ފެނުގެ ވަސީލަތް ރައްކާތެރިކުރަން ބޮޑެތި ކަންކަން ހިމަނައި، ގަވައިދު އިސްލާހުކޮށްފި

އައްޑޫގައި އޮންނަ އީދިގަލި ކުޅި. ފެނުގެ ވަސީލަތްތައް ރައްކާތެރިކުރަން ސަރުކާރުން ވަނީ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި

އައްޑޫގައި އޮންނަ އީދިގަލި ކުޅި. ފެނުގެ ވަސީލަތްތައް ރައްކާތެރިކުރަން ސަރުކާރުން ވަނީ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި

ބިމުން ނަގާ ފެން ބޭނުންކުރުމަށާއި ފެންވައިރުކުރުމާއި ފާހާނާ ހެދުމުގައި ބޭނުންކުރާ އާލާތްތައް ރޭޓްކޮށް، ސަރުކާރުން އިންސެންޓިވްއެއް ދޭނެ އޮނިގަނޑެއް ލާޒިމުކުރުމާއި އެނޫން ވެސް ބޮޑެތި ކަންތައްތައް ހިމަނައި، ފެނުގެ ވަސީލަތް ހިމާޔަތްކޮށް ބެލެހެއްޓުމާއި ބެހޭ ގަވާއިދު ސަރުކާރުން އިސްލާހުކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިކުރި އިސްލާހުގައިވާ ގޮތުން، ފެނުގެ ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ގަވައިދުގައި ހިމެނި އެންމެ މުހިއްމު އެއް ބަޔަކީ ބިމުގެ ފެން ބޭނުންކުރުމާއި ފެންވަޔަރުކުރުމުގައި ބޭނުންކުރާ އާލާތްތައް ލޭބަލްކޮށް ރޭޓްކޮށް އިންސެންޓިވް ދޭނެ އޮނިގަނޑެއް ހަދަން ލާޒިމުކުރުމެވެ. މިއަދު ގެޒެޓްކުރި އިސްލާހުގައިވާ ގޮތުން، އެ އޮނިގަނޑު، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ހަދަން ޖެހޭނެ އެވެ.

އެ އިސްލާހުގައިވާ މުހިއްމު އަނެއް ކަމަކީ ކޮންމެ ރަށެއްގެ ވެސް އިހުތިސާސްގެ ތެރޭގައި ހުރި އެންމެހާ ވަސީލަތްތައް ދެމެހެއްޓިވި ގޮތުގައި މެނޭޖްކުރާނެ ޕްލޭނެއް ހެދުމެވެ. އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެހީތެރިކަމާ އެކު ހަދާ އެ ޕްލޭން، ކަމާ ބެހޭ އޮތޯރިޓީން ފާސްކޮށް ސަރުކާރުގެ ގެެޒެޓްގައި ޝާއިކުރަން ވެސް އެ އިސްލާހުން ލާޒިމްކުރެ އެވެ. ރަށްރަށުގެ އިހުތިސާސްގެ ތެރޭގައިވާ ތަންތަނުގެ ފެންފަށަލައަށް ކުރާ އަސަރުތައް ދެނެގަތުމަށް ކައުންސިލްތަކުން ކުރަން ޖެހޭނެ ކަންތައްތަކެއް ވެސް އެ އިސްލާހުން ގަވައިދަށް އިތުރުކުރި އެވެ.

ކައުންސިލްތަކުން އެއްކޮށް، މިނިސްޓްރީއަށް ރިޕޯޓްކުރަން ޖެހޭނެ މައުލޫމާތުތައް

  • ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ތަންތަނުގައި ސިނާއީ އަދި އެހެން މަސައްކަތްތަށް ވެސް ބޭނުންކުރާ ސަރަހައްދުގެ ބޮޑުމިނާއި އެ ސަރަހައްދުގައި ފެން ބޭނުންކުރާ ގޮތް. ބޭނުންކުރަނީ ވަޅުފެން ނުވަތަ ވާރޭފެންތޯއާއި ފެން ބޭނުންކުރާ ސަރަހައްދުގެ ބޮޑުމިން. ފެން ބޭނުންކުރަނީ ރަށުގައި ގާއިމްކޮށްފައިވާ ޕްލާންޓަކުން ކަން ނުވަތަ ނޫންކަން ވެސް ވެސް ހިމަނަން ޖެހޭ.
  • އިހުތިސާސް ހިނގާ ސަރަހައްދުގައިވާ ވަޅުތަކުގެ އަދަދު
  • ޕަމްޕް ހަރުކޮށްގެން ފެން ނަގަމުން އަންނަ ވަޅުތަކުގެ އަދަދު
  • ވަޅެއްގައި ހަރުކޮށްފައިވާ ޕަމްމްޕްގެ ކެޕޭސިޓީ.
  • ބިން ތޮރުފައިގެން ނަގާ ފެނުގެ މިންވަރު
  • ފެން ފަށަލަ ޓެސްޓްކުރާ އާލާތް ބޭނުންކުރާ ތަނެއްގައި ނަމަ ފެނުގެ ކޮލިޓީ ރިޕޯޓް.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox