކަށް އައިސް ޗެލްސީގެ ޓްރާންސްފާ ކަންތައްތަކުގައި ކުޅުންތެރިންގެ އޭޖެންޓުންނާ ވާހަކަ ދެއްކުމަށް ޗެލްސީން ބޭނުންކުރި ފަރާތެވެ. ޗެކް އަށް އޭނާގެ އުފަން ގައުމު ޗެކް ރިޕަބްލިކް އެފްއޭގެ މަގާމެއްގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ފްރާންސްގެ ނޫހަކުން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ. ޗެލްސީން މިދިޔަ ދެ އަހަރު ތެރޭ ހޯދި ކާމިޔާބީ އަށް ފަހު ދެން އިތުރު ޗެލެންޖްތަކަށް ވެސް ވިސްނަން ޖެހޭނެ ކަމަށް ޗެކް ވަނީ ބުނެފަ އެވެ.

ޗެލްސީގެ މުހިންމު ތިން ޑިފެންޑަރުން ކަމަށްވާ ސެޒާ އަޒްޕިލިކުއޭޓާ އާއި އެންޓޯނިއޯ ރޫޑިގާ އަދި އަންދްރެއަސް ކްރިސްޓެންސަންގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އަބްރަމޮވިޗް ދިއުމުން އެ ކްލަބްގައި މި ކުޅުންތެރިން ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ކުޑަކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ކްރިސްޓެންސަން އާއި އަޒްޕިލިކުއޭޓާ ހޯދަން ބާސެލޯނާ އިން މަސައްކަތްކުރެ އެވެ. އަދި ރުޑިގާ ލައްވައި ރެއާލް މެޑްރިޑަށް ކުޅުވަން އެ ކްލަބްގެ ބޯޑު މެމްބަރުންގެ މެޖޯރިޓީ ތާއީދުކުރެ އެވެ.

ޗެލްސީ ގަންނަން ގިނަ ބިލިއަނަރުންތަކެއް ފުރަގަސްދެމުން އަންނަ އެއް ސަބަބަކީ އެ ކްލަބް ވިއްކާލަން އަބްރަމޮވިޗް ކިޔާ އަގުބޮޑުވުމެވެ. މި ވަގުތު ޗެލްސީ ގަތުމުގެ ރޭހުގެ ކުރީގައި އޮތީ ސައުދީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގެ ފަސް މަހެއްހާ ދުވަސް ކުރިން ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ވަނީ ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑް ގަނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox