ހިމެނޭޒް އެނބުރި އައުމަކީ އާޓެޓާ އަށް ލިބޭ ހިތްހަމަޖެހުމެއް

Feb 24, 2022, 4:28 PM
ހިމެނޭޒް އެނބުރި އައުމަކީ އާޓެޓާ އަށް ލިބޭ ހިތްހަމަޖެހުމެއް

ލަންޑަން (ފެބްރުއަރީ 24) - ބޮލުގެ ނާށިގަނޑަށް ލިބުނު ސީރިއަސް އަނިޔާ އިން ރަނގަޅުވެ، ވުލްވްސްގެ މެކްސިކޯގެ ފޯވަޑް ރައުލް ހިމެނޭޒް އަލުން ކުޅެން ފެށުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ބުނެފި އެވެ.

ހިމެނޭޒްގެ ބޮލުގެ ނާށިގަނޑަށް އަނިޔާވީ 2020 ވަނަ އަަހަރުގެ ނޮވެމްބަރު މަހު، އާސެނަލްއާ ދެކޮޅަށް އެ ކްލަބުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗެއްގަ އެވެ.

މި އަނިޔާގެ ސަބަބުން، ހިމެނޭޒް ވަނީ ކުޅުމާ ދުރުގައި އަށް މަސް ދުވަސް ހޭދަކޮށްފަ އެވެ. ޑޮކްޓަރުން ކުރިން ބުނީ ހިމެނޭޒް އަލުން ކުޅުމަކީ ނާދިރު ކަމެއް ކަމަށެވެ. އެހެން ނަމަވެސް، އަމިއްލަ އަށް ކުރި މަސައްކަތާއި ހިތްވަރުން، ހިމެނޭޒް ވަނީ އަލުން ކުޅެން ފަށައިފަ އެވެ.

ހިމެނޭޒްގެ ކެރިއަރަށް ނުރައްކާވި އަނިޔާ ލިބުނު ސްޓޭޑިއަމް ކަމަށްވާ އެމިރޭޓްސްގައި މިރޭ އޭނާ ކުޅޭނެ އެވެ. އާސެނަލްއާ ދެކޮޅަށް މިރޭ ވުލްވްސް ކުޅޭ މެޗުގައި، އެ ޓީމުގެ ފޯވަޑްލައިން ލީޑު ކުރާނީ ހިމެނޭޒް ،30، އެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން، އާޓޭޓާ ވަނީ ހިމެނޭޒް އަށް އަނިޔާވި ދުވަހުގެ "ބިރުވެރި" ހަނދާންތައް އާކޮށްފަ އެވެ. އަދި، އެ ނުރައްކާތެރި އަނިޔާ އިން ރަނގަޅުވެ، ހިމެނޭޒް އަލުން ދަނޑަށް ނުކުތުމަކީ އޭނާ އަށް ވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް އާޓެޓާ ބުންޏެވެ.

"އެއީ ވަރަށް ބިރުވެރި ވަގުތުކޮޅެއް. ވީގޮތެއް ނޭނގިގެން، ޑޮކްޓަރުންނާއި އެހެން މީހުން ވެސް އުޅުނު މަންޒަރު ފެނި، ހިތުގެ ތެރެއަށް ބިރުވެރިކަން ވަތް،" އެ މެޗުގެ ހަނދާން އާކުރަމުން އާޓޭޓާ ބުންޏެވެ. "ވަރަށް އުފާވޭ އެހާ އަވަހަށް ޖިމެނޭޒް ދަނޑަށް އެނބުރި އައިސް، ގޯލުތައް ޖަހާ މަންޒަރު ފެންނާތީ."

އާޓެޓާ ބުނީ ވުލްވްސް އަކީ މި ސީޒަންގެ ގަދަ ހަތަރަކަށް ވާދަކުރާނެ ޓީމެއް ކަމަށެވެ. އަދި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ފަސޭހަ މެޗަކަށްނުވާނެ ކަމަށެވެ.

އާސެނަލް އިން ވަނީ ވުލްވްސްގެ ދަނޑުގައި މީގެ ދެ ހަފުތާކުރިން ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްފަ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ވުލްވްސް އޮތީ ތާވަލްގެ ހަތް ވަނައިގަ އެވެ. އެ ޓީމުގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ނަގައި، އާސެނަލް އޮތީ ހަ ވަނައިގަ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox