ރާއްޖޭގައި ފާއިތުވެ ދިޔަ ދެ އަހަރު ހޯދުނު ކާމިޔާބީ އދ. އިން ފާހަގަކޮށްފި

އދ. ގެ ރެސިޑެންޑްޓް ކޯޑިނޭޓާ ކެތަރިން ހެސްވެލް ރާއްޖޭގެ އެންމެ ދެކުނުގައި ފޮޓޯ އަކަށް ހުއްޓިވަޑައިގެން-- ފޮޓޯ/ އދ

އދ. ގެ ރެސިޑެންޑްޓް ކޯޑިނޭޓާ ކެތަރިން ހެސްވެލް ރާއްޖޭގެ އެންމެ ދެކުނުގައި ފޮޓޯ އަކަށް ހުއްޓިވަޑައިގެން-- ފޮޓޯ/ އދ

ފާއިތުވެ ދިޔަ ދެ އަހަރަށް ބަލާއިރު، ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އދ. އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓާ ކެތަރިން ހެޒްވެލް ވިދާޅުވެއްޖެ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، 2020 ގެ ފެބްރުއަރީ 16 ވަނަ ދުވަހު, މަގާމާ ހަވާލުވެ ވަޑައިގަތް ކެތަރިން ވިދާޅުވީ މިދިޔަ ދެ އަހަރު އދ. ގެ ރާއްޖޭގެ ޓީމުން ހޯދި އެންމެ ބޮޑު ކުރިއެރުމަކީ، ކޮވިޑް-19 އާ ދެކޮޅަށް ކުރެވުނު މަސައްކަތް ކަމަށާއި، ހުރިހާ ފަރާތްތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށް ދެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެެ.

ކެތަރިން ދިވެހި ބަހުން ކުރެއްވި ޓްވީޓްގަ ދެ ވަނަ އަށް އެންމެ މުހިންމު ކާމިޔާބެއް ގޮތަށް ފާހަގަ ކުރައްވާފައި ވަނީ ފުޅާ ދާއިރާގައި މަޝްވަރާކުރެވިގެން، ކުރިއަށް އޮތް ފަސް އަހަރު (2022-2026) ސަރުކާރާއި ޕާޓްނަރުންނާއެކު އ.ދ. އިން އިސްކަން ދޭނެ ދާއިރާތައް، މިދިޔަ އަހަރުގެ ތެރޭގައި ކަނޑައެޅެމުވެ. އޭގެ ސަބަބުން އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށް އދ. އިން ބުނެ އެވެ.

"ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުނަޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތްތަކުގައި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރުމުން ރަނގަޅު ނަތީޖާ ފެނޭ،" ކެތަރިން ވިދާޅުވި އެވެ. "ޒުވާނުން، ވިޔަފާރިތައް، މުޖުތަމައު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، މަދަނީ ޖަމިއްޔާތައް އަދި އިތުރު ފަރާތްތަކާއެކު ކުރިމަގުގައި ވެސް ޕާޓްނަޝިޕް އުސޫލުން މަސައްކަތް ކުރަން އދ. އިން ތައްޔާރު."

ކެތަރިން ގެ ޓްވީޓުގަ ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެންމެ އުތުރަށާއި ދެކުނުގެ އިތުރުން މިހާތަނަށް ދެވުނު ކޮންމެ ރަށެއްގައި ވެސް ހިޔާލުތައް ތަފާތު ނަމަވެސްް ރަށުގެ ތަރައްގީގައި ކައުންސިލުތަކުގެ ރޯލު މުހިއްމެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތަކުގެ އެންމެ ކުރީ ސަފުގައި ރާއްޖެ ވާއިރު، މުސްތަގުބަލާ މެދު ހުރި ކަންބޮޑުވުންތައް ޒުވާނުން ހިއްސާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަނޑާއި ކަނޑުގެ ދިރުންތަކާއި އެއްގަމުގެ ދިރުންތައް ހިމާޔަތް ކުރުމަކީ އަހަރުމެން ދިރިތިބުމަށް އެންމެ މުހިއްމު އެއް ކަންތައް ކަމަށާއި އަދި، ފާގަތި މުސްތަގުބަލަކަށް ވާސިލު ވެވޭނީ، ރަށްރަށް ތަރައްގީ ކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް، އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރަން ދިގު ރާސްތާ އަށް ރާވައިގެން ކަމަށް ކެތަރިންގެ ޓްވީޓްގަ ވިދާޅުވެފައި ވެ އެވެ.

ފަތުރުވެރިކަމުން ލިބޭ މަންފާ މުޖުތަމައަށް ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ ތަފާތު ބްރޭންޑް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އދ. ގެ އެއްބާރުލުން ލިބޭނެކަން ވެސް އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox