ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކުރަން ހުއްދަދޭކަށް މިނިސްޓްރީގެ ވިސްނުމެއް ނެތް

އެއާޕޯޓުގައި ޓެކްސީއަކަށް ފަސެންޖަރުން މަޑުކޮށްލައިގެން. މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކުރަން ހުއްދަ ދޭކަށް ޓްރާންސްޕޯޓު މިނިސްޓްރީން ނުވިސްނާ. ފޮޓޯ: އަދަދު ފައިލް

އެއާޕޯޓުގައި ޓެކްސީއަކަށް ފަސެންޖަރުން މަޑުކޮށްލައިގެން. މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކުގެ އަގުބޮޑުކުރަން ހުއްދަ ދޭކަށް ޓްރާންސްޕޯޓު މިނިސްޓްރީން ނުވިސްނާ. ފޮޓޯ: އަދަދު ފައިލް

ދުނިޔެ އަދި ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ، އަންނަ ހަފްތާއިން ފެށިގެން މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ހުއްދަ ދިނުމުގެ ވިސްނުމެއް ޓްރާންސްޕޯޓު މިނިސްޓްރީގެ ނެތް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރު ޝިމާޒް އަލީ "އަދަދު"އަށް ވިދާޅުވީ ތެޔޮ ހަރަދުތަކާ ހެދި ޓެކްސީ ޑްރައިވަރުން ދަތުރުތަކުގެ އަގުތައް ބޮޑުކުރަން މަސައްކަތްކުރި ނަމަވެސް، އެކަމަށް ހުއްދަ ދިނުމަށް މިނިސްޓްރީގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ އަދި ހުރި ވިސްނުމަކީ ކުރިން ވެސް އިއުލާންކޮށްފައިވާ އަގުތަކާއެކު ކުރިޔަށް ދިޔުން. އެއީ މާލޭގެ އެތެރޭގައި 25ރ. ދެން ބްރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް ދާނަމަ 75ރ.، މާލެއިން ހުޅުލެއަށްދާނަމަ 60ރ. ގެ މަގުން،" ޝިމާޒް ވިދާޅުވި އެވެ.

ޝިމާޒް އިތުރަށް ވިދާޅުވީ މިހާރު އިއުލާންކޮށްފައިވާ އަގުތަކާ އެއްގޮތަށް ދަތުރުނުކުރާ ޑްރައިވަރުންނަށް ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެ މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށެވެ.

"ފިޔަވަޅު އަޅާނެ. އެއީ ފުރަތަމަ ފަހަރަށް ނަސޭހަތްތެރިވާނީ، ދެން ޖޫރިމަނާ ކުރާނީ، ދެން އެޔަށް ފަހު ހުއްދަ ބާތިލުކުރާނީ،" ޝިމާޒް ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިހެން ބުނީ ރާއްޖޭގައި މިހާރު އުފުލިފައިވާ ތެލުގެ އަގުތަކާ ޓެކްސީ ޑްރައިވަރުންނަށް ދެކޮޅު ނުޖެހޭ ގޮތެއްގައި މަސައްކަތްކުރަން ޖެހިފައިވާތީ ދަތުރުތަކުގެ އަގުބޮޑުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ޓެކްސީ ސެންޓަރެއްގެ އިސްވެރިޔަކު މި ނޫހަށް މައުލޫމާތު ދީފައިވަނިކޮށެވެ.

އެބޭފުޅާ ވިދާޅުވީ އެ މަޝްވަރާތަކުން ނިމޭ ގޮތަކަށް އަގުތަކަށް ބަދަލުގެނައުމަށް ޓްރާންސްޕޯޓު މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށެވެ.

"މިހާތަނަށް އެއްވެސް ކަމެއް ނުނިމޭ މުޅިއަކުން. އަންނަ ހަފްތާއިން ފެށިގެން އަގު ބޮޑު ކުރަން ހުށަހަޅަން މަސައްކަތްކުރަނީ،" ޓެކްސީ ސެންޓަރުގެ އިސްވެރިޔާ ވިދާޅުވި އެވެ.

އެގޮތުން މާލެ ތެރޭގެ ދަތުރުތައް 25ރ. 30ރ. އިތުރުކުރަން އަދި ބްރިޖު މެދުވެރިކޮށް ހުޅުމާލެއަށް މިހާރު ކުރާ ދަތުރުތަކަށް ނަގާ 75ރ. ބަދަލުގަައި 100ރ. ނަގަން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox