ފައްޔާޒަށް މިލަންދޫން ކީ ވަރަށް ހޫނު މަރުހަބާއެއް!

އެމްޑީޕީގެ ޗެެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކުރައްވާ ކެމްޕޭން ލޯންޗްކުރަން ށ. މިލަންދުއަށް މިއަދު ވަޑައިގެންނެވުމުން އެމްޑީޕީ މެމްބަރުން އޭނާއަށް މަރުހަބާކިޔަނީ. ޓްވިޓާ ފޮޓޯ: މައިމޫން މުހައްމަދު

އެމްޑީޕީގެ ޗެެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކުރައްވާ ކެމްޕޭން ލޯންޗްކުރަން ށ. މިލަންދުއަށް މިއަދު ވަޑައިގެންނެވުމުން އެމްޑީޕީ މެމްބަރުން އޭނާއަށް މަރުހަބާކިޔަނީ. ޓްވިޓާ ފޮޓޯ: މައިމޫން މުހައްމަދު

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވަޑައިގަތުމަށް ކުރައްވާ ކެމްޕެއިން ލޯންޗްކުރެއްވުމަށްޓަކައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަޑައިގެންނެވުމުން ށ. މިލަންދޫގެ އެމްޑީޕީ މެމްބަރުން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ފައްޔާޒާއި އޭނާގެ ޓީމް މީގެ ކުޑައިރުކޮޅެއް ކުރިން މިލަންދުއަށް ވަޑައިގެންނެވި އިރު މިރަށު ބަނދަރަށް އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މީހުން ނުކުމެ ތިއްބެވެ. އޭނާއަށް މަރުހަބާ ދަންނަވަން އެެއްވި މީހުން ހަދައިލި ސަފު ބަނދަރުން ފެށިގެން އެއްގަމަށް ގާތްގަނޑަކަށް 1700 ފޫޓަށް ދަމާލާފައި އޮތެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް މިލަންދޫ މީހަކު މަރުހަބާ ކިޔަނީ. ފޮޓޯ: މައިމޫން މުހައްމަދު
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް މިލަންދޫ މީހަކު މަރުހަބާ ކިޔަނީ. ފޮޓޯ: މައިމޫން މުހައްމަދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް މިލަންދޫ މީހަކު މަރުހަބާ ކިޔަނީ. ފޮޓޯ: މައިމޫން މުހައްމަދު

Advertisement

މިލަންދޫ ބަނދަރުގައި މިރޭ ބާއްވާ ރަސްމިއްޔާތުގައި ފައްޔާޒްގެ ކެމްޕޭނުގެ އިތުރުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ކެމްޕޭން ލޯންޗްކުރުން ވެސް އޮންނާނެ އެވެ.

ކެމްޕޭން ލޯންޗްކުރާ ޖަލްސާއަށް ފައްޔާޒާއި ރޮޒައިނާގެ އިތުރުން ފިނޭންސް މިިނިސްޓަރު އިބްރާހީމް އަމީރާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 30 މެމްބަރުން މިލަންދުއަށް ވަޑައިގެންނެވި އެވެ. ފައްޔާޒްގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ރަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 45 މެމްބަރުން ވެސް މި ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ކެމްޕެއިން ލޯންޗްކުރުމުގެ ރަސްމިއްޔާތު އިންތިޒާމްކުރެއްވުމުގައި އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox