އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޖަމިއްޔާތަކުގެ 10 ހުށަހެޅުމެއް

ރ. އަލިފުށީގެ މަގެއްގެ މަތީގައި އަންހެނުންތަކެއް ކުޑަކުދިން ގޮވައިގެން. - ފައިލް ފޮޓޯ

ރ. އަލިފުށީގެ މަގެއްގެ މަތީގައި އަންހެނުންތަކެއް ކުޑަކުދިން ގޮވައިގެން. - ފައިލް ފޮޓޯ

މިއަހަރުގެ އަންހެނުންގެ ދުވަސް މުނާސަބަތުގައި ޖަމިއްޔާ ޖަމާއަތްތަކުގެ ފަރާތުން ޖިންސީ ހަމަހަމަކަން އިތުރުކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކަށް 10 ކަމަކަށް ގޮވާލައި ބަޔާނެއް ނެރެފި އެވެ.

ޓްރާންސްޕެރެންސީ މޯލްޑިވްސް، އުތެމަ، ހޯޕް ފޯ ވިމެން އަދި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން ނެރުނު އެ ބަޔާނުގައި ބުނީ އަންހެނުންގެ ދުވަހެއް ފާހަގަކުރަނީ އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ދާއިރާގައި ފިރިހެނުންނާއި އެއް ހަމައެއްގައި ހަރަކާތްތެރިވުމަށް އަންހެނުންނަށް މަގުފަހިކޮށް، އެކަމަށް ހުރި ހުރަސްތައް ނައްތާލުމަށް ކަމަށެވެ.

އަދި އެފަދަ ފަރަގުތައް ނައްތާލުމަށްޓަކައި އެ ޖަމިއްޔާތަކުން ވަނީ 10 ކަމެއް ފާހަގަކޮށް އެކަންކަމަށް އަމަލީ ސިފަ ގެނެސް ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް އެ ބަޔާނުގައި ގޮވާލާފަ އެވެ.

Advertisement

އެގޮތުން އެ ބަޔާނުގައި ވަނީ "ރާއްޖޭގައި އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތަކާއި އެކަންކަމަށް ހުއްޓުމެއް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ދެނެގަތުމާ ގުޅޭ ޕާލިމެންޓަރީ ރިޕޯޓު" ގެ ނަމުގައި ރިޕޯޓެއް ތައްޔާރުކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.

އަދި އެ ރިޕޯޓުގައި އަންހެނުންނަށް ކުރާ އަނިޔާ އާއި ތަފާތުކުރުން ނައްތާލައި، އަންހެނުންނަށް އިގްތިސޯދީ، ސިޔާސީ އަދި އިޖްތިމާއީ ބާރުވެރިކަން ގެނެސްދިނުމަށްޓަކައި، މަޖިލީހުގެ ޖެންޑާ ކޮމިޓީން 28 ކަމަކަށް ލަފާ އަރުވާފައިވާކަން ފާހަގަކޮށްފަ އެވެ.

ޖަމިއްޔާތަކުން ގުޅިގެން ނެރުނު އެ ބަޔާނުގައި ގޮވާލީ އެކަންކަން ތަންފީޒުކުރުމުގައި ދައުލަތުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެ، ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުން ޖަވާބުދާރީ ކުރުވުމަށެވެ.

އޭގެ އިތުރުން އާއިލާއާބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތް އަވަސްކުރުމަށެވެ. އަދި ގާނޫނުގައި ހުރި ބާގަނޑުތަކުގެ ސަބަބުން މުދަލުގެ މިލްކުވެރިކަމާއި ހަރަދު ލިބުމާއި، އަނިޔާއިން ރައްކާތެރިކަން ލިބުމުގައި ކުރިމަތިވާ ހުރަސްތަކާއި ތަފާތުކުރުންތަކަށް ނިމުމެއް ގެނައުމަށް އެ ބަޔާނުގައި ޖަމިއްޔާތަކުން ގޮވާލި އެވެ.

އެ ބަޔާނުގައި ދެން ގޮވާލީ ކޮވިޑުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި ސިއްހީ، އިޖުތިމާއީ އަދި އިގްތިސޯދީ އަސަރުތައް މިހާރު ދެނެގަންނަން ފެށިފައިވާއިރު، ނާޒުކު ހާލަތުގައި ތިބޭ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ބަލީގެ ހާލަތުން އަރައިގަތުމުގެ ސިޔާސަތުތައް ބައްޓަންކޮށް، އެކަމަށް އަމަލީ ސިފަ ގެނައުމަށެވެ.

ހަމައެއާއެކު ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތައް ބައްޓަންކޮށް ވިލަރެސްކުރުމުގައި އަންހެނުންގެ މަޝްވަރާ ހޯދައިގެން އަންހެނުންގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ކަންކަން ރޭވުމަށް ވެސް ބަޔާނުގައި ޖަމިއްޔާތަކުން ގޮވާލި އެވެ.

އަދި މެރިޓަލް ރޭޕް ފަދަ ޖިންސީ ކުށުގެ ގާނޫނަށް ގެނެސްފައިވާ އުންމީދީ އިސްލާހުތަކުގެ މަންފާ ރައްޔިތުންނާ ހަމައަށް އަވަހަށް ގެނެސްދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލި އެވެ.

އޭގެ އިތުރުން ވެސް ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ފުރައްސާރަ ހުއްޓުވައި ނައްތާލުމުގައި، ވަޒީފާދޭ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ އިތުރަށް ހަރުދަނާކޮށް މޮނިޓާ ކުރުމަށާއި މިންތީގެ ހަމަހަމަކަމާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަށް އެ ޖަމިއްޔާތަކުން ބަޔާނުގައި ގޮވާލި އެވެ.

އަދި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގައި ދެ ޖިންސުގެ ދިރިއުޅުމުގެ ހާލަތްތަކަށާއި، މުޖުތަމައުގައި ހުންނަ މިންތީގެ ފަރަގުތަކަށް ރިއާޔަތްކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރު "ދެމެހެއްޓެނިވި މާދަމާއަކަށް މިންތީގެ ހަމަހަމަކަމަށް މިއަދު މަސައްކަތްކުރަމާ" ފާހަގަކޮށް އެ ޖަމިއްޔާތަކުން ގޮވާލީ އެޝިޔާރުގެ ދަށުން ސަރުކާރުން ތަރައްގީގެ ކަންކަން ރާވާ ވިލަރެސްކުރުމުގައި ތިމާވެށި ފަނާނުކޮށް ވިލުންވެރިކަން ދެމެހެއްޓޭނެގޮތަކަށް ކަންކަންކުރުމަށެވެ.

އަދި އަންހެނުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތައް އިނދަޖެހުނުނަމަވެސް، ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަންވާނޭ ކަމަށް ވިސްނާ ވިސްނުމާއި ދުރުވެ، އެފަދަ މަޝްރޫއުތައް ބައްޓަންކުރާއިރު، އަންހެނުން ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރު ނުފޯރާނޭ ގޮތަށް ސިޔާސަތު ބައްޓަންކުރުމަށް ވެސް އެ ބަޔާނުގައި ގޮވާލި އެވެ.

ހަތަރު ޖަމިއްޔާއިން ގުޅިގެން ނެރުނު ބަޔާނުގައި އެންމެ ފަހުކަމަކަށް ގޮވާލީ، ނުރަސްމީ މަސައްކަތުގައި ބައިވެރިވާ އަންހެނުން ނިސްބަތުން ގިނައިރު، މުސްކުޅި އުމުރު ޕެންޝަންގެ މަންފާ އެމީހުންނަށް ވެސް ލިބިގެންދާނެ ގޮތަށް ގާނޫނުތައް އިސްލާހުކުރުމަށެވެ.

އެ ބަޔާނުގައި ޖަމިއްޔާތަކުން ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި ޖެންޑާ މިނިސްޓްރީން އިއްޔެ ނުކުރުމަށް އިލްތިމާސްކުރި ކަންކަމަށް ވެސް އެ ޖަމިއްޔާތަކުން ތާއިދުކުރާކަމަށް ބުނެފަ އެވެ. އެގޮތުން ޖެންޑާއިން ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި ފިޔާތޮށި ކުލަ ބޭނުންނުކުރުމަށާއި، މާބޮނޑި އަދި ކޭކު ފަދަ ތަކެތި ހަދިޔާއަށް ނުދިނުމަށް އެދި ސާކިއުލާއެއް ނެރެފަ އެވެ.

ޖަމިއްޔާތަކުން ބަޔާނުގައި ގޮވާލީ އެ ޖަމިއްޔާތަކުން ފާހަގަކުރިކަންކަމަށް މަސައްކަތްކޮށް، އަންހެނުންގެ އަޑުއަހައި، އަންހެނުންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް މައުނަވީ ގޮތެއްގައި މަސައްކަތް ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox