ދުބާއީ މުބާރާތުން ކަޓައިފި، ޖޮކޮވިޗަށް ރޭންކިން އެއް ވަނަ ގެއްލޭނެ

Feb 25, 2022, 5:17 AM
ދުބާއީ މުބާރާތުން ކަޓައިފި، ޖޮކޮވިޗަށް ރޭންކިން އެއް ވަނަ ގެއްލޭނެ

އަބޫ ދާބީ، ޔޫއޭއީ (ފެބްރުއަރީ 25) - ދުބާއީ ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލުގައި ޗެކް ރިޕަބްލިކްގެ ޔިރީ ވެސެލީ އަތުން ބަލިވެ، ސާބިއާގެ ނޮވަކް ޖޮކޮވިޗަށް ދުނިޔޭގެ ރޭންކިންގެ އެއް ވަނަ ގެއްލޭނެކަން ކަށަވަރުވެއްޖެ އެވެ.

މިދިޔަ މަހު އޮސްޓްރޭލިއަން އޯޕަންގައި ކުޅެން ޖޮކޮވިޗް އޮސްޓްރޭލިއާ އަށް ދިއުމުން ދެ ފަހަރެއްގެ މަތިން ކޯޓުގައި ކުރިއަށްދިޔަ ކޮވިޑް-19ގެ ވެކްސިން މައްސަލައެއްގައި ޖޮކޮވިޗް އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލީ އެ ގައުމުގެ އިމިގްރޭޝަނުންނެވެ. އޭގެ ފަހުން ރަސްމީ މެޗެއްގައި ނުކުޅެ ހުރެފައި ޖޮކޮވިޗް ފުރަތަމަ ކުޅޭ މުބާރާތަކީ ދުބާއީ ޗެމްޕިއަންޝިޕް އެވެ.

އެ މުބާރާތުގައި އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުން ދުނިޔޭގެ 123 ވަނައިގައި އޮތް ވެސެލީ ވަނީ މޮޅަށް ކުޅެ ޖޮކޮވިޗް ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 6-4 7-6 (7-4) އިންނެވެ. މި ނަތީޖާއާ އެކު ހޯމަ ދުވަހު ނެރޭ ޓެނިހުގެ އާ ރޭންކިން ތާވަލުގައި ޖޮކޮވިޗްގެ ބަދަލުގައި އެއް ވަނައިގައި އޮންނާނީ ރަޝިއާގެ ޑަނީލް މެޑްވެޑޭވް އެވެ.

މެޗުން މޮޅުވުމުން ވެސެލީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވެސެލީ ބުނީ ޖޮކޮވިޗް ފަދަ ކުޅުންތެރިއަކު އަތުން މޮޅެއް ހޯދުމަކީ މުޅި ކެރިއަރުގައި ވެސް ހަނދާނުގައި ހުންނާނެ ބޮޑު ކަމެއް ކަމަށެވެ. ޖޮކޮވިޗާ ދެކޮޅަށް ކުޅެން ނުކުތީ މޮޅުވެދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތި ކަމަށާއި ރަނގަޅު ފައިޓެއް ދިނުމުގެ އަޒުމުގައި ނުކުމެ، މެޗުން މޮޅެއް ލިބުމުން ވަރަށް އުފަލުން ހުރި ކަމަށް ވެސެލީ ވަނީ ބުނެފަ އެވެ.

މިދިޔަ 18 އަހަރު ތެރޭ ޓެނިހުގެ ފިރިހެން ރޭންކިންގެ އެއް ވަނައިގައި ޖޮކޮވިޗާއި، ރަފައެލް ނަޑާލް، ރޮޖާ ފެޑެރާ އަދި އެންޑީ މަރޭ ނޫނީ އެހެން ކުޅުންތެރިއަކަށް ޖާގަ ނުލިބެ އެވެ. އެހެންކަމުން މެޑްވެޑޭވް ރޭންކިން އެއް ވަނަ އަށް އެރުމަކީ އޭނާ އަށް ހާސިލްކުރެވޭ ތާރީހީ ކާމިޔާބެކެވެ.

ޖޮކޮވިޗަށް އެއް ވަނަ މި ގެއްލެނީ 361 ހަފްތާގައި މަގާމު ދަމަހައްޓާފަހުންނެވެ. ޖޮކޮވިޗަކީ އެންމެ ދިގު މުއްދަތަކަށް ރޭންކިން އެއް ވަނަ ދެމެހެއްޓުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox