ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ލިސްޓަށް އައްޑޫ ކޯގަންނު ގަބުރުސްތާނު

އައްޑޫ ސިޓީ މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާން-- ފޮޓޯ: ވޯލްޑް މޮނިއުމަންޓް ފަންޑު

އައްޑޫ ސިޓީ މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާން-- ފޮޓޯ: ވޯލްޑް މޮނިއުމަންޓް ފަންޑު

ދުނިޔޭގެ ހަނދާނީ ބިނާތައް ނުވަތަ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫ ސިޓީ ކޯގަންނު ގަބުރުސްތާނު ހިމެނިއްޖެ އެވެ.

ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ލިސްޓަކީ ދުނިޔޭގެ ގަދީމީ އާސާރުތައް ހިމާޔަތްކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ.

އައްޑޫ ސިޓީ، މީދޫގައި ހުންނަ ކޯގަންނަ ގަބުރުސްތާނަކީ އެ ރަށުގައި ފުރަތަމަ އިސްލާމްދީން ގަބޫލުކޮށްގެން ތިބި މުސްލިމުން މަރުވުމުން އެމީހުން ވަޅުލާފައިވާ ތަނެކެވެ. އެއީ މީގެ 900 އަހަރު ކުރިން ކަމަށް ބުނެވެ އެވެ. ބުނެވޭ ގޮތުގައި ކޯގަންނު ބުރުސްތާނަކީ ދިވެހިރާއްޖޭގައި މިހާރު ފެންނަން އޮތް އެންމެ ބޮޑު، އެންމެ ތާރީހީ، އަދި އެންމެ ގަދީމީ ގަބުރުސްތާނެވެ.

Advertisement

ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖުން މައުލޫމާތު ދެެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަންސް އިސްމާއީލް ނާއިލް ނަޝީދު "އަދަދު"އަށް ވިދާޅުވީ އެ ލިސްޓުގައި ކޯގަންނު މިސްކިތް ހިމެނިފައިވާކަން އިއުލާން ކޮށްފައި ވަނީ ރޭ ކަމަށެވެ.

ކޮންމެ ދެ އަހަރަކުން ނެރެމުންދާ އެ ލިސްޓުގައި މި އަހަރު 250 އަށްވުރެގިނަ ތަން ވާދަކުރި އެވެ. އޭގެ ތެރެއިން ހޮވުނު 25 ތަނުގެ ތެރޭގައި އައްޑޫގެ މި ތަން ހިމެނިފައިވާ ކަމަށް ނާއިލް ވިދާޅުވި އެވެ.

ކޯގަންނު މިސްކިތުގެ މަހާނަގަލެއް-- ފޮޓޯ: ވޯލްޑްމޮނިއުމަންޓް ލިސްޓް
ކޯގަންނު މިސްކިތުގެ މަހާނަގަލެއް-- ފޮޓޯ: ވޯލްޑްމޮނިއުމަންޓް ލިސްޓް

ކޯގަންނު މިސްކިތުގެ މަހާނަގަލެއް-- ފޮޓޯ: ވޯލްޑްމޮނިއުމަންޓް ލިސްޓް

އެ ތަން ލިސްޓުގައި ހިމެނުމާއެކު ކޯގަންނު އިތުރަށް ރައްކާކޮށް ހިމާޔަތް ކުރުމަށްޓަކައި ދުނިޔޭގެ ސަމާލުކަން އަދި ދުނިޔޭގެ އެހީ ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ނާއިލް ވިދާޅުވި އެވެ. ނާއިލް ވިދާޅުވީ އެގޮތުުން ބޭރުގެ ފަންޑިން އާއި ޓެކްނިކަލް އެހީ ހޯދުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ.

އެ ޒަމާނުގައި އެ ގަބުރުސްތާނުގައި ހަތް މިސްކިތް ހުރި ކަމަށް ބުނެވެ އެވެ. އެއީ ކޯގަންނު މިސްކިތާއި ބޯދާ މިސްކިތާއި ރާވެރީން މިސްކިތާއި އަތަރާ މިސްކިތާއި ކިލެގެ މިސްކިތާއި ދެށިނާ މިސްކިތާއި ފަނޑިޔާރު މިސްކިތެވެ.

ނާއިލް ވިދާޅުވީ މިހާރު ކުރެވެމުންދާ މަސައްކަތަކީ އެ ތަނުގައި ހުންނަ ފަނޑިޔާރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކަމަށެވެ. އަދި މިހާރު މި ހިމެނުނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ލިސްޓާއެކު ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ގަބުރުސްތާނުގައި ހުރި މިސްކިތެއް-- ފޮޓޯ: ވޯލްޑް މޮނިއުމަންޓް ލިސްޓް
އެ ގަބުރުސްތާނުގައި ހުރި މިސްކިތެއް-- ފޮޓޯ: ވޯލްޑް މޮނިއުމަންޓް ލިސްޓް

އެ ގަބުރުސްތާނުގައި ހުރި މިސްކިތެއް-- ފޮޓޯ: ވޯލްޑް މޮނިއުމަންޓް ލިސްޓް

ހިރިގަލުން ބިނާކޮށްފައިވާ ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖޭން ހިމެނުމަށް ހުށައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި ވެސް ހިމެނޭ މިސްކިތެކެވެ. މިއީ، އަސްލު ގޮތުގައި މިސްކިތުގެ ހާލަތު ރަގަނޅަށް ހުރި ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ކުޑަ ހިރިގަލު ވަޑާމުގެ މިސްކިތެވެ.

ކޯގަންނު ގަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ރާއްޖޭގައި ފެންނަން ވެސް ހުރި ގަބުރުސްތާނެވެ. އެގޮތުން 1500 އަށްވުރެ ގިނަ މަހާނަގާ މި ގަބުރުސްތާނުގައި ހުރިއިރު، އޭގެ ތެރޭގައި ހާފިޒުންގެ މަހާނަގާ ކަމަށް ބަލައި އުޅޭ މަހާނަގައުތައް އެބަހުއްޓެވެ. އަދި އިހުގެ ދަންނަބޭކަލުންގެ މަހާނަގާތައް ވެސް އެބަހުއްޓެވެ.

ކޯގަންނުއަކީ ހިމާޔަތްކުރެވިފައިވާ ގައުމީ އާސާރެކެވެ. އެތަން އާސާރަކަށްވަނީ ކޮންމެހެން ގަބުރުސްތާނަކަށް ވެގެނެއް ނޫނެވެ. ހިރިގަލުގެ މަސައްކަތާއި ބިސްތާނުތަކުގެ ޑިޒައިނާއި މިސްކިތްތަކުގެ އަދަދާއި އެތަންތަނުގެ ތާރީހު އަދި އައްޑުއެތައްދެކުނުގެ ރަށްތައް އިސްލާމްދީނަށް އެނބުރުމުގެ ސަބަބުކަމަށް މެދުވެރިވި ބޭކަލެއްގެ ޒިޔާރަތް އެތަނުގައި ހުރުމަކީ އެތަނުގެ މުހިންމުކަން ބޮޑުވެގެންދާ ސަބަބުތަކެއް ކަމަށް ތާރީހީ ލިޔުންތަކުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox