ހުލާސާކޮށް އިއްޔެ: ރަޝިޔާއަށް އަޅާ ފިޔަވަޅުތަކާއެކު ރާއްޖެ އަށް ބޮޑު ގެއްލުމެއް

ހުޅުމާލޭގެ ބީޗުގައި ޓޫރިސްޓަކު މަޑުކޮށްލައިގެން. ހާތަނަށް އެކަނި ވެސް 200 މިލިއަން ޑޮލަރުގެ ގެއްލުންވެދާނެ ކަމަށް ބެލެވޭ -- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

ހުޅުމާލޭގެ ބީޗުގައި ޓޫރިސްޓަކު މަޑުކޮށްލައިގެން. ހާތަނަށް އެކަނި ވެސް 200 މިލިއަން ޑޮލަރުގެ ގެއްލުންވެދާނެ ކަމަށް ބެލެވޭ -- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށް ރަޝިޔާއިން ޔޫކްރެއިނު ހިފުމަށް އެގައުމަށް އަރައި، ހަނގުރާމަ ކުރަމުންދާތީ ރަޝިޔާގެ ދައުލަތާއި އެ ގައުމުގެ މަހުޖަނުންނަށް އަމާޒުކޮށްގެން އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ދިވެހިރާއްޖޭގެ ޓުއަރިޒަމަށް އެތައް ސަތޭކަ މިލިއަން ޑޮލަރުން ގެއްލުންވާން ފަށާފައިވާކަން "އަދަދު" އިން ރިޕޯޓްކުރީ އިއްޔެ އެވެ.

މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ރަޝިޔާ ފަތުރުވެރިންގެ މިންވަރު 50 ޕަސެންޓާ ގާތް ކުރެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ވެސް އެންމެ ގިނައިން ރާއްޖެ އައީ ރަޝިޔާ ފަތުރުވެރިންނެވެ.

"ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ވެސް 200 މިލިއަން ޑޮލަރު ގެއްލުންވެދާނެ. މަދުވެގެން އެ ވަރުގެ ގެއްލުންވެފައި ހުންނާނީ،" ރާއްޖެއަށް އެންމެ ގިނަ ރަޝިޔާ ފަތުރުވެރިން ގެންނަ އެއް ފަރާތް ކަމަށްވާ ރިސޯޓް ލައިފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދު އިއްޔެ ވިދާޅުވި އެވެ.

ވަލީދު ވިދާޅުވީ، މިހާރު އެންމެ ބޮޑު ގެއްލުމެއްވަމުންދާނީ، ޕްރީ ބުކިންސް ނުވަތަ ކުރިން ހައްދާފައި ހުރި ބުކިންތައް ކެންސަލް ކުރަން ފެށުމުން ކަމަށެވެ. އަދި ފަތުރުވެރިންނަށް، ފައިސާ ދެއްކެން އޮތް މަގުތައް ބަންދު ކުރުމުން ވެސް ބޮޑެތި ގެއްލުންތަކެއްވަމުންދާނެ ކަމަށް އޭނާ ލަފާ ކުރެއްވި އެވެ. އޭގެ އިތުރުން ރަޝިޔާގެ ފައިސާގެ އަގު ދަށްވުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ދިވެހިރާއްޖެ އިގްތިސާދަށް ވަރަށް ބޮޑަށް ގެއްލުންވާނެ. ލަގްޒަރީ ރިސޯޓުތަކަށް އަންނަ ގިނަ މީހުންނަކީ ވެސް ރަޝިޔާ މީހުން. ފަތުރުވެރިންގެ މާކެޓުގެ ގާތްގަނޑަކަށް 40 ޕަސެންޓަކީ ރަޝިޔާ މީހުން. އެހެންވީމަ ވަރަށް ބޮޑު އަސަރެއް ކުރާނެ އަޅުގަނޑުމެންނަށް،" އޭނާ ވިދާޅުވި އެވެ.

ރަޝިޔާ/ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމަަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ފެބްރުއަރީ 24، ގައި ވިދާޅުވި އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ރަޝިޔާގެ 43،519 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށިއިރު އެ ގައުމުގައި ތިބި 24 ދިވެހިންގެ ތެރެއިން ބާކީ ތިބި ނުވަ މީހުން ވެސް އެގައުމުން ނެރެ ސަލާމަތްކުރީ އިއްޔެ އެވެ.
  • ޓުއަރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވާކަން ހާމަކުރީ އިއްޔެ އެވެ.
  • ހައިކޯޓުގެ އަމުރެއް ސަސްޕެންޑް ކުރުމަށްފަހު، ރާއްޖެއަށް ޑްރަގް އެތެރެކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ދޫކޮށްލި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ފެށީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ޗެއާޕާސަންގެ މަަގާމަށް ކުރިމަތިލައްވާފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާ ވޯޓު ދެއްވުމަށް ނިންމާފައިވާ ކަމަށް ހާމަކުރައްވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އައްޑޫ ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ:

"ފައްޔާޒަކީ ވަރުގަދަ ލީޑަރެއްކަން ވަނީ ސާބިތުކޮށް ދެއްވާފައި. އަދި ފައްޔާޒުގެ ލީޑާޝިޕްގެ ދަށުން އެމްޑީޕީ އަށް އިތުރު ކާމިޔާބީ އާއި ކުރިއެރުން ލިބިގެންދާނެ،"

ދުވަހުގެ ފޮޓޯ

މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ޖިއޯޓެކްނިކަލް ސާވޭގެ އަމަލީ މަސައްކަތް ކުރަމުންދަނީ. މި ސާވޭ ކުރަނީ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން. ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ މި ބްރިޖު މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ޖިއޯޓެކްނިކަލް ސާވޭގެ އަމަލީ މަސައްކަތް ކުރަމުންދަނީ. މި ސާވޭ ކުރަނީ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން. ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ މި ބްރިޖު މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ޖިއޯޓެކްނިކަލް ސާވޭގެ އަމަލީ މަސައްކަތް ކުރަމުންދަނީ. މި ސާވޭ ކުރަނީ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން. ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭ މި ބްރިޖު މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ކިނބިދޫގައި ކައިވެނި ކުރުމުގެ ޘަޤާފަތަށް ބަދަލުތަކެއް އައިސްފައި ވޭހެއްޔެވެ؟"

މި ދިރާސާއަކީ ދިވެހިރާއްޖޭގެ ރަށެއް ކަމުގައިވާ ތ. ކިނބިދޫގައި ކައިވެނި ކުރުމުގެ ސަގާފަތަށް ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ބަދަލެއް އައިސްފައިވޭތޯ ބެލުމަށް ގައުމީ ޔުނިވާސިޓީގެ ދިވެހިބަހުގެ ޑިގްރީ ކޯހުގައި ކިޔެވި ދަރިވަރަކު 2015 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާ ހަދާފައިވަނީ ތ. ކިނބިދޫ މީހުންނާ ސުވާލުކޮށްގެން، އެ ރަށު މީހުން ކައިވެނި ކުރި އިރަކު ކައިވެނި ކުރީ ކިހިނެތްތޯ އަހައި ސުވާލުކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox