ޑްރަގު މައްސަލަތަކުގައި ގަސްދުގައި ފުހުލުން ގޯސްހަދާކަމުގެ ތުހުމަތު މަޖިލީހުން ސާފުކުރަނީ

މީގެ ކުރިން ބޭއްވި ފުލުހުންގެ ހަފްލާއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މީގެ ކުރިން ބޭއްވި ފުލުހުންގެ ހަފްލާއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މަސްތުވާތަކެތީގެ މައްސަލަތަކުގައި ރާވައިގެން ގަސްދުގައި ގޯސްހަދާ މީހުން ދައުލަތުގެ އެތެރޭގައި ތިބިކަމަށް ބަންޑާރަ ނައިބު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ކުރެއްވި ތުހުމަތު ސާފުކޮށް ދެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަރިހުން އެދިއްޖެ އެވެ.

ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލައާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާއެކު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ، ގޯސްހަދާ ފަރާތްތައް ފުލުހުންގެ އިދާރާ އާއި ތަހުގީގީ އެހެން އިދާރާތަކުގައި ވެސް އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ރޭވިގެން އިންތިޒާމްވެގެން ކުރާ ކަމެއްގެ ގޮތުގަ އެވެ.

"ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަމަ ރޭވިގެން އިންތިޒާމްވެގެން ވެސް އެބަ ތަހުގީގީ އިދާރާތަކުގެ މެދުގައި ނޫނީ ފުލުހުންގެ ތެރޭގައި ނޫނިއްޔާ ދައުލަތުގެ އެހެން ތަންތަނުގައި ވެސް އެބަ ތިބި ހަމަ ގޯސް ހަދާ މީހުން،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ނިޒާމު ރަނގަޅަށް އެނގިގެން، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ކަމަށާއި އެކަން އެގޮތަށް ކުރަނީ ގަސްދުގައި "ނުނިޔަތެއް ބާއްވައިގެން" ކަމަށެވެ.

"މިހަގީގަތް ވެސް އަޅުގަނޑުމެން އެބަ ޖެހޭ ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބު އެ ދުވަހުގެ ކޮމިޓީގައި ކުރެއްވި ތުހުމަތުތައް ސާފުކޮށް ދެއްވުމަށް ހޯމް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

މަޖިލިސް މެދުވެރިކޮށް ހޯމް މިނިސްޓަރާ ހަސަން ސުވާލުކުރައްވަނީ ބަންޑާރަ ނައިބު ތުހުމަތުކުރެއްވި ފަދަ ފުލުހުން ޕޮލިސް ސާވިސްގައި ތިބިކަން ފާހަގަކުރެވިފައިވޭތޯ ސާފުކުރުމަށެވެ.

އަދި އެފަދަ ބަޔަކު ފާހަގަކުރެވިފައިވާނަމަ އެބަޔަކާ މެދު އަޅާފައިވާ ފިޔަވަޅެއް ސާފުކޮށް ދެއްވުމަށްވެސް ހަސަން އެދިވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން، ގަސްދުގައި ގޯސްހަދާ ފުލުހުން ނެތްނަމަ، އެކަން ބަންޑާރަ ނައިބާއެކު މަޝްވަރާ ކުރެއްވިތޯ، ތާރީހުތަކާ އެކު ސާފުކޮށް ދެއްވުމަށް އިއްޔެ ފޮނުވި ސުވާލުގައި ވަނީ ހިމަނައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox