ޖޮކޮވިޗް ދުބާއީ މުބާރާތުގައި ކުޅެނީ، އެމެރިކާ މުބާރާތްތަކުން ނުފެނުމުގެ ފުރުސަތު އެބައޮތް

Feb 22, 2022, 8:20 AM
ުދުބާއީ ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ޖޮކޮވިޗް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ުދުބާއީ ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ޖޮކޮވިޗް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

އަބޫ ދާބީ، ޔޫއޭއީ (ފެބްުރުއަރީ 22) - ދުބާއީ ޗެމްޕިއަންޝިޕްގައި މި ވަގުތު ކުޅެމުން އަންނަ ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް، އެމެރިކާގައި ކުރިއަށް ހުރި ޓެނިސް މުބާރާތްތަކުން ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ މަހު އޮސްޓްރޭލިއަން އޯޕަންގައި ކުޅެން ޖޮކޮވިޗް އޮސްޓްރޭލިއާ އަށް ދިއުމުން ދެ ފަހަރެއްގެ މަތިން ކޯޓުގައި ކުރިއަށްދިޔަ ކޮވިޑް-19ގެ ވެކްސިން މައްސަލައެއްގައި ޖޮކޮވިޗް އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލި އެ ގައުމުގެ އިމިގްރޭޝަނުންނެވެ.

އޭގެ ފަހުން ރަސްމީ މެޗެއްގައި ނުކުޅެ ހުރެފައި ޖޮކޮވިޗް ފުރަތަމަ ކުޅޭ މުބާރާތަކީ މިހާރު ދުބާއީގައި ކުރިއަށްދާ ޑިއުޓީ ފްރީ ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި ޖޮކޮވިޗްގެ ފުރަތަމަ މެޗުގައި އިއްޔެ ވަނީ އިޓަލީގެ ލޮރެންޒޯ މުސެއްޓީ 6-3، 6-3 އިން ބަލިކޮށްފަ އެވެ. އެއީ މި އަހަރު ޖޮކޮވިޗްގެ ރަސްމީ ފުރަތަމަ މެޗެވެ.

އެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ޖޮކޮވިޗް ބުނީ އަލުން ކޯޓަށް އައި މެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު ތަރުހީބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާ އަށް ހުއްދަ އޮތް ކޮންމެ މުބާރާތެއްގައި ކުޅެން ބޭނުންވާ ކަމަށާއި އެންމެ ޓެނިސް ކުޅުމަކީ އެންމެ ޝައުގުވެރިކަމާ އެކު ކުރާ ކަންތަކަށްވާއިރު، އޭގެއިން ލިބޭ ކޮންމެ ފުރުސަތެއްގައި. ކުރިއަށްދާން ހުރި ކަމަށެވެ.

އެމެރިކާގައި ކުރިއަށް ހުރި މުބާރާތްތަކުގައި ޖޮކޮވިޗް ފެނިދާނެތޯ އެހުމުން އޭނާ ބުނީ މި ވަގުތަށް ފެންނަ މަންޒަރުތަކަށް ބަލާއިރު، އޭނާ ކޮވިޑް-19 ވެކްސިންގެ މައުލޫމާތު ކަށަވަރުނުކޮށްދީ ހުރުމުން އެމެރިކާ އަށް އެތެރެވާން ވިސާ ލިބޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"މި ވަގުތަށް ބަލާއިރު އަހަންނަށް ނެތް އެމެރިކާ އަށް އެތެރެވެވެން. އެކަމަކު، ހިނގާ ވާގޮތެއް ބަލަމާ. ފަހަރެއްގައި އަހަންނަށް ކުޅުމުގެ ފުރުސަތު ލިބިވެސް ދާނެ،" ޖޮކޮވިޗް ބުންޏެވެ.

ދާދި ފަހުން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޖޮކޮވިޗް ވަނީ ކޮވިޑް-19 އަށް ވެކްސިން ނުޖަހައިގެން ޓެނިހުގެ ބޮޑެތި މުބާރާތްތައް (ގްރޭންޑް ސްލޭމް)ތަކުގައި ނުކުޅެވުނު ކަމުގައި ވިޔަސް އެކަމާ މާބޮޑު ފަރުވާލެއް ނެތް ކަމަށް ބުނެފަ އެވެ.

ދުބާއީ ޗެމްޕިއަންޝިޕްގައި ޖޮކޮވިޗް ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ ފުރަތަަމަ ބުރުގައި ރަޝީއާގެ ކެރަން ކަޗެނޭފާއި އޮސްޓްރޭލިއާގެ އަލެކްސް ޑި މެނޯ ކުޅެގެން މޮޅުވާ ކުޅުންތެރިއަކާ އެވެ. ދުބާއީ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ޖޮކޮވިޗާއި އިނގިރޭސި ކުޅުންތެރިޔާ އެންޑީ މަރޭގެ މެޗެއް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox