ހުލާސާކޮށް އިއްޔެ: ރައީސް ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވާތީ މަސްއޫލިއްޔަތުތައް ނައިބު ރައީސް އަށް

ނައިބު ރައީސް ފައިސަލް ނަސީމް (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) -- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވަން ހަމަޖެހިފައިވާތީ ވެރިކަމުގެ ބާރުތައް ނައިބު ރައީސް ފައިސަލް ނަސީމް އާ ހަވާލުކުރައްވާނެ ކަމަށް ހާމަކުރެއްވީ އިއްޔެ އެވެ.

ރައީސް ސޯލިހު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މާދަމާ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އޮޕަރޭޝަން ކުރާ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ހަވާލުވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ކަމަށާއި އެކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެ ކަމަށް ރައީސް ސޯލިހު އިއްޔެ ވިދާޅުވެފައިވެ އެވެ.

ފެބްރުއަރީ 23، އިން ފެށިގެން އެމަނިކުފާނު ހުންނެވީ ތައިރޮއިޑްގެ ފަރުވާއަކަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ ސިންގަޕޫރުގަ އެވެ.

ސިންގަޕޫރުގައި ހޯއްދަވާ ފަރުވާއާ ގުޅޭ މައުލޫމާތު ރައީސް އޮފީހުން މީޑިއާ ހިއްސާއެއް ނުކުރެ އެވެ. އެ އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މީގެކުރިން ވިދާޅުވީ, އެކަން ހާމަކުރެވެން ނެތް ކަމަށެވެ.

ރައީސް ވަނީ މި މަހު ކުރީކޮޅު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ދިހަ ދުވަހުގެ އެ ދަތުރުފުޅަކީ ވެސް ސިއްހީ ފަރުވާއަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސްގެ ޒިންމާތައް ފުރަތަމަ ފަހަރަށް ނައިބަށް

މިއީ ރާއްޖޭގެ ތާރީހުގައި ވެރިކަމުގެ ބާރުތައް ރިޔާސީ ދައުރެއް ހިނގަމުން ދަނިކޮށް މިފަދަ ގޮތަކަށް ނައިބު ރައީސްގެ އަތްޕުޅަށް ބަދަލުވާނެ ފުރަތަމަ ފަހަރެވެ.

ވެރިކަމުގެ ބާރުތައް ބަދަލުވާގޮތާއި ގުޅޭގޮތުން ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ ހ. ގައި އޮތީ "ރައީސުލްޖުމްހޫރިއްޔާ އަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެ ކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ޙަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު" ކަމަށެވެ.

ނައިބު ރައީސް ކަމުގެ ހުވާ ފައިސަލް ކުރެއްވީ ނޮވެމްބަރު 17، 2018 ގަ އެވެ. އެމަނިކުފާނު ރައީސް ސޯލިހުގެ ރަނިންމޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވިލިމާލޭގައި ހިންގި ޓެރަރިޒަމްގެ އޮޕަރޭޝަނެއްގެ ދަށުން އަތުލައިގަތީ ކުށުގެ ހުތުރު ރިކޯޑެއް އޮންނަ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުކަން "އަދަދު" އިން ރިޕޯޓްކުރީ އިއްޔެ އެވެ.
  • ރަޝިޔާއިން ޔޫކްރެއިނުގެ ބޮޑެތި ސިޓީތަކަށް އިއްޔެ ފަތިހުން ފެށިގެން ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު ރާއްޖެއަށް ނާދެވި އެގައުމުގައި މިވަގުތު ތިބި ދިވެހި ދަރިވަރުން އަނބުރާ ރާއްޖެ ގެނެވޭނެ ގޮތްތައް ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނީ އިއްޔެ އެވެ.
  • ބުރާސްފަތި ދުވަހުގެ ފަތިހު ރަޝިއާއިން ޔޫކްރެއިނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޔޫކްރެއިންގެ 50 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގުކުރަން ގްރާންޓް ތޯންޓަން އިންޓަނޭޝަނަލް އާ ހަވާލުނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވަމުން އިއްޔެ ވިދާޅުވީ:

"އެމްއެމްޕީއާރްސީގެ މައްސަލަތައް ތަހުގީގުކުރަން ބޭރުގެ ފޮރެންސިކް އޮޑިޓަރުންނާ ހަވާލުކުރުމަށް އަޅުގަނޑު ވަރަށް އެދުނިން. ދެންވެސް މައްސަލަތައް ރަނގަޅަށް ތަހުގީގު ކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭނަމަ ދައުލަތް ފެއިލް ވާނީ،"

ދުވަހުގެ ފޮޓޯ

ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަނެއް ފެށިކަން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އިއުލާނު ކުރެއްވުމާ އެކު ބުރާސްފަތި ދުވަހުގެ ފަތިހު ދޭން ފެށި ހަމަލާތަކުގައި ހާރްކީވް އަށް ހަމަލާ ދީފައި. މި ހަމަލާތަކާއެކު ޔޫކްރެއިންގެ ވައިގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފައި -- ފޮޓޯ: އޭއެފްޕީ
ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަނެއް ފެށިކަން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އިއުލާނު ކުރެއްވުމާ އެކު ބުރާސްފަތި ދުވަހުގެ ފަތިހު ދޭން ފެށި ހަމަލާތަކުގައި ހާރްކީވް އަށް ހަމަލާ ދީފައި. މި ހަމަލާތަކާއެކު ޔޫކްރެއިންގެ ވައިގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފައި -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގައި އަސްކަރީ އޮޕަރޭޝަނެއް ފެށިކަން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އިއުލާނު ކުރެއްވުމާ އެކު ބުރާސްފަތި ދުވަހުގެ ފަތިހު ދޭން ފެށި ހަމަލާތަކުގައި ހާރްކީވް އަށް ހަމަލާ ދީފައި. މި ހަމަލާތަކާއެކު ޔޫކްރެއިންގެ ވައިގެ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފައި -- ފޮޓޯ: އޭއެފްޕީ

ދިރާސާތަކުން ކިޔާލުމަށް

"ޕްރިވެލެންސް ރޭޓް އޮފް ޑިޕްރެޝަން އިން ހައި ސްކޫލް ސްޓޫޑެންޓްސް"

މިއީ މަތީ ސާނަވީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ މެދުގައި ޑިޕްރެޝަން އޮތް މިންވަރާއި އެކަމަށް މަގުފަހިކުރާ ސަބަބުތައް ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox