އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީއާ ނަޝީދު ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފި

ރައީސް ނަޝީދު މިއަދު އޮތް ބައްދަލުކުރެއްވުމުގައި ކޮމިޓީގެ މެމްބަރުންގެ ވާހަކަތައް އަޑުއައްސަވަނީ. އެމަނިކުފާނުގެ ކަންބޮޑުވުންތައް ވެސް ކޮމިޓީއާ ހިއްސާކުރެއްވި -- ފޮޓޯ: އެމްޑީޕީ

ރައީސް ނަޝީދު މިއަދު އޮތް ބައްދަލުކުރެއްވުމުގައި ކޮމިޓީގެ މެމްބަރުންގެ ވާހަކަތައް އަޑުއައްސަވަނީ. އެމަނިކުފާނުގެ ކަންބޮޑުވުންތައް ވެސް ކޮމިޓީއާ ހިއްސާކުރެއްވި -- ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގުގެ ކަންކަން ހިނގައިދާ ގޮތް ގާތުން ބަލައި ފާރަވެރިވުމަށް "މޭ ހައެއް" ނަމުގައި އެ ޕާޓީން އުފައްދާފައިވާ ކޮމިޓީއާ އެމަނިކުފާނު ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު އެމްޑީޕީ އޮފީހުގަ އެވެ. ރައީސް ނަޝީދާއެކު ބޭއްވި މި ބައްދަލުކުރުމުގައި އެ ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ބައިވެރިވެވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން ރައީސްއާ ހިއްސާކުރިން އެ ހަމަލާއަށް ފަންޑުކުރި މީހުން އަދިވެސް ހޯދިފައިނުވުމާއި، ބައެއް މީހުންގެ މައްޗަށް ކުރާ ޝަރީއަތްތައް ކުރިޔަށް ނުދާ ކަމުގެ ކަންބޮޑުވުމާއި މައުލޫމާތު،" އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖު "އަދަދު" އަށް ވިދާޅުވި އެވެ.

Advertisement

ހަމަލާގެ ތަހުގީގާއި އަދި މިހާތަނަށް އެ މައްސަލަ ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ހުރި ކަންބޮޑުންތައް ރައީސް ނަޝީދު ވެސް އެ ކޮމިޓީއާ ހިއްސާ ކުރެއްވި ކަމަށް މި ނޫހަށް މައުލޫމާތު ދެއްވަމުން ސިރާޖު ވިދާޅުވި އެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދަށް 2019 ވަނަ އަހަރުން ފެށިގެން ފާރަލައި ބޮމެއް ގޮއްވާލައިގެން ދެ ފަހަރަށް ދޭން އުޅުނު ހަމަލާ ނާކާމިޔާބުވުމުން ތިން ވަނަ ހަމަލާ އަމާޒުކުރީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެ އެވެ.

ސައިކަލެއްގައި ހަރުކޮށްގެން ބޮން ގޮއްވާލީ ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެ ހަމަލާ އިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށް އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ގުނަވަންތައް ފޫއަޅުވާލައި ވަދެފައި ހުރި ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތައް ކުރި އެވެ. އެންމެ ފުރަތަމަ ޖަރުމަނަށް ވަޑައިގެން ފަރުވާ ހޯއްދެވި އެވެ. އޭގެ ފަހުން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ކުރިން ފަރުވާ ހޯއްދެވި ޖަރުމަނުގެ ބާލިން ބުންޑެސްވެއާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ލަފާގެ މަތިން، އިތުރު ފަރުވާ އަށެވެ.

އެ މައްސަލާގައި ނުވަ މީހަކަށް ދައުވާ އުފުލާފައި ވާއިރު މިހާތަނަށް ހުކުމަކާ ހަމައަށް ވާސިލްވެފައި ވަނީ އެންމެ މީހަކަށް ކުރި ދައުވާތަކުގަ އެވެ. އެއީ އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި އަހްމަދު އަދުހަމް އެވެ. އޭނާ ވަނީ ތަހުގީގުގައި އަދި ކޯޓުގައި ވެސް ކުށަށް އިއުތިރާފްވެފަ އެވެ. އެހެންވެ، ޑިސެމްބަރު 14، 2021 ގައި އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި ޝަރީއަތް ކުރިއަށް ގެންގޮސް އޭނާގެ މައްޗަށް 23 އަހަރުގެ ހުކުމެއް އިއްވި އެވެ.

ދެން އެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައި ވަނީ މުޖާޒް އަހްމަދާއި، އަބްދުﷲ އަލިމަނިކާއި، މުހައްމަދު ތަސްލީމާއި، ތަހުމީން އަހްމަދާއި، އަލީ ހައިޝަމްގެ އިތުރުން ފަހުމީ އަލީ އާއި، މުހައްމަދު ނާޒިމް އަދި އިސްހާގަށެވެ.

އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރަން ނިންމީ އަހުމަދު ފާތިހުގެ މައްޗަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މި ކޮމިޓީއަކީ މިދިޔަ އަހަރުގެ ޖޫން 11، ގައި އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ގަރާރަކުން އުފެއްދި ކޮމިޓީއެކެވެ. އެ ގަރާރު ފާސްކުރީ ޖަލްސާގައި އެވަގުތު ތިއްބެވި 109 މެމްބަރުންގެ ތެރެއިން 100 މެމްބަރުންގެ ވޯޓާއެކު އެވެ.

ރައީސް ނަޝީދަށް ދިން މި ހަމަލާގައި ގޮއްވާލި އައިޑީ އަކީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox