އީގަލްސް އިން ޔޫތު ޗެމްޕިއަންޝިޕްގެ ކާމިޔާބީ ފާހަގަކޮށްފި

Feb 26, 2022, 5:10 AM
ޔޫތު ޗެމްޕިއަންޝިޕްގެ ކާމިޔާބީ ފާހަގަކުރަން އީގަލްސް އިން ބޭއްވި އިވެންޓްގެ ތެެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ޔޫތު ޗެމްޕިއަންޝިޕްގެ ކާމިޔާބީ ފާހަގަކުރަން އީގަލްސް އިން ބޭއްވި އިވެންޓްގެ ތެެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އެއްވެސް މެޗަކުން ބަލިނުވެ، ބައިކޮޅަށް ލަނޑެއް ވެސް ނުވަދެ، ކްލަބް އީގަލްސް އިން ދާދި ފަހުން ނިމުނު އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރުން އެ ކްލަބުން ފާހަގަކޮށްފި އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އީގަލްސް އިން ވަނީ މިހާތަނަށް ޔޫތު ޗެމްޕިއަންޝިޕްގެ ނުވަ މުބާރާތް ކުޅުނުއިރު، ހަތް މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ. ފަސް ފަހަރު ތަށި އުފުލާލި އީގަލްސް އިން އެންމެ ފުރަތަމަ ކާމިޔާބުކުރީ ހަތަރު ތަށްޓަކީ ވެސް 21 އަހަރުން ދަށަށް މުބާރާތް ބޭއްވިއިރު އެވެ. އެއީ 2014، 2016، 2017 އަދި 2019 ވަނަ އަހަރު އެވެ.

ޔޫތު މުބާރާތް 19 އަހަރުން ދަށަށް ބޭއްވި ހަމައެކަނި ފަހަރު 2018 ވަނަ އަހަރު އީގަލްސް ވަނީ ކްލަބް ގްރީން ސްޓްރީޓްސް އަތުން ފައިނަލުގައި ބަލިވެފަ އެވެ. އެކަމަކު، މި ފަހަރު 19 އަހަރުން ދަށަށް ހާއްސަކޮށްގެން ބޭއްވި ފަހަރު ވެސް އީގަލްސް އިން މި ވަނީ ތަށި އުފުލާލައިފަ އެވެ. އީގަލްސްގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް މި ފަހަރު އޮތީ ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސްގެ ކާމިޔާބީ ފާހަގަކުރަން އިއްޔެ ހަވީރު ޓާފް ދަނޑުގައި ބޭއްވި އިވެންޓްގައި އެ ކްލަބްގެ ސީނިއާ މެނޭޖްމަންޓުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެ ތެރޭގައި އީގަލްސްގެ ޗެއާޕާސަން، ފާތިމަތު ސައުދު (ތާތު) އާއި ކްލަބްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ)ގެ އިތުުރުން އީގަލްސްގެ ކުރީގެ ޗެއާމަންކަން ކުރެއްވި މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިއްޔެގެ އިވެންޓްގައި އީގަލްސްގެ ސީނިއާ ޓީމާއި ޔޫތު ޓީމުގެ އިތުރުން ކްލަބްގެ އެކެޑަމީގެ ކުދިން ވެސް ވަނީ ބައިވެރިވެފަ އެވެ.

އަށްޑިހައިގެ ފަހު ކޮޅު މާފަންނުން ވުޖޫދުވި ކްލަބް އީގަލްސް 2010 އިން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނައިރު، އެ ކްލަބްގެ ކާމިޔާބީގައި އެންމެ ހާއްސަ މުބާރާތަކީ ޔޫތު ޗެމްޕިއަންޝިޕް އެވެ. އެ މުބާރާތުގެ އެންމެ ކާމިޔާބު ކްލަބްގެ ޝަރަފް އޮތް އީގަލްސް އިން ވަނީ އެ މުބާރާތުގެ ތެރެއިން ކުޅުންތެރިން ޑިވެލޮޕްކޮށް، ސީނިއާ ޓީމަށް ކުޅުންތެރިން ޕްރޮމޯޓްކޮށް ވަރުގަދަ ސްކޮޑެއް އެކުލަވާލައިފަ އެވެ. އެ މަސައްކަތުގެ ތެރެއިން އީގަލްސް އަށް ލިބުނު ހާއްސަ ކާމިޔާބީ އަކީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އެވެ.

އަންހެން ފުޓްބޯޅަ އެކެޑަމީއެއްގެ މަސައްކަތް ވެސް ދާދި ފަހުން ފެށި އީގަލްސް އިން ވަނީ މިދިޔަ ޑިސެމްބަރު މަހު ގައުމީ ބިލިއާޑް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox