ޔޫކްރޭންގެ މައްސަލައިގެ ސަބަބުން ޗެލްސީ ޓީމަށް ވެސް އަސަރުކޮށްފި: ޓުޗެލް

Feb 27, 2022, 5:39 AM
ޓުޗެލް (ލ) އާއި ޗެލްސީގެ ވެރިޔާ އަބްރަމޮވިޗް.

ޓުޗެލް (ލ) އާއި ޗެލްސީގެ ވެރިޔާ އަބްރަމޮވިޗް.

ލަންޑަން (27 ފެބްރުއަރީ) - ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ޗެލްސީ ވެރިޔާ ރަޝިއާގެ ބިލިޔަނަރު ރޯމަން އަބްރަމޮވިޗް އަށް އަމާޒުވަމުންދާ ޕްރެޝަރުގެ އަސަރު ޗެލްސީގެ ޓީމަށް ވެސް ފޯރާފައިވާ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޗެލްސީގެ ވެރިޔާ އަބްރަމޮވިޗް އަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ގާތް ގުޅުމެއް އޮންނަ، އޭނާގެ އަރިސް މީހެކެވެ. ރަޝިއާގެ އަސްކަރިއްޔާ އިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ބަސްބުނަމުންދާއިރު، އިނގިރޭސިވިލާތުން ވެސް ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅައިފަ އެވެ. އަދި އަބްރަމޮވިޗާ ދެކޮޅަށް ވެސް ފިޔަވަޅުތައް އެޅުމަށް، އިނގިރޭސިވިލާތުގެ ސިޔާސީ ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.

ޕްރެޝަރު ބޮޑުވެ، އަބްރަމޮވިޗް ވަނީ އެ ކްލަބް ހިންގުމުގެ ކަންކަން ކްލަބްގެ ފައުންޑޭޝަނާ ހަވާލުކޮށްފި އެވެ.

އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި މިރޭ ލިވަޕޫލާ ދެކޮޅަށް ޗެލްސީ ނުކުންނައިރު، ޓުޗެލް ބުނީ ޔޫކްރޭން - ރަޝިއާގެ މައްސަލައާ ގުޅިގެން ކްލަބުގެ ވެރިޔާ އަށް ކުރިމަތިވެފައިވާ ޕްރެޝަރާ ގުޅިގެން، ޓީމަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ.

"މިއީ މައްސަލައަކަށް ނަަހަދާ، ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން. ފައިނަލަކަށް ނުކުންނައިރު، ޓީމުގެ ތެރޭގައި އޮންނަންޖެހޭ ކަހަލަ މާހައުލެއް ނޫން އޮތީ. ކުޅުންތެރިންނާއި އޮފިޝަލުންގެ ސިކުނޑީގައި، އިތުރު ނުވަތަނަވަސްކަމެއް އެބައުޅޭ،" ޓުޗެލް ބުންޏެވެ.

"މި ފަދަ ކަމެއް ހިނގާފާނެ ކަމަށް، އެއްވެސް މީހަކު ހިޔެއް ނުކުރޭ."

ލީގު ކަޕްގައި ޗެލްސީ މިހާތަނަށް ކުޅުނު މެޗުތަކުގައި، އެ ޓީމުގެ ގޯލު ބެލެހެއްޓީ ސްޕެއިންގެ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ އެވެ. ޓުޗެލް ބުނީ ފައިނަލްގައި ވެސް ކެޕާ އަށް ފުރަތަމަ 11 ގެ ޖާގައެއް ހައްގު ކަމަށެވެ. އެކަމަކު މިރޭގެ މެޗުގައި ކުޅޭނެ ކީޕަރެއް ޓުޗެލް ޔަގީންކަމާ އެކު ނުބުނެ އެވެ.

"ޓީމަށް އެންމެ ރަނގަޅު ގޮތަކަށް އަހަރެން ގޮތް ނިންމަންޖެހޭނީ،" ޓުޗެލް ބުންޏެވެ.

އަނެއްކޮޅުން އަނިޔާއިން ރަނގަޅުވެ، ޗެލްސީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ ފުލްބެކް ރީސް ޖޭމްސް އަށް ވެސް މިރޭ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދޭން ޓުޗެލް އަންނަނީ ވިސްނަމުންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅޭ ލީގު ކަޕް ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox