ސްޕްރައިޓް ޕްރޮމޯ ކެމްޕޭންގެ ނަސީބުވެރިން ހޮވަން ފަށައިފި

ސްޕްރައިޓް ޕްރޮމޯ ކެމްޕޭންގެ ނަސީބުވެރިން ހޮވަން ފަށައިފި

'ޗިލް ވިތު ސްޕްރައިޓް އެންޑް ޔުއާ ސްކްރީން' ޕްރޮމޯޝަން ކެމްޕޭނުގެ ނަސީބުވެރިން އިއުލާންކުރަން ފަށައިފި އެވެ.

ކޮކާކޯލާ ކުންފުނީގެ މަޝްހޫރު ލެމަން ލައިމް ރަހަލާ ބުއިން، ސްޕްރައިޓްއަށް ދިވެހިންގެ މެދުގައި އޮތް ލޯބި ފާހަގަކުރަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިޔަށް ގެންދާ އެ ކޮންޒިއުމާ ޕްރޮމޯޝަން ފެށީ ފެބްރުއަރީ 1 ގަ އެވެ.

ސްކްރީނަކުން އެއްޗެއް ބަލާއިރު ދިވެހިން ސްޕްރައިޓުގެ މީރު ރަހަ ހިޔާރުކުރަން ބަހައްޓާ އަހައްމިއްޔަތުކަން ފާހަގަކުރަން ސްޕްރައިޓުން ފެށި އެ ކެމްޕޭންގެ މަގްސަދަކީ ގޭގައި ފޯނު، ލެޕްޓޮޕް ނުވަތަ ޓީވީ ފަދަ ތަކެތި ބަލާއިރު ފުރިހަމައަށް "ރިފްރެޝްވެ" ތިބުމާ އެކު ބޮޑެތި އިނާމުތަކެއް ކާމިޔާބުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް، ދެ ނަސީބުވެރިން ހޮވުމަށް ބޭއްވޭ ގުރުނެގުން ޓެލެވިޝަން މޯލްޑިވްސް (ޓީވީއެމް) އިން އަންނަނީ ރޭގަނޑު 19:40 ގައި ލައިވްކޮށް ގެނެސްދެމުންނެވެ. ދެ ނަސީބުވެރިން ކޮންމެ ރެޔަކު ވެސް ހޮވަމުން އަންނަނީ ކޮންމެ ޓިއާ ނުވަތަ ގިންތިއަކުން އެއް ނަސީބުވެރިޔެއް ހޮވާ އުސޫލުންނެވެ. އިތުރު މައުލޫމާތު @spritemaldives އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް ވެސް ލިބެން ހުންނާނެކަމަށް ކޮކާކޯލާ ކުންފުނިން ބުނެ އެވެ.

އޭޕްރީލް 4 ގެ ނިޔަލަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން އާންމުންނަށް ސްޕްރައިޓް، ކޮކާކޯލާ، ފެންޓާ އޮރެންޖް ނުވަތަ ފެންޓާ ސްޓްރޯބެރީ ފުޅީގެ ގޯލްޑަން ކެޕްގެ ނުފުށުގައިވާ ހާއްސަ ހަ ނަމްބަރުގެ ކޯޑު 2626އަށް އެސްއެމްއެސް ކޮށްގެން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. އެ ޕްރޮމޯޝަންގައި އެ ހަތަރު ބްރޭންޑްގެ 300އެމްއެލް، 500އެމްއެލް، 1.25 ލީޓަރު އަދި 2 ލީޓަރުގެ ޕެޓް ފުޅި ވަނީ ހިމަނާފަ އެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ޖުމްލަ 90 ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާއިރު، ޓިއާ އެކެއްގައި ހިމެނޭ 45 ނަސީބުވެރިންނަށް ސްމާޓްފޯން، ގޭމިން ކޮންސޯލް ނުވަތަ ޓީވީއެއް ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ދެވަނަ ޓިއާގައި ހިމެނޭ 45 ނަސީބުވެރިންނަށް މިނީ ފްރިޖެއް ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެ ޕްރޮމޯޝަންގެ އެއް މަގްސަދަކީ، ރާއްޖޭގައި ވިއްކާ ސްޕްރައިޓް ފުޅިއަށް މިފަހުން ގެނައި ބަދަލު ފާހަގަކުރުމެވެ. ސްޕްރައިޓުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި، އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްލާފަ އެވެ.

އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިންއަށް ބަދަލުކުރުމަށް ކޮކާކޯލާ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެނައި ބަދަލެކެވެ.

އަލަށް ތައާރަފުކުރި ޓްރާންސްޕޭރަންޓް ސްޕްރައިޓް ޕެޓް ފުޅިއަކީ ކުރީގެ ފުޅިއެކޭ ވެސް އެއްގޮތަށް 100 އިންސައްތަ ރީސައިކަލް ކުރެވޭ ފުޅިއަކަށް ވީނަމަވެސް، ސާފު ފުޅިއަކަށް ވުމުގެ ސަބަބުން ބޭނުންކުރުމަށް ފަހު އިތުރު ވެލިއު ފުޅިއަށް ލިބި، ރީސައިކަލް ކުރަން ކުރިއަށް ވުރެ ވެސް ފަސޭހަވެގެންދެ އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ޕްލާސްޓިކަށް ވަށާޖެހޭ ހައްލެއް ލިބިގެންދާނެ އެވެ.

ސްޕްރައިޓަކީ ލެމަން އަދި ލައިމް ރަހަދޭ ސޮފްޓް ޑްރިންކެކެވެ. 1961 ވަނަ އަހަރު ތައާރަފްކުރި ސްޕްރައިޓް މިހާރު 190 އަށް ވުރެ ގިނަ ގައުމުގައި ވިއްކަ އެވެ. ކޮކާކޯލާ ކުންފުނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، ސްޕްރައިޓް ހިމެނޭ ގޮތަށް، ދިވެހިންގެ ކަރުހިއްކުން ފިލުވާލަދޭ، މީރު ބުއިންތަކެއް ރާއްޖެއަށް ވަނީ ތައާރަފުކޮށްފަ އެވެ.

އެ ޕްރޮމޯޝަންގައި މިހާތަނަށް ބައިވެރިވެފައި ނުވާ ނަމަ، އޭޕްރިލް 4ގެ ކުރިން ބައިވެރިވެގެން ނަސީބު ވަޒަންކޮށްލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox