ހެދުންކޮޅެއް ހޯދަން ދާންވީ ޗޮކްލެޓަށް، އަގާ އެކަށީގެންވާ ކޮލިޓީ ހުންނާނެ!

Mar 8, 2022, 4:54 AM
ޗޮކްލެޓްގެ ފިހާރައެއް. މިއީ އަގުހެޔޮކޮށް ރަނގަޅު ފެންވަރުގެ ހެދުން ވިއްކާ ފިހާރަތަކެއް.

ޗޮކްލެޓްގެ ފިހާރައެއް. މިއީ އަގުހެޔޮކޮށް ރަނގަޅު ފެންވަރުގެ ހެދުން ވިއްކާ ފިހާރަތަކެއް.

ތަންކޮޅެއް ހެޔޮ އަގުގައި އަންނައުނު ވިއްކާ ތަނެއް ފެނިގެން ގަވައިދުން އެތަނަށް ދާން ފަށާތާ ވާނީ މަދު ދުވަސްކޮޅެކެވެ. ދެން ފެންނާނީ އެތަނުގައި ހުސްކުރާ ސޭލް އަޅުވާފައި ހުއްޓަ އެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ހުސްކުރާ ސޭލެކެވެ. އަސްލުގައި ވާ ގޮތަކީ އެތަން ބަންގްރޫޓްވެ ބަންދުކުރުމެވެ. އެހެން ނަމަވެސް "ޗޮކްލެޓް" ފިހާރަައަށް ވީ އެހެނެއް ނޫނެވެ. މިއީ ކާ ބާވަތުގެ ޗޮކްލެޓަކަށް ނުވާތީ މިތަނުގެ ވިޔަފާރިވީ ފުޅަލެވެ. މާލޭގެ ހަތް ސަރަހައްދެއްގައި ޗޮކްލެޓްގެ ހަތް ފިހާރަ އެބަހުއްޓެވެ.

ޗޮކްލެޓްގެ މި ކުރިއެރުމުގައި އޮތީ ރޮކެޓް ސައިންސެއް ނޫނެވެ. އެތަނުގެ ވެރިން ކުރިހާވެސް ކަމަކީ ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، އެކަމަށް ރިއާޔަތްކޮށްގެން މުދާ ހޯދުމެވެ.

ޮކްލެޓްގެ ފިހާރައެއްގެ އެތެރެ. މިތަނުގައި އަގުތައް ހެޔޮ
ޮކްލެޓްގެ ފިހާރައެއްގެ އެތެރެ. މިތަނުގައި އަގުތައް ހެޔޮ

ޮކްލެޓްގެ ފިހާރައެއްގެ އެތެރެ. މިތަނުގައި އަގުތައް ހެޔޮ

Advertisement

"ކަސްޓަމަރުން ބޭނުން ވަނީ ކޮންކޮން ބާވަތްތަކެއްތޯ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން. ރާއްޖޭގައި ހެދުން އެޅުމުގެ ސްޓައިލަށް އަންނަ ބަދަލުތަކާއި އާ ޓްރެންޑްތައް ވެސް ވަރަށް ރަނގަޅަށް ބަލަން،" ކުޑަ އެންމެ ފިހާރައަކުން ފަށައިގެން ޗޮކްލެޓްގެ ފިހާރަތައް، ޗޭނެއްގެ ގޮތުގައި ގަތަމުން ގެންދާ ހުސެއިން ޝީހާން ބުންޏެވެ.

އެއްޗެއްގެ ފެންވަރު ކަނޑައެޅުމުގައި ރާއްޖޭގައި އަދި އެހެން ތަންތަނުގައި ވެސް އޮންނަ އާއްމު ގަބޫލުކުރުމެއް އޮވެ އެވެ. "ފެންވަރު ރަނގަޅުވާނީ އަގުބޮޑިއްޔާއޭ" ބުނާ ވިސްނުމެކެވެ. އެކަމަކު ޗޮކްލެޓުން މިކަމުގައި ދޭ ޔަގީންކަމެއް އެބަ އޮތެވެ. އަގު ކިތަންމެ ހެވަސް އެ ފިހާރަތަކުން ވިއްކާ އެއްޗިހީގެ ކޮލިޓީ ރަނގަޅުވާނެ އެވެ. ޔަގީނުން ވެސް ގަންނަން ހޭދަކުރާ ފައިސާއާ އެކަށީގެންވާ ހިތްހަމަޖެހުމެއް އެތަކެތިން ލިބޭނެ އެވެ.

"އަޅުގަނޑުމެން މިދޭ ޔަގީންކަމަކީ ގަންނައެތި އަގާ އަޅައި ބަލާއިރު ވޯތު ވާނޭ،" ޝީހާން ބުންޏެވެ.

ޮކްލެޓްގެ ފިހާރައެއްގެ އެތެރެ. މިތަނުގައި އަގުތައް ހެޔޮ
ޮކްލެޓްގެ ފިހާރައެއްގެ އެތެރެ. މިތަނުގައި އަގުތައް ހެޔޮ

ޮކްލެޓްގެ ފިހާރައެއްގެ އެތެރެ. މިތަނުގައި އަގުތައް ހެޔޮ

ޗޮކްލެޓުން އެހެން ބުނާތީ އެއީ ކިހިނެތް ކުރާ ކަމެއްތޯ އަހައިލީމެވެ. ޝީހާން ދިނީ ކުރުވެފައި އިތުބާރުހިފޭ ޖަވާބެކެވެ. އެއް ކަމަކީ ރިލަޔަބަލް އަދި އިފެކްޓިވް ސަޕްލައި ނެޓްވޯކެއް ބިލްޑްވެފަ އޮތުމެވެ. ބޮޑެތި ޝިޕްމަންޓްތައް ގަންނަ އިރު ހެދުން އެކްސްޕޯޓްކުރާ ގައުމުތަކުން ލިބޭ އަގު ރަނގަަޅީ އެވެ. ޗޮކްލެޓުން ކުރާ އެހެން ކަމެއް ވެސް މީގައި އެބަ އޮތެވެ. ރާއްޖޭގައި ބޭރު ފައިސާ ލިބުން ދަތިވުމުގެ ސަބަބުން ތަކެތީގެ އަގަށް އަންނަ ބޮޑެތި "ޝޮކް" ޗޮކްލެޓުން ރާސްލާފައި ކަސްޓަމަރުންނަކަށް ފޮނުވައެއް ނުލާނެ އެވެ. ބޭރު ފައިސާ އާއި ފްރައިޓްގެ އަގަށް އަންނަ ނޭދެވޭ ބަދަލުގެ ބާޑަން ކަސްޓަމަރުންނާ ހިސާބަށް ނުގެންދިއުމަކީ ޗޮކްލެޓުން ވަރަށް އިސްކަންދޭ ކަމެކެވެ. ކޮވިޑްގެ ހާލަތުގައި ޑޮލަރުގެ އަގާއި ފްރައިޓް އިންތިހާއަށް ބޮޑުވެގެން ދިޔަނަމަވެސް، ޗޮކްލެޓުން ވިއްކާ ތަކެތީގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

"މިހާރުގެ އާއްމު ރޭޓަށް ބަލާއިރު 1،000ރ. ހިފައިގެން ހެދުމެއް ހޯދަން ދިޔައިމާ ގަމީހަކާއި ފަޓުލޫނެއް ނުވަތަ ޓީޝާޓަކާއި ޖީންސެއް ނުގަނެވޭނެ ގިނަ ފިހަރާތަކުން، އެކަމަކު ޗޮކްލެޓުން ލިބޭނެ ގަމީހަކާ ފަޓުލޫނެއްގެ އިތުރުން ބެލްޓެއް ވެސް އެ އަދަދުގެ ފައިސާއަށް،" ޝީހާން ބުންޏެވެ.

ޗޮކްލެޓްގެ އެންމެ ބޮޑު އަމާޒަކީ، ޗޮކްލެޓްގެ ފިހާރަތަކުން އެއްޗެއް ގަންނަން ކަސްޓަމަރުން ހޭދަކުރާ ފައިސާއާ އެކަށީގެންވާ "ވޯތު" މުދާ ފޯރުކޮށްދިނުމެވެ. ޗޮކްލެޓުން ވިއްކާ އެއްޗިހީގެ އެވެރަޖް އަގުތައް ހުރީ 100ރ އާއި 300ރ އާއި ދެމެދުގަ އެވެ. މިއީ ރާއްޖޭގެ އެވްރެޖް "ޕާޗެސިންގ ޕަވާ" އެވެ. ނަތީޖާއަކީ، ގިނަ އަދަދެއްގެ ކަސްޓަމަރުންނަށް ނުވަތަ "ބޮޑު މާކެޓް ބޭސްއަކަށް" ކަމުދާ ތަނަަކަށް ޗޮކްލެޓް ވުމެވެ. އެހެންވީމާ އާދައިގެ އަގަކަށް އަންނައުނުކޮޅެއް ގަންނަން ނުކުންނަ މީހުން، ޗޮކްލެޓްގެ ފިހާރައަކަށް ވަދެނުލައި، އެމީހުންގެ ވިޔަފާރި ނިންމައެއް ނުލާނެ އެވެ.

ޮކްލެޓްގެ ފިހާރައެއްގެ އެތެރެ. މިތަނުގައި އަގުތައް ހެޔޮ
ޮކްލެޓްގެ ފިހާރައެއްގެ އެތެރެ. މިތަނުގައި އަގުތައް ހެޔޮ

ޮކްލެޓްގެ ފިހާރައެއްގެ އެތެރެ. މިތަނުގައި އަގުތައް ހެޔޮ

ދިވެހިރާއްޖޭގައި އަންނައުނު ވިއްކުމުގެ އިންޑަސްޓްރީ އަކީ ވަރަށް ވާދަވެރި އިންޑަަސްޓްރީ އެކެވެ. މަދު އަހަރުގެ ތެރޭގައި މި އިންޑަސްޓްރީ ފަތަހަކޮށް ކާމިޔާބު ހޯދުމުގައި ޗޮކްލެޓުން ގެންގުޅުނު އަގު ކަނޑައެޅުމުގެ އުސޫލު ވަރަށް އިފެކްޓިވެއެވެ. ވިއްކާއަގު ކަނޑައަޅާއިރު އެހެން ވިޔަފާރިތަކުން އެ މުދަލެއް ވިއްކާ އަގަކަށް ޗޮކްލެޓުން ނުބަލަ އެވެ.

ރާއްޖެއިން ބޭރުން މުދާ ގަންނަން ލިބޭ އަގަށް ބަލައި ސްޓޭންޑާޑް މާޖިން ޕަސެންޓާއެކު ޕްރައިސް ޓެގް ޖަހާލާއިރު، އެއަގު ވެގެންމިދަނީ ކަސްޓަމަރުންގެ އުފާކޮށްދޭފަދަ އަގަކަށެވެ. ޖީބަށްލުއި ކޮލިޓީ ޗޮއިސްއަކަށެވެ. ޗޮކްލެޓުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމެއް ގެނެސްދެނީ ދެތިން އައިޓަމް އެއްކޮށް ބޮޑު ޑިސްކައުންޓަކާއެކު ގަނެލެވޭ ތަފާތު ޕެކޭޖްތަކެވެ. ޗޮކްލެޓްގި ފިހާރައަކަށް ވަދެ ޖިންސެއް ގަނެފަ މަތިންލާ ޓީ-ޝާޓެއް ނުވަތަ ގަމީހެއް ގަންނަން ވިސްނާލުމާ އެކު ވޮލެޓަށް ބަލައިލާފައި މާނޭވާއެއް ލާކަށް ނުޖެހޭނެ އެވެ. ދުނިޔާގެ މަޝްހޫރު ބްރޭންޑްތަކުގެ ޖީންސް،ޓީ-ޝާޓް، ގަމީހާއެކު ބޭނުން ދެ އައިޓަމެއްގެ ޕެކޭޖެއްގެ އަގު ޗޮކްލެޓްގެ ފިހާރަތަކުގައި އުޅެނީ 500ރ އާއި 600ރ އާއި ދެމެދުގަ އެވެ.

ހާސްކަމެއް ނެތި އަންނައުނުކޮޅެއް ގަންނަންޏާ އަވަހަށް ދާންވީ ޗޮކްލެޓަށެވެ. މާގިނަ ލާރިއެއް ބޭނުމެއް ނުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox