އަންނަ މަހުން ފެށިގެން ޕެލެޓްތައް ނަގަން ފަށާނެ: ސިޓީ ކައުންސިލް

މާލޭގެ އަމީރު އަހުމަދު މަގުގައި ބަހައްޓާފައިވާ ޕެލެޓްއެއް. ސިޓި ކައުންސިލުން ވަނީ އަންނަ މަހުން ފެށިގެން ޕެލެޓްތައް ނަގަން ނިންމާފަ. ފޮޓޯ: އަދަދު/ އަހުމަދުﷲ އަބްދުލް ހާދީ

މާލޭގެ އަމީރު އަހުމަދު މަގުގައި ބަހައްޓާފައިވާ ޕެލެޓްއެއް. ސިޓި ކައުންސިލުން ވަނީ އަންނަ މަހުން ފެށިގެން ޕެލެޓްތައް ނަގަން ނިންމާފަ. ފޮޓޯ: އަދަދު/ އަހުމަދުﷲ އަބްދުލް ހާދީ

މާލެ ސިޓީ ކައުންސިލުގެ ހުއްދަ ނެތި މާލޭގެ މަގުތައްމަތީގައި ބަހައްޓާ ޕެލެޓްތައް އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާލޭގައި ގަރާޖު އަދި ގުދަން ފަދަ ތަންތަނުގެ ކުރިމަތީގައި ހުއްދައަކާ ނުލައި ބަހައްޓާފައިވާ ޕެލެޓްތައް އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އެ ކައުންސިލުން ނަގަން ފަށާނެ ކަމަށެވެ.

ސިޓީ ކައުންސިލުން ނެރުނު އެ އިއުލާނުގައި ބުނީ ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓާފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހާއި ހަމަޔަށް "ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަކަށް އެދި ސިޓީ ކައުންސިލަށް ހުށަހެޅުމުން އެފަދަ ތަންތަނުގެ ކުރިމަތީގައި ޕާކު ކުރުން މަނާކަން އަންގައިދޭ ގޮތަށް ދެ ރޮނގު ސިޓީ ކައުންސިލުން ކުލަ ލައިދޭނެ ކަމަށެވެ.

އަދި މާލެ ސިޓިގައި މުދާ ލޯޑުކުރުމާއި އަންލޯޑު ކުރުމަށް ވެސް ޕެލެޓް ބަހައްޓައިގެން މަސައްކަތްކުރާ ފަރާތްތަކުން އެފަދަ ސަރަހައްދެއް ހާއްސަކޮށްދިނުމަށް ސިޓީ ކައުންސިލަށް ހުށަހެޅުމުން ކުލި ނަގާ އުސޫލުގެ ދަށުން އެފަދަ ސްލޮޓްތައް ހަމަޖައްސައިދޭނެ ކަމަށް ސިޓީ ކައުންސިލްގެ އެ އިއުލާނުގައި ބުނެ އެވެ.

ސިޓި ކައުންސލުން އެ އިއުލާން ނެރުނުއިރު، މާލޭގެ ގިނަ މަގުތަކުގައި ޕެލެޓް ބަހައްޓާތީވެ އެކަމާ ގުޅިގެން އާންމުން އަބަދުވެސް ޝަކުވާތައް ކުރެ އެވެ.

އެގޮތުން ސައިކަލް އަދި ކާރު ޕާކު ކުރާނެ ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް މާލޭގައި އެންމެ މަގެއްގައި ވެސް އެތައް ފިހާރައެއް ނުވަތަ ވިޔަފާރިއެއް ކުރިމަތީގައި ދެމެދަށް ޖާގަ ކުޑަވާ ގޮތަށް ޕެލެޓް ބަހައްޓާ ކަމުގެ ޝަކުވާ ބޮޑެވެ.

އަދި އެގޮތަށް ބަހައްޓާ ޕެލެޓްތައް ފީވެ ހަލާކުވުމުގެ ސަބަބުން ބައެއް ފަހަރު އާންމުންނަށް އެކި ކަހަލަ އަނިޔާތައްވާ ކަމުގެ މައްސަލަތައް ވެސް ފެންމަތިވެ އެވެ.

މާލޭގެ މަގުމަތީގައި ޕެލެޓް ބެހެއްޓުމަކީ ގާނޫނާ ހިލާފް ކަމެކެވެ. ނަަމަވެސް، ޕާކު ކުރުމުގެ ސަބަބުން މަގުމަތިން އާންމުންނަށް ޕޭވްމަންޓަށް ވާސިލުވުމަށް ޖާގަ ނުހުންނާތީވެ، އަދި ގަރާޖާއި ފިހާރަ ފަދަ ތަންތަނަށް މުދާ އަދި ވެހިކަލް ވެއްދުމާއި އާންމުންނަށް ވަނުމަށް ދަތިވާކަމަށް ބުނެ ޕެލެޓް ބެހެއްތުމަކީ އާންމުވެފައިވާ ކަމެކެވެ.

ނަމަވެސް ބައެއް މީހުން އުޅަނދު ޕާކުކުރަން ޖާގަ ރިޒާވް ކުރުމަށް ވެސް ގަވާއިދާ ހިލާފަށް ހުއްދައެއް ނެތި ޕެލެޓް ބަހައްޓައިގެން ޖާގަ ހިފަހައްޓަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox