ގުޅިގެން މަސައްކަތް ކުރުމުން ހުރިހާ ކުޅިވަރަަކަށް ފުރުސަތު ލިބޭނެ: ތަމޫ

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫ: ގިނަ ފުރުސަރތު

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫ: ގިނަ ފުރުސަރތު

ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އޭރުން ހުރިހާ ކުޅިވަރަކަށް ވެސް ކުރިއަށް ދިއުމުގެ ބޮޑެތި ފުރުސަތުތައް ތަނަވަސްވާނެ ކަމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވިދާޅުވެއްޖެ އެވެ.

ތަމޫ މިހެން ވިދާޅުވީ "އަދަދު" އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމް "ފޯރީ"ގެ ތިން ވަނަ އެޕިސޯޑްގައި ވާހަަކަ ދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ތަމޫ ވަނީ ތަފްސީލް ގޮތެއްގައި އޮލިމްޕިކް ކޮމިޓީން ދިވެހި ކުޅިވަރަށް ފުރުސަތު ހޯދައިދޭން ކެނޑިނޭޅި އެކި ގޮތްގޮތުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލި އަޅުވާލައިފަ އެވެ.

ތަމޫ ވިދާޅުވީ އޭނާ އަށް ބޯމަތި ކުރެވިފައިވާ ވަޒީފާ އަކީ ރާއްޖޭގެ ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާ ވަރަށް ގާތްކޮށް މަސައްކަތްކޮށް، ރާއްޖޭގައި މި އަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިންނަށް ބޭނުންވޭ މުހިންމު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އެކަމުގެ މަސައްކަތެއްގެ ގޮތުން މިހާރު އަންނަނީ ވީހާވެސް ގިނަ އެތުލިޓުންނަކަށް ރާއްޖޭން ބޭރުގެ ޓްރެއިނިންތައް ހަމަޖަައްސައިދިނުމުގެ މަސައްކަތް ކުރަމުން ކަމަށް ތަމޫ ފާހަގަކުރެއްވި އެވެ.

"ގިނަ އެސޯސިއޭޝަންތަކުން ފާހަގަކުރާ ގޮތުގައި ބޭނުންވަނީ ރާއްޖޭން ބޭރަށް ދަތުރުކޮށް ޓްރެއިނިންތައް ހެދުން. މި ބަލަނީ އެގްޒެކްޓިވް ކޮމިޓީގެ ސަޕޯޓާ އެކު ވީ އެންމެ ރަނގަޅަށް ކުރެވޭތޯ،" ތަމޫ ވިދާޅުވި އެވެ.

ދާދި ފަހުން ވަނީ ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތު ޓީޓީގެ ފާތިމަތު ދީމާ އަލީ، ބެޑްމިންޓަންގެ ނިބާލް އަހުމަދް، އެތުލެޓިކްސްގެ އައިޝަތު ހިމްނާ ހަސަން، ސާފިން އިން އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ޝޫޓިން އިން ޒިޔާން ޒިޔާއު އަށް ލިބިފަ އެވެ.

ތަމޫ ވިދާޅުވީ މިއީ އޮލިމްޕިކްސްގެ ތެރޭގައި ހިމެނޭ ކޮންމެ ގައުމަކަށް ވެސް ލިބޭ ފަސް އޮލިމްޕިކްސް ސްކޮލަޝިޕްގެ ކޯޓާ ކަމަށެވެ. އެ ފުރުސަތު ލިބުމާ އެކު އެސޯސިއޭޝަންތަކަށް އިއުލާނެއް ފޮނުވުމާ އެކު އެސޯސިއޭޝަންތަކުން ވަނީ އެ ކުޅިވަރަކުން މި ސްކޮލަޝިޕް ދޭން ބޭނުންވާ އެތުލީޓަކު ހޮވައި ނަންތައް ފޮނުވައިފަ އެވެ. ޕެރިސް އޮލިމްޕިކްސްގެ ފަސް ސްކޮލަޝިޕް ދޭނެ އެތުލީޓުން ކަނޑައެޅީ އޮލިމްޕިކް ކޮމިޓީން ބަލަންޖެހޭ ހުރިހާ މިންގަނޑެއް ފުރިހަމަ ކުރުމަށް ފަހު ކަމަށް ތަމޫ ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އަދި އެތުލީޓުންތަކެއް ނަގާފައި ފޮނުވާލިޔަކަސް އަޅުގަނޑުމެންނަށް އެ ސްކޮލަޝިޕެއް ނުލިބޭނެ. އަޅުގަނޑުމެން ފަސް ނަން މި ފޮނުވަނީ އޮލިމްޕިކް ސޮލިޑާރިޓީ އަށް. އެއީ އަޅުގަނޑުމެންނަށް ފަންޑިން މި ލިބޭ ފަރާތް. އޮލިމްޕިކް ސޮލިޑާރިޓީން މި ފޮނުވަނީ އެ ފަސް ކުޅިވަރުގެ އިންޓަނޭޝަނަލް ފެޑެރޭޝަނަށް،" ތަމޫ އޮޅުންފިލުވައިދެއްވި އެވެ.

"އެ ހިސާބުން އެ ތަނުން އެ އެތުލީޓުން އިންޑިވިޖުއަލީ ބަލާފައި، އިންޓަނޭޝަނަލް ރިޒަލްޓްތަކަށް ބަލާފައި، ދެން އެ މީހުން ނިންމަނީ އޭނަގެ އެބަ ހުއްޓޭ އެ ކެޕޭސިޓީ އޮލިމްޕިކްސް 2024 އަށް ކޮލިފައިވުމުގެ އެ މީހުން އޯކޭ ދޭ ހިސާބުން އެތުލީޓަށް މި ކޮންފާމް ވަނީ ސްކޮލަޝިޕް ލިބުނުކަން،"

ތަމޫ ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ އެދުމަކީ އެ ފަސް އެތުލީޓުންނަށް ވެސް އޮލިމްޕިކް ސްކޮލަޝިޕް ލިބުން ކަމަށެވެ.

ހުރިހާ ކުޅިވަރަކަށް ވެސް ފުރުސަތު ހޯދައިދިނުމުގެ އަމާޒެއް

ތަމޫ ވިދާޅުވީ އޮލިމްޕިކް ކޮމިޓީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހުރިހާ އެސޯސިއޭޝަންތަކާއި ކުޅިވަރާބެހޭ މިނިސްޓްރީއާ ވެސް ވަރަށް ބޮޑަށް ބަދަހިގުޅުމެއް ބާއްވައިގެން ކަމަށެވެ. އަދި އެ ގޮތުގައި ކުރިއަށްދާއިރު، ނޮން އޮލިމްޕިކް ކުޅިވަރުތަކާއި ޓީމު ކުޅިވަރުތަކަށް ވެސް ކުރިން ނުލިބި ހުރި ފުރުސަތުތަކަށް އަލި އަޅުވާލައި، ކުރިއަށް ދިއުމަށް މަގެއް ދައްކައިދޭން ބޭނުންވާ ކަމަށެވެ.

"އުފަލާ އެކު ދަންނަވާލަން ނޮން އޮލިމްޕިކް ސްޕޯޓްސް މަދުވެގެން ހަތަރު ކުޅިވަރަށް އަޅުގަނޑުމެން ސްކޮލަޝިޕް ދޭނަން. އޮލިމްޕިކް ސޮލިޑާރިޓީން އަންނާނެ ވަކި ކަންތައްތަކަކަށް ހަރަދުކުރެވޭނެ ފައިސާ. އަޅުގަނޑުމެންނަށް މިހާރު އެބައިން އޮލިމްޕިކް ސޮލިޑާރިޓީއާ އެކު ކުރެވޭ މަޝްވަރާތަކުން ނޮން އޮލިމްޕިކް ސްޕޯޓްސް އަށް ދެވޭނެ ހަތަރު ސްކޮލަޝިޕް. މިއީ ޕެރިސް 2024 ގެ ވާހަކައެއް ނޫން. އެހެން ދިމާލަކުން ހަމަޖެހޭ އެއްޗެއް،" ތަމޫ ވިދާޅުވި އެވެ.

ޓީމު ކުޅިވަރުތަކަށް ވެސް އޮލިމްޕިކް ސޮލިޑާރިޓީ ތެރެއިން ހޯދޭނެ ފުރުސަތުތައް ހުރިކަން ފާހަގަކުރައްވައި، ތަމޫ ވިދާޅުވީ ރާއްޖޭގެ ބީޗްވޮލީބޯޅަ ޓީމަށް ވެސް އެހީ ލިބެމުން އަންނަ ކަމަށެވެ. އަދި އޭގެ އިތުރުން އޮލިމްޕިކް ސޮލިޑާރިޓީ ތެރެއިން އަންނަ ޓެކްނިކަލް ކޯސްތަކުގެ ބޭނުން އެސޯސިއޭޝަންތަކުން ވަރަށް ރަނގަޅަށް ހިފަމުން އަންނަ ކަމަށެވެ.

"ލާމަރުކަޒީ އުސޫލުން ކަންކަން ކުރާއިރު، އެކި ސަރަހައްދުތަކުން މީހުން ކޯޗުން ޓްރެއިން ކުރަން މި ފުރުސަތުގެ ބޭނުން ހިފިދާނެ،" ތަމޫ ވިދާޅުވި އެވެ.

ތަމޫ ކޮމަންވެލްތުގެ ޓޯޗާ އެކު ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ދާދި ފަހުން ކޮމަންވެލްތުގެ ޓޯޗު ރާއްޖެ އަށް ގެނައި ދަތުރުގެ އެކި އިވެންޓްތައް ހއ. އާއި ހދ ގައި ކުރިއަށްގެންދިޔައިރު، މުސްތަގުބަލުގައި ގިނަ އިވެންޓްތަކެއް އަތޮޅު ތެރޭގައި ބޭއްވޭނެ ކަމަށް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވަނީ ވިދާޅުވެފަ އެވެ.

މެދުކެނޑުމަކަށް ފަހު ރާއްޖޭން މި އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސްގައިި ބައިވެރިވާނެ އެވެ. ކޮމަންވެލްތުގައި ބައިވެރިވުމަކީ ވެސް ރާއްޖެ އަށް އެކި ފުރުސަތުތަކެއް ހުޅުވޭ ކަމެއްކަން މާޒީގައި ލިބިފައިވާ ސްކޮލަޝިޕް ފަދަ ކަންކަމުން ހެކި ދެ އެވެ. ކުރިއަށް އޮތްތަނުގައި ވެސް އެ ފަދަ ފުރުސަތުތަކުގެ ދޮރު ހުޅުވޭނެ ކަމަށް ތަމޫ ވިދާޅުވި އެވެ.

"ލަންޑަންގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންއާ ވާހަކަ ދައްކައިގެން އެބަ ބަލަން ދިގު މުއްދަތަކަށް ރާއްޖޭގެ އެތުލީޓުން އެ ތަނުގައި ޓްރެއިނިން ހަދަން ހުރެވޭނެ އިންތިޒާމެއް. އެ ތަނަށް ދިއުމުން ލިބޭ ފައިދާ އަކީ އާންމުކޮށް މުބާރާތްތައް މި އޮންނަ މާހައުލުތަކުގެ މޫސުމަށް ހޭނުމާއި ރަނގަޅު ފެސިލިޓީސްތަކުގައި ޓްރެއިނިން ހެދުމުގެ އިތުރުން ފެންވަރުގެ ގޮތުން ރަނގަޅު އެތުލީޓުންތަކަކާ އެކު ވާދަވެރި ރޫހެއްގައި ޓްރެއިނިން ގެންދިއުމުގެ ފުރުސަތު،" ތަމޫ ވިދާޅުވި އެވެ.

ކުޅިވަރު ބޭނުންވާ ދުވެލީގައި ކުރިއަށްދާން އޮތީ އެކަމާ ގުޅޭ އެންމެން އެއް ގަލަކަށް އަރައިގެން "އެކައްޗެއް ކިޔައިގެން" އުޅެގެން ކަމަށް ތަމޫ ވިދާޅުވި އެވެ. މިހާރު އޮލިމްޕިކް ކޮމިޓީގައި އޮތް ހިންގާ ކޮމިޓީ އަކީ ކުޅިވަރަށް ކަންކަން ކޮށްދޭން ގުޅިގެން މަސައްކަތް ކުރަން ތިބި ބައެއްކަން ފާހަގަކޮށް ތަމޫ ވިދާޅުވީ ކަމަކަށް އެދިގެން އަންނަ އެސޯސިއޭޝަނަށް އަބަދުވެސް އޮލިމްޕިކް ކޮމިޓީގެ ދޮރު ހުންނާނީ ހުޅުވިފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަންކަން އެބަހުރި. ނުކޮށްދެވޭނެ ކަންކަން ވެސް ހުންނާނެ. ނުކޮށްދެވޭނެ މި ބުނަނީ ގަސްދުގައި ނުކުރާކަށް ނޫން. އެ ކެޕޭސިޓީ މި ވަގުތު ނެތީމަ ނުކުރެވޭ ކަންކަން. އެކަމަކު، އެ ފަދަ ދަނޑިވަޅެއްގައި ވެސް ވާހަކަ ދައްކައިގެން ކުރިއަށް ދެވޭނެ. އެތުލީޓުން ކުރިއަށްދާން ބޭނުންވާ ހުރިހާ ކަމެއް ހުރިހާ ފަރާތަކުން ވެސް ގުޅިގެން ކުރިއަށް ގެންދަންވީ،" ތަމޫ ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމީޓީން މިހާރު އެންމެ އިސްކޮށް ކުރަމުން އަންނަ މަސައްކަތްތަކަކީ މި އަހަރު ބައިވެރިވާން ނިންމާފައިވާ ގޭމްސްތަކުގައި ވާދަކުރުމުގައި ކުރަން ޖެހޭ ކަންކަން ނިންމުމުގެ ކަންކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox