ތެޔޮ އަގު ބޮޑުވުމުން ޓެކްސީ ދަތުރުގެ އަގު ބޮޑު ކުރަން މަސައްކަތް ކުރަނީ

މާލެ ސަރަހައްދުގައި ޓެކްސީއެއް: ޓެކްސީ ދަތުރުތަކުގެ އަގުތައް އިތުރުކުރުމަށް ޑްރައިވަރުން ދަނީ މަސައްކަތްކުރަމުން. ފޮޓޯ: އަދަދު/ހުސެއިން ޝަޔާހު

މާލެ ސަރަހައްދުގައި ޓެކްސީއެއް: ޓެކްސީ ދަތުރުތަކުގެ އަގުތައް އިތުރުކުރުމަށް ޑްރައިވަރުން ދަނީ މަސައްކަތްކުރަމުން. ފޮޓޯ: އަދަދު/ހުސެއިން ޝަޔާހު

ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ކުރާ ހަނގުރާމައިގެ ސަބަބުން ދުނިޔެ އަދި ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ، އަންނަ ހަފްތާއިން ފެށިގެން މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށް ޓެކްސީ ޑްރައިވަރުން މަސައްކަތް ފަށައިފި އެވެ.

ޓެކްސީ ސެންޓަރެއްގެ އިސްވެރިޔަކު މި ނޫހަށް ވިދާޅުވީ މިހާރު ރާއްޖޭގައި މިހާރު އުފުލިފައިވާ ތެލުގެ އަގުތަކާއި ޓެކްސީ ޑްރައިވަރުންނަށް ދެކޮޅު ނުޖެހޭ ގޮތެއްގައި މަސައްކަތްކުރަން ޖެހިފައިވާތީ ދަތުރުތަކުގެ އަގުބޮޑުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އަދި އެ މަޝްވަރާތަކުން ނިމޭ ގޮތަކަށް އަގުތަކަށް ބަދަލުގެނައުމަށް ޓްރާންސްޕޯޓު މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް އެއްވެސް ކަމެއް ނުނިމޭ މުޅިއަކުން. އަންނަ ހަފްތާއިން ފެށިގެން އަގު ބޮޑު ކުރަން ހުށަހަޅަން މަސައްކަތްކުރަނީ،" ޓެކްސީ ސެންޓަރުގެ އިސްވެރިޔާ ވިދާޅުވި އެވެ.

އެގޮތުން މާލެ ތެރޭގެ ދަތުރުތައް 25ރ. 30ރ. އިތުރުކުރަން އަދި ބްރިޖު މެދުވެރިކޮށް ހުޅުމާލެއަށް މިހާރު ކުރާ ދަތުރުތަކަށް ނަގާ 75ރ. ބަދަލުގަައި 100ރ. ނަގަން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް އަގުތަކަށް ބަދަލު ގެންނަން ހުށަހަޅާއިރު، މާލެ އާއި ހުޅުމާލެ ފޭސް 2 އާ ދެމެދު ކުރާ ދަތުރުތަކަށް ވެސް އިތުރަށް ފައިސާ ނަގަން ހުށަހަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ ދަތުރުތަކަށް ވެސް ފަސް ރުފިޔާ އިތުރުކުރަން ދެން ބްރިޖު ހުރަސްކޮށް ފޭސް 1 އަށް ކުރާ ދަތުރުތަކަށް 100 ރުފިޔާ ނަގަން ހުށަހަޅަނީ،" އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަގުތަކާއި ދޭތެރޭ ޑްރައިވަރުންގެ ހިތްހަމަނުޖެހުން އަބަދުވެސް އޮންނަ ކަން ފާހަގަކުރެވެ އެވެ. އަދި މިނިސްޓްރީން އެންމެ ފަހުން ކަނޑައެޅި އަގުތަކަށް ޑްރައިވަރުން ވަނީ އޭރު ވެސް އިންތިހާއަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެގޮތުން އެ އަގުތަކުގައި ތެލުގެ ހަރަދަށާއި ކާރުގެ މާރާމާތްތައް ފަދަ ކަންކަމަށް ލިބޭ އާމްދަނީ ކެނޑުމަށްފަހު ޑްރައިވަރުންނަށް ފައިދާ ނުވާކަމަށް ގިނަ ޑްރައިވަރުން ބުނެ އެވެ. އަދި މިހާރު ރާއްޖޭގައި ތެލުގެ އަގު ބޮޑުވެފައިވާތީވެ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox