އިންފްލުއެންސަރުންނާ އެކު ކޮކާކޯލާއިން ބޭއްވި "ޒީރޯ ޗެލެންޖު" އަށް ބޮޑު ޝައުގުވެރިކަމެއް

Apr 26, 2023, 6:26 AM
އިންފްލުއެންސަރުންނާ އެކު ކޮކާކޯލާއިން ބޭއްވި "ޒީރޯ ޗެލެންޖު" އަށް ބޮޑު ޝައުގުވެރިކަމެއް

އިންސްޓަގްރަމް އަދި ޓިކްޓޮކްގައި މަގުބޫލުކަން ހޯދާފައިވާ އަށް ސޯޝަލް މީޑިއާ އިންފުލެއެންސަރުންނާ އެކު ކުރިއަށްގެންދިޔަ "ޒީރޯ ޗެލެންޖު" ގެ ބްލައިޑް ޓޭސްޓް ޓެސްޓަށް ބޮޑު ޝައުގުވެރިކަމެއް ލިބިފައިވާ ކަމަށް ކޮކާކޯލާ މޯލްޑިވްސް އިން ހާމަކޮށްފި އެވެ.

މި ހަރަކާތުގެ ތެރެއިން، ކޮކާކޯލާގެ ތިން އުފެއްދުމެއްގެ ތެރެއިން ކޯކް ޒީރޯ އަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް އިންފްލުއެންސަރުންނާ ހަވާލުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮކާކޯލާ އޮރިޖިނަލް ޓޭސްޓް، ކޮކާކޯލާ ޒީރޯ ޝުގާ އަދި ޑައިޓް ކޯކް އެވެ.

މި ހަރަކާތަކީ ކޯކް ޒީރޯގެ މީރު ރަހަ ދައްކާލުމުގެ އިތުރަށް، "މިއީ އެންމެ ރަނގަޅު ކޯކް ހެއްޔެވެ؟" މި ސުވާލު ހިތާއި ހިތާ ކޮށްލަން ފުރުސަތު ދިނުމަށް އިންތިޒާމްކުރި ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. ހަމައެއާއެކު، ރާއްޖޭގައި ލިބެން ހުރި ކޮކާކޯލާގެ ތަފާތު ބާވަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ހަރަކާތުގެ ބޭނުމެކެވެ.

އުފެއްދުންތައް އިޝްތިހާރު ކުރުމަށް އިންފްލުއެންސަ މާކެޓިން އަދި ކަސްޓަމަރުންގެ ބައިވެރިވުމާ އެކު ހިންގޭ ހަރަކާތްތަކުގެ ބޭނުން ހިފައިގެން ކުރިއަށް ގެންދިއުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ކޮކާކޯލާ މޯލްޑިވްސް އިން ބުނެ އެވެ. މިއީ އެކަމަށް އަމާޒުކޮށް ސިލްސިލާކޮށް ރާވާފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ.

ކަސްޓަމަރުންގެ މެދުގައި ހިތްގައިމު ތަޖުރިބާތަކެއް ހޯދައިދިނުމާއި, އެ ކުންފުނީގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ބެލުންތެރިންނާ ބަދަހި ގުޅުމެއް އުފައްދަން ކޮކާކޯލާ މޯލްޑިވްސްއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނީގެ ހިތްގައިމު ޕްރޮމޯޝަންތަކުގެ އެންމެ ފަހުގެ މައުލޫމާތު އެ ކުންފުނީގެ އިންސްޓަގްރަމް އާއި ފޭސްބުކް ޕޭޖުން ފެންނާނެ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފަ އެވެ.

ރާއްޖޭގައި ކޮކާކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox