ފަސް ގޭމްސްއާ އެކު ރާއްޖޭގެ ކުޅިވަރަށް ބުރަ އަހަރެއް

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ދުވަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ދުވަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގެ ކުޅިވަރަށް މި އަހަރަކީ ބުރަ ބޮޑު އަހަރެއް ކަމަށާއި، މި އަހަރުގެ ފަހު ހަ މަސް ދުވަހު ފަސް ބައިނަލްއަގުވާމީ ގޭމްްސް އެއްގައި ރާއްޖޭގެ ޓީމްތައް ވާދަކުރާނެ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވެއްޖެ އެވެ.

ތަމޫ މިހެން ވިދާޅުވީ "އަދަދު" އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމް "ފޯރީ"ގެ ތިން ވަނަ އެޕިސޯޑްގައި ވާހަަކަ ދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ތަމޫ ވަނީ ތަފްސީލް ގޮތެއްގައި އޮލިމްޕިކް ކޮމިޓީން ދިވެހި ކުޅިވަރަށް ފުރުސަތު ހޯދައިދޭން ކެނޑިނޭޅި އެކި ގޮތްގޮތުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލި އަޅުވާލައިފަ އެވެ.

ރާއްޖޭގެ އެތުލީޓުން މި އަހަރު ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ފަސް ގޭމްސް އަކީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް، ކޮމަންވެލްތު ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން ޔޫތު ގޭމްސް އެވެ. ކޮމަންވެލްތް ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ މެދު ކެނޑުމަކަށްފަހުގަ އެވެ.

ރަޝިއާގެ ވްލަޑިވޮސްޓޯކްގައި ޖުލައި މަހުގެ 22 އިން 8 އޮގަސްޓަށް ކުރިއަށް ދާނީ ޗިލްޑްރެން އޮފް އޭޝިއަން ގޭމްސް އެވެ. ކޮމަންވެލްތު ގޭމްސް އޮންނާނީ ޖުލައި 28 އިން އޯގަސްޓް 8 އަށް އިންގްލެންޑްގެ ބާމިންހަމްގަ އެވެ. ތުރުކީގެ ކޮންޔާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އޮތީ އޮގަސްޓް 9 އިން 18 އަށެެވެ. އޭޝިއަން ގޭމްސް އޮތީ ސެޕްޓެމްބަރު 10 އިން 25 އަށް ޗައިނާގެ ހަންޒޫގަ އެވެ. އަދި އޭޝިއަން ޔޫތު ގޭމްސް އޮތީ ޑިސެމްބަރު 20 އިން 28 އަށް ޗައިނާގެ ޝަންޓޯގަ އެވެ.

މި ގޭމްސްތަކުގެ ތައްޔާރީތަކާއި ގުޅޭގޮތުން އެމްއޯސީގެ ސެކެޓްރީ ޖެނެރަލް ތަމޫ ވިދާޅުވީ މި ގޭމްތަކުގެ ތެރެއިން އެންމެ ބޮޑު ހާއްސަކަމެއް ދީގެން ތައްޔާރުވަމުން އަންނަ ދެ ގޭމްސް އަކީ ކޮމަންވެލްތް ގޭމްސް އާއި އޭޝިއަން ގޭމްސް އެވެ.

މިގޮތުން މި ދެ ގޭމްސް އަށް ވެސް މިހާރުވަނީ ޗެފް ޑި މިޝަނަރުން އައްޔަނުކޮށްފަ އެވެ. ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޓާއި ހަވާލްވެ އިސް މީހެއްގެ ގޮތުގައި ދާނީ އެފްއޭއެމްގެ ޖެނެރަލް ސެކްޓްރީ ހުސައިން ޖަވާޒެވެ. އަދި އޭޝިއަން ގޭމްސްގެ ޗެފް ޑި މިޝަން އަކީ ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން، އަދި ވޮލީ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން މުހައްމަދު (ވޮލީ ހުސެން) އެވެ.

ތަމޫ ވިދާޅުވީ މިއަހަރު ބައިވަރު ގޭމްސްތަކެއް ބާއްވާ މައިގަނޑު ސަބަބަކީ 2020 ވަނަ އަހަރު ބާއްވަން އޮތް އޮލިމްޕިކް ގޭމްސް 2021 އަށް ފަސްކުރުން ކަމަށެވެ. އާންމު ގޮތެއްގައި އޮލިމްޕިކްސް އޮންނަ އަހަރު އެހެން ބޮޑެތި ގޭމްސްތައް ނުބާއްވަ އެވެ. މީގެ އިތުރުން ކޮވިޑްގެ ވޭރިއަންޓްތައް އެކި ގައުމުތަކުގައި އިތުރުވެ، މިދިޔަ އަހަރު ބާއްވަން އޮތް ބައެއް ގޭމްސްތައް ވަނީ މި އަހަރަށް ފަސްކޮށްފައި ކަމަށް ވެސް ތަމޫ ފާހަގަކުރެއްވި އެވެ.

މި އަހަރު އޮންނަ ފުރަތަމަ ގޭމްސް ކަމަށްވާ ޗިލްޑްރަން އޮފް އޭޝިއާ ގޭމްސްއަކީ 16 އަހަރުން ދަށުގެ އެތުލީޓުން ވާދަކުރާ ގޭމްސް އެކެވެ.

ތަމޫ ވިދާޅުވީ އިނގިރޭސިވިލާތުގައި ފަށާ ކޮމަންވެލްތް ގޭމްސްއަށް ރާއްޖެ އަށް 17 ޖާގަ ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ކޮލިފައިވެގެން ވެސް ބައެއް ކުޅިވަރުތަކަށް މި ގޭމްސް އިން ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"17 ސްލޮޓް އަޅުގަނޑުމެންނަށް ލިބިފައި އެބައޮތް. އޭގެ އިތުރުން ޑައިރެކްޓް ކޮލިފިކޭޝަންގެ ތެރެއިން ވެސް ފުރުސަތު ލިބޭނެކަމަށް ބެލެވޭ. މިސާލަކަށް ބުނާނަމަ ޓޭބަލް ޓެނިހާއި ބީޗްވޮލީބޯޅަ އޮތީ ވަރަށް ރަނގަޅު ހިސާބެއްގައި ކޮލިފައިވުމުގެ. ދެން އޮތީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް މި ގޭމްސް އަށް ވެސް ފުދޭވަރަކަށް ގިނަ އެތުލީޓުން ދާނެ ކަމަށް ބެލެވެނީ،" ތަމޫ ވިދާޅުވި އެވެ.

ތަމޫ ވިދާޅުވީ އެންމެ ބޮޑު ކޮންޓިންޖެންޓެއް ދާނެ ކަމަށް ލަފާކުރެވެނީ އޭޝިއާ ބައްރުގެ ގޭމްސް، އޭޝިއަން ގޭމްސް އަށް ކަމަށެވެ. އެހެން ކަމުން މި ގޭމްސް އަށް ދުރާލާ ވަރަށް ބޮޑަށް ތައްޔާރު ވަމުން އަންނަ ކަމަށާއި އެކަން ކުރަނީ އެސޯސިއޭޝަންތަކާއި ކުޅިވަރާބެހޭ މިނިސްޓްރީއާ ވެސް ގުޅިގެން ކަމަށެވެ.

މި ގޮތަށް ގިނަ މުބާރާތްތަކެއް ކުރިއަށްދާއިރު އެމްއޯސީގެ ފުލްޓައިމް ފަސް މުވައްޒަފުންގެ އިތުރުން ކުޅިވަރުގެ އެކި ފަރާތްތައް ވެސް އެމްއޯސީއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ތަމޫ ވިދާޅުވި އެވެ.

2023 އަކީ ރާއްޖެއަށް މުހިންމު އަހަރެއް

މި އަހަރު އޮންނަ ގޭމްސްތަކުގެ އިތުރުން އަންނަ އަހަރު ވެސް ރާއްޖެ އަށް މުހިންމު ގޭމްސްތަކެއް އެބަހުރި ކަމަށެވެ. އެއީ 2023 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސްއެވެ. އައިއޯއައިޖީ އޮންނާނީ މަޑަގަސްކަރައިގަ އެވެ. އަދި ސާފް ގޭމްސް އޮންނާނީ ޕާކިސްތާނުގަ އެވެ. މި ދެ ގޭމްސް އަކީ ރާއްޖެއިން ބައިނަލްއަގްވާމީ އެންމެ ގިނަ މެޑަލް ގެންނަ ދެ ގޭމްސް އެވެ.

ގައުމީ ސާފިން ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ތަމޫ (ކ).

އައިއޯއައިޖީ ފުރަތަަމަ ބާއްވަން ނިންމީ ރާއްޖޭގަ އެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ދިމާވި އެކި އެކި ސަބަބުތަކާއި ހުރެ ރާއްޖެ އިން ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ. ދެން ފުރުސަތު ލިބުނު މަޑަގަސްކަރައިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކަކީ 2023ގެ އައިއޯއައިޖީގައި ކުޅޭނެ ކުޅިވަރުތައް ފައިނަލްކުރުމެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރު އެޅިން ސާފިން މީގެ ތެރެއަށް ލާން. ދެން ސީޝެލްސް އާއި މޮރީޝަސްގެ ސަޕޯޓާ އެކު ވަރަށް ޕޮޒިޓިވްކޮށް އެކަން އޮތީ, ތިން ގައުމުގެ އަޑާ އެކު މަޑަގަސްކަރައިން ނިންމީ މެޑަލް ސްޕޯޓެއްގެ ގޮތުގައި މީގެ ތެރެއަށް ލާން. މިއީ ރާއްޖެއަށް ލިބޭނެ ބޮޑު ފުރުސަތެކޭ އަޅުގަނޑު ދަންނަވާނީ،" ތަމޫ ވިދާޅުވި އެވެ.

ތަމޫ ވިދާޅުވީ 2019 ގެ އައިއޯއައިޖީގައި ރާއްޖެ އިން ހޯދި ކާމިޔާބަށް ވުރެ ރަނގަޅު ކާމިޔާބެއް ހޯދާނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އައިއޯއައިޖީއަށް ފަހު ދެން ރާއްޖެއިން އެންމެ ބޮޑަށް ތައްޔާރުވާ އެއް ގޭމްސްއަކީ ސާފް ގޭމްސް އެވެ. މި ގޭމްސް ބާއްވަން ހަމަޖެހިފައި އޮތީ ޕާކިސްތާނުގަ އެވެ. ތަމޫ ވިދާޅުވީ އަންނަ އަހަރު އޮންނަ ގޭމްސްއާ ގުޅޭ ބައްދަލުވުންތައް ކުރިއަށް ނުދާކަމަށާއި، އެހެން ގައުމެއްގައި ގޭމްސް ބާއްވަން ފަހު ވަގުތު ނިންމުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"ޕާކިސްތާނުން ބައްދަލުވުންތަކެއް ބާއްވަން އޮތީ ފެބްރުއަރީ މަހު (މި މަހު). އެކަމަކު، އަދި އެއްވެސް ހަބަރެއް ނެތް އެކޮޅުގައި. ކައުންސިލް ބައްދަލުވުންތަކުގައި މިކަމާ އެބަ މަޝްވަރާކުރެވޭ. އަދި މި ގޭމްސްއާ ގުޅޭ ކަންކަން ކުރިއަށް ނުދޭ،" ތަމޫ ވިދާޅުވި އެވެ.

ތަމޫ ވިދާޅުވީ ގޭމްސް ތަކަށް ތައްޔާރުވުމަށް އެމްއޯސީން ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބުވަނީ ކުޅިވަރު އެސޯސިއޭޝަން ތަކުން ވެސް ހަރުދަނާ މަސައްކަތްތަކެއް ކުރާތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox