އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އެޖެންސީ (އެފްއޭއޯ) ގެ ޑިރެކްޓާ ޖެނެރަލް ޗޫ ޑޮންޔޫ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ކާބޯތަކެއްޗާއި ދަނޑުވެރިކާ ބެހޭ އެޖެންސީގެ އެންމެ އިސް ވެރިޔާ އަށް ރާއްޖެ އިން މަރުހަބާ ދެންނެވީ އދ. ގެ ރެސިޑެންޓް ކޯޑިނޭޓާ ކެތަރިން ހެޒްވެލް އާއި އެފްއޭއޯ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނއަޅާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ވިލެންދްރަ ޝަރަން އާއި ދަނޑުވެރިކާމާ ބެހޭ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެެވެ.
އދ. ގެ ރާއްޖޭގެ އޮފީހުން ބުނި ގޮތުގައި ޗޫ ގެ މި ދަތުރުފުޅުފައި ސަރުކާރާ އަދި ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު މުހިންމު މަޝްވަރާ ތަކެއް ބާއްވަވާނެ އެވެ. މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ ދަނޑުވެރިކަމުގެ އުފެއްދުނަތައް އިތުރުކުރުމާއި، ކާބޯ ތަކެތީގެ ހާލަތު ރަނގަޅު ކުމާއި އިގްތިސާދު ވަރުގަދަ ކުރުމާއި ރަށްފުށުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުމާ ބެހޭ ގޮތުން ކަމަށް އދ. ގެ އޮފީހުން ބުނެ އެވެ.
އެފްއޭއޯ އިން ކުރިއަށް އޮފް ފަސް އަހަރު ރާއްޖޭގައި ހިންގާނެ ހަރަކާތްތަކާ ބެހޭ ކަންޓްރީ ޕްރޮގްރާމްގައި ސޮއި ކުރުން ވެސް މި ދަތުރުގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް މަގާމާ ޗޫ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެންނެވެ. ޗައިނާގެ ހުނާން ޕްރޮވިންސުގެ ހަނޑު ހައްދާ އާއިލާއަކަށް އުފަންވެ ވަޑައިގަތް ޗޫ އުމުރު ހޭދަ ކުރައްވާފައި ވަނީ ކާބޯތަކެތީގެ ޔަގީންކަން ހޯދައި ދެއްވުމުގަ އެވެ.













