އަތޮޅުތަކަށް ޓީޓީ ފުޅާކުރުމުގެ ޕްލޭނެއް އެބައޮތް: ޝިއުރީ

ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް ޝިއުރީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް ޝިއުރީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގެ އެކިއެކި އަތޮޅުތަކަށް ޓޭބަލް ޓެނިސް ފުޅާކުރުމުގެ ގޮތުން ޕްލޭނެއް އެބައޮތް ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.

ޝިއުރީ މިހެން ވިދާޅުވީ "އަދަދު" އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމް "ފޯރީ"ގެ ހަތަރު ވަނަ އެޕިސޯޑްގައި ވާހަަކަ ދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ޝިއުރީ ވަނީ އަތޮޅުތަކުގައި ޓީޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް މި ވަގުތު ރޭވިފައިވާ ބައެއް ކަންތައްތައް ހިއްސާކުރައްވައިފަ އެވެ.

މި ވަގުތު މާލޭގެ އިތުރުން ޓީޓީގެ ސެޓަޕެއް ހުރީ އައްޑޫ ސިޓީގަ އެވެ. ކުރިއަށް އޮތްތަނުގައި އެ ސެޓަޕްގެ ބޭނުންހިފައި އެ ސިޓީގައި ޓީޓީ ފުޅާކުރުމުގެ ވިސްނުމެއް ޓީޓީ އެސޯސިއޭޝަނުގެ އެބައޮތެވެ. މީގެ އިތުރުން ޏ. ފުވައްމުލަކާއި ތ. ތިމަރަފުށީގައި މިހާރު ހުރި ޓީޓީގެ ސެޓަޕަށް އިތުރު ފުރިހަމަކަމެއް ގެނެސް އެ ތަންތަނުގައި ވެސް ޓީޓީގެ ހަރަކާތްތައް ގިނަ ކުރެވޭތޯ އެސޯސިއޭޝަނުން އަންނަނީ ބަލަމުންނެވެ. އަދި އއ. ތޮއްޑޫ އަށް ވެސް ޓީޓީގެ ސާމާނު ފޯރުކޮށްދީ އެ ރަށުގައި ވެސް ޓީޓީގެ ކަންކަން ރޭވުމަކީ އެސޯސިއޭޝަންގެ ތަސައްވުރެކެވެ.

"ކުރިން ފާހަގަކުރިހެން (ޓީޓީގެ މިހާރުގެ ލީޑަޝިޕްގެ) މެނިފެސްޓޯގައި ފާހަގަކޮށްފައި ހުންނާނެ ފަސް ވަރަކަށް ރީޖަންގައި އެ އިންޓްރޮޑިއުސް (ތައާރަފް) ކުރަން. ހުރިހާ ރީޖަންއެއްގައި ފަހަރެއްގައި ނުވެދާނެ މި އަހަރު. އެކަމަކު، އައްޑޫ، ފުވައްމުލަކު ދެން ތިމަރަފުށީގަ އެކްޓިވިޓީތަކެއް ކުރިއަށްގެންދަން ވިސްނާފައި އޮތީ. އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން އެކަން ކުރުން،" ޝިއުރީ ވިދާޅުވި އެވެ.

ރަށްރަށުގައި ޓީޓީގެ ހަރަކާތައް ގެންދަން ޓީޓީން މިހާރު އިތުރަށް އެކުލަވާލަމުން އަންނަ ޕްލޭނުގައި ވިސްނުން ހުރީ ހުނަރު އޮތް ރަށްރަށުގައި ދިގު މުއްދަތަކަށް ފެންވަރު ރަނގަޅު ކޯޗެއް ބަހައްޓައިގެން ކަންކަން ކުރިއަށް ގެންދިއުމަށެވެ. އެއީ މި ވަގުތަށް ބަލާއިރު، އެސޯސިއޭޝަންގެ ލީޑަޝިޕަށް ބުރަވެވޭ ޕްލޭނެއް ނަމަވެސް ދިމާވެފައި އޮތް ގޮންޖެހުމަކީ ބަޖެޓްގެ "ތާށި" ކަމެވެ.

"ޓީޓީ އަކީ ވަރަށް ޓެކްނިކަލް އެއްޗެއް ވީމަ އެސޯސިއޭޝަންގެ ވިސްނުން ހުންނަނީ މިސާލަކަށް ދެ އަހަރު ދުވަހުގެ ގޮތަކަށް އަޅުގަނޑުމެންނަށް ޓެލެންޓް ފެންނަ ތަނަކަށް ބޭރުން ކޯޗެއް ގެނެސް އެކޮޅުގައި ބަހައްޓައިފިއްޔާއޭ އެންމެ ރަނގަޅު ނަތީޖާއެއް ނުކުންނާނީ. އެހެންވީމަ އެ ކަހަލަ ވިސްނުމެއް ވެސް އެބަހުރި،" ޝިއުރީ ވިދާޅުވި އެވެ.

"އެކަމަކު، މި ކަަހަލަ ޕްލޭންތައް އައިސް މި ޖެހެނީ ބަޖެޓްގެ ތާށި ކަމަށް. މިއީ ހުރިހާ އެސޯސިއޭޝަނަކަށް ވެސް އޮންނަ ކަމެއް، ކިރިޔާ މި މެނޭޖްކުރެވެނީ މާލޭގައި މި އޮންނަ އެކްޓިވިޓީތަކަށް ވެސް،"

ޓީޓީގެ މިހާރު އޮތް ލީޑަޝިޕް އެސޯސިއޭޝަނުގެ މަސައްކަތާ ހަވާލުވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބު ކާމިޔާބުކޮށްފަ އެވެ. ކޮވިޑް-19ގެ ސަބަބުން ކަމެއް ނުކުރެވި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުނުކަން ޝިއުރީ ފާހަގަކުރެއްވި އެވެ. މިހާރު ކުރަން ރޭވިފައި ހުރި ކަންތައްތަކުގެ ތެރެއިން އަތޮޅުތެރެއަށް ޓީޓީ ފުޅާކުރުމުގެ ކަންކަން ކުރާއިރު، އޮތް ބަޖެޓްގެ ތާށިކަމަށް ހައްލެއް ހޯދަން ކުރިއަށް އޮތްތަނުގައި މިނިސްޓްރީއާ މަޝްވަރާކުރާނެ ކަމަށް ޝިއުރީ ވިދާޅުވި އެވެ.

"ކޯޗުން އެކޮޅަށް ގޮސްފައި އެ ސެޓަޕް ހަދާއިރު، އެކްސްޕެންސްތަކެއް އެބަދޭ. އެ އެކްސްޕެންސަކީ ސަރުކާރު ސައިޑުން ސަޕޯޓް ލިބިގެންކުރެވޭނެ ކަންތައްތައް. އެސޯސިއޭޝަންގެ ވިސްނުން އެބަހުރި އެ ޕްރޮގްރާމްގެ ޕްލޭން ޑިވެލޮޕްކޮށްފައި މިނިސްޓްރީއާ އެކު މަޝްވަރާ އަށް ގޮސް ފަންޑްސް ހޯދައިގެން، އެއްޗަކަށް ވާ ކަހަލަ ގޮތަކަށް އެކަން ކުރުމުގެ ވިސްނުން،" ޝިއުރީ ވިދާޅުވި އެވެ.

"ފައިނޭންޝިއަލް ސަޕޯޓް ލިބިއްޖިއްޔާ މިކަން ކުރެވޭނެ،"

ޓީޓީ އަކީ މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު، ރާއްޖޭގެ ކުޅިވަރުގައި ކާމިޔާބީގެ ގިނަ ސޮފުހާތަކެއް ލިޔެފައިވާ ކުޅިވަރެކެވެ. އެ ކުޅިވަރު އަނެއް ލެވަލަށް ގެންދަން ބަލާއިރު، ބަދަލުވާން ޖެހޭ ކަންކަން އެބަހުއްޓެވެ. ކުރަން ހުރި މަސައްކަތްތައް ރަނގަޅަށް ގެންދަން ޝިއުރީ އިލްތިމާސެއް ކުރެއްވީ ބެލެނިވެރިންނާއި ސްކޫލްތަކާއި ރަށްރަށުގެ ކައުންސިލާއި ކްލަބް ޖަމިއްޔާ ތަކަށެވެ.

އެ ގޮތުން ޝިއުރީ ވިދާޅުވީ ސްކޫލްތަކުން އެކި ކުޅިވަރުތަކުގެ އިންޓަ ސްކޫލް މުބާރާތަށް ދޭ ފޯކަސް ޓީޓީގެ އިންޓަ ސްކޫލް މުބާރާތަށް ވެސް ދޭން ޖެހޭ ކަމަށާއި ކުދިންގެ ބެލެނިވެރިން ވެސް ޓީޓީ އަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ކެރިއަރެއް ކުރިއަށްގެންދެވޭ ވަރަށް އެހީވެދިނުމަށް އެދޭ ކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާއި ކްލަބް ޖަމިއްޔާތަކުން ޓީޓީ އެސޯސިއޭޝަނާ ގުޅިގެން އެ ރަށްރަށުގައި ތިބި ޓީޓީ އަށް ޝައުގުވެރިވާ ކުޅުންތެރިން ދާއިރާ އިން ކުރިއަށްދެވޭނެ މަގުފަހިކޮށްދޭން އެކި ކަންކަން ރޭވުމަށް ޝިއުރީ އެދިލެއްވި އެވެ.

"އެންމެން ގުޅިގެން މަސައްކަތް ކޮށްފިއްޔާ ޓީޓީ މި އަށް ވުރެ ކުރިއަރައިގެން ދާނެ،" ޝިއުރީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox