ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީއެއްގައި އަށް ކިލޯގެ ޑްރަގު ހުރި ލަގެޖާ ހަވާލުވާން އައި އެކަކު ފިލައިފި

Jun 11, 2026, 11:11 AM
ފުލުހުން އަތުލައިގެންފައިވާ ހޭޝް އޮއިއް ދަޅުތަކެއް ނަައްތާލަން ތައްޔާރުވަނީ: މި އަހަރުގެ ތެރޭގައި ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރަނިކޮށް 28 ކިލޯގެ ޑްރަގު އަތުލައިގެންފި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފުލުހުން އަތުލައިގެންފައިވާ ހޭޝް އޮއިއް ދަޅުތަކެއް ނަައްތާލަން ތައްޔާރުވަނީ: މި އަހަރުގެ ތެރޭގައި ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރަނިކޮށް 28 ކިލޯގެ ޑްރަގު އަތުލައިގެންފި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން، ޑްރަގު ހުރި ލަގެޖާ ހަވާލުވާން އައި ސައިކަލެއްގައި އައި ދެ މީހުންގެ ތެރެއިން އެކަކު ފިލައިފި އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖެއަށް ވައިގެ މަގުން އަށް ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރި މައްސަލައެއްގައި ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީއެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ދެ މީހަކާއި ތިން ދިވެހިންނެވެ.

މީގެ ތެރެއިން އިންޑިއާ ދެ މީހުންނަކީ ޑްރަގު ހުރި ކަަމަށް ބުނާ ދާގީނާ ހިފައިގެން އައި އަންހެނަކާއި ފިރިހެނެކެވެ. ދިވެހިންގެ ތެރެއިން އެކަކަކީ މި ދާގީނާ ބަލާ އައި ކަމަށް ބުނާ ސައިކަލު ދުއްވަން ހުރި މީހާ އެވެ. ދެން ތިބި ދެ މީހުންނަކީ ތަކެއްޗާ ހަވާލުވާން އައި ކަމަށް ބުނާ މީހުންނާ ވާހަކަ ދެއްކުމުން މިކަމުގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ދެ މީހުންނެވެ. 

ކަސްޓަމްސްގެ އޮފިސަރުންނަށް މި ޑްރަގުތައް ފެނުނީ، އިންޑިއާ ދެ މީހުން ގެނައި ލަގެޖު އެސްކްރޭކުރިއިރު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ބަލައިފާސްކުރުމުގެ ތެރެއިންނެވެ. އެ ޑްރަގުތައް ފޮރުވާފައި ހުރީ ލަގެޖުގައި "ފޯލްސް ބޮޓަމް" އެއް ހަދައިގެންނެވެ. މިއީ ޑްރަގު އެތެރެކުރާ މީހުން އާންމުކޮށް ބޭނުންކުރާ އުކުޅެކެވެ. 

މި މީހުން ބަންދުކުރަން ކޯޓުން ނެރުނު އަމަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސީނަށް ދިޔަ ފުލުހުން ގާތު މި ދެ މީހުން ވެސް ވަނީ މިއީ "ބާއީ" ކިޔާ މީހަކު ފައިސާ ދޭނެ ކަމަށް ބުނުމުން އެތެރެކުރި ތަކެތި ކަމަށް ބުނެފަ އެވެ. އެ ލަޖެގުން ފެނުނު އަށް ޕެކެޓުގެ ބަރުދަނުގައި 8.49 ކިލޯ ހުއްޓެވެ. 

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން ވެސް ވަނީ ކުށަށް އިންކާރުކޮށްފަ އެވެ. 

މި މައްސަލައިގައި ފިލި މީހާއާ ގުޅޭ މައުލޫމާތު ހޯދަން ފުލުހުންނަށް ގުޅުމުން ހަބަރު ޝާއިއުކުރުމާ ހަމައަށް ޖަވާބެއް ނުލިބޭތީ، އޭނާ ހައްޔަރުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް އަދި ނޭނގެ އެވެ. 

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެކުރަން އުޅެނިކޮށް 28 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފަ އެވެ. އެ އިދާރާއިން ހިސާބުކުރިއިރު މި ތަކެތީގެ މަގުމަތީ އަގު 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox