އިންޑިއާގެ ނޫސްވެރިޔާ ރަނާ އައްޔޫބަށް އޮންލައިން ފުރައްސާރަ ކުރާ މައްސަލަ ބޮޑުވެއްޖެ

ރަނާ އައްޔޫބަށް ފުރައްސާރަ ކުރާ މައްސަލައިގައި އދ. ހައްގުތަކާ ބެހޭ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

ރަނާ އައްޔޫބަށް ފުރައްސާރަ ކުރާ މައްސަލައިގައި އދ. ހައްގުތަކާ ބެހޭ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ މުސްލިމް އަންހެން ނޫސްވެރިޔަކަށް އޮންލައިންކޮށް ފުރައްސާރަ ކުރާ މައްސަލައިގައި އދ. ގެ ހައްގުތަކާ ބެހޭ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކޮށް، ތަހުގީގު ކުރަން ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފި އެވެ.

ރަނާ އައްޔޫބަކީ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި އެމަނިކުފާނުގެ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ހިންދީ ފިކުރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ނަން މަޝްހޫރު ނޫސްވެރިއެކެވެ.

އޭނާއާ ދެކޮޅަށް އޮންލައިން ބޮޑު ކެމްޕެއިނެއް ހިންގަމުންދާ އިރު، މަރާލާނެ ކަމަށާއި ރޭޕް ކުރާނެ ކަމަށް ބުނެ ކޮންމެ ދުވަހަކު ވެސް ގިނަ އިންޒާރުތަކެއް ފޮނުވަމުންދެ އެވެ.

ރަނާ އައްޔޫބްގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ތަޖުރިބާކާރުންނަކީ އދ. ގެ ފަރާތުން ހިޔާލު ހުށަހަޅާ ބައެއް ނޫނެވެ. ނަމަވެސް އެ މީހުންގެ ޒިންމާއަކީ ކަންބޮޑުވުންތައް އދ. އަށް ރިޕޯޓު ކުރުމެވެ.

ތަޖުރިބާކާރުން ނެރުނު ބަޔާނެއްގައި ބުނީ ރަނާ އައްޔޫބަށް އަމާޒުކޮށްފައި ވަނީ އިންޑިއާގެ މައިނޯރިޓީ މުސްލިމުންނަށް ދިމާވާ ކަންކަމާ ގުޅޭ ގޮތުން ރިޕޯޓު ކުރާތީ ކަމަށެވެ.

އޭގެ އިތުރުން ކޮވިޑާ ގުޅިގެން ސަރުކާރުން އަމަލު ކުރި ގޮތަށް ފާޑުކިޔުމާއި ދެކުނު ކަރްނާޓަކާ ސްޓޭޓުގެ ސްކޫލްތަކާއި ކޮލެޖުތަކުން ބުރުގާ މަނާކުރި މައްސަލައިގައި ރިޕޯޓު ކުރުމުން ވެސް އޭނާއަށް ދަނީ އަމާޒުވަމުންނެވެ.

އޭނާއަށް އަމާޒު ކުރާ ހަމަލާތަށް ކުށްވެރި ކުރުމާއި ތަހުގީގު ކުރުމުގައި އިންޑިއާ ސަރުކާރުން ފެއިލްވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އޭނާގެ "ރިޕޯޓު ކުރުމާ ހެދި އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން ދަނީ ގާނޫނުގެ ތެރެއިން ވެސް ފުރައްސާރަ ކުރަމުން" ކަމަށް އދ. ގެ ތަޖުރިބާކާރުން ބުންޏެވެ. އެގޮތުން ބޭންކް އެކައުންޓާއި އެހެން މުދާ ހިފަހައްޓާފައިވާކަން ފާހަގަކުރި އެވެ.

އުމުރުން 37 އަހަރުގެ ރަނާ އައްޔޫބް ކެރިއަރު ފެށީ ތަހުގީގީ ނޫސްވެރިއެއްގެ ގޮތުގަ އެވެ. އޭނާ ވަނީ 2002 ވަނަ އަހަރު ގުޖަރާތު ސްޓޭޓުގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގި ބޮޑު ގަތުލުއާއްމު ހުއްޓުވުމުގައި އޭރު ގުޖަރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވި މޯދީ ފެއިލްވި ކަމަށް ބަޔާންކޮށް ފޮތެއް ލިޔެފަ އެވެ.

ހިންދޫން ނުކުމެ ގިނަ އަދަދެއްގެ މުސްލިމުން މެރި އެ ހަމަނުޖެހުމުގައި މޯދީގެ ބައިވެރިވުމެއް ނެތް ކަމަށް ތަހުގީގުން ކަނޑައަޅާފައިވެ އެވެ.

މިހާރު ރަނާ އައްޔޫބު ދަނީ އެމެރިކާގެ ދަ ވޮޝިންޓަން ޕޯސްޓް އަދި އެހެން ބައެއް ނޫސްތަކަށް ކޮމެންޓޭޓަރެއްގެ ގޮތުގައި އެކި މައްސަލަތަކާ ގުޅޭ ގޮތުން ލިޔަމުންނެވެ.

މި ހަފްތާގައި ވޮޝިންޓަން ޕޯސްޓުން ޝާއިއު ކުރި އެއް ސަފްހާގެ ލިޔުމެއްގައި ބުނީ ރަނާ އައްޔޫބަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށާއި އިންޑިއާގައި މިނިވަން ނޫސްވެރިކަމަށް "ހަމަލާދެމުންދާ" ކަމަށެވެ.

ޖެނީވާގައި ހުންނަ އދ. ގެ މިޝަނުން ކުރި ޓްވީޓެއްގައި ބުނީ އދ. ގެ ހައްގުތަކާ ބެހޭ ތަޖުރިބާކާރުންގެ ތުހުމަތުތައް އެއީ ދޮގެއް ކަމަށާއި އޭގެ ސަބަބުން އދ. ގެ އަގު ވެއްޓޭނެ ކަމަށެވެ.

ރަނާ އައްޔޫބުގެ އިތުރުން އެހެން ނޫސްވެރިންނަށް ވެސް މޯދީގެ ސަރުކާރުގައި ފިއްތުންތައް ކުރިމަތިވާތީ މީގެ ކުރިން ޝަކުވާކޮށްފައިވެ އެވެ.

ރިޕޯޓާޒް ވިތައުޓް ބޯޑާޒްއިން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި އިންޑިއާ ރޭންކު ކުރަނީ 142 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox