އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިތުރު ވަގުތުގައި ދެ ގޯލް ޖަހައި އީގަލްސް އިން ޓީސީ ބަލިކޮށްފި

ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ހަންނަ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު އީގަލްސްގެ ހަންނަ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާ އެކު ކްލަބް އީގަލްސް އިން ފަހަތުން އަރައި 2-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

މިފަހަރުގެ ލީގަށް ޓީސީން ގެނައި ބިދޭސީ ދެ ކުޅުންތެރިންނަކީ ކުރިން އީގަލްސް އަށް ފަސް ސީޒަނުގައި ކުޅެ އެ ޓީމާ އެކު 2016 ވަނަ އަަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ހޯދި ސްރީ ލަންކާ ގައުމީ ޓީމުގެ ކެޕްޓަން ސުޖަން ޕެރޭރާގެ އިތުރުން ޓީސީ އަށް 2017 އަދި 2018 ގައި ކުޅުނު ޑިފެންޑަރު މިސްރުގެ އަލާ އީސާ އެވެ. މި ދެ ކުޅުންތެރިން ވެސް މި މެޗުގެ ފުރަތަމަ އެގާރައިގައި ވަނީ ހިމަނައިފަ އެވެ. އީގަލްސް އިން ވަނީ ލީގަށް އިޓަލީގެ މިޑްފިލްޑަރެއް ކަމަށްވާ ގިއަންކޯމޯ ފަވޭރޯ ގެނެސްފަ އެވެ. އޭނާ އަކީ އެންމެ ފުރަތަމަ މިދިޔަ ސީޒަނުގެ ތިން ވަނަ ޑިވިޝަނަށް އައި ކުޅުންތެރިއެކެވެ.

ކީޕަރު ސުޖަން (ވ) އީގަލްސްގެ އަހުމަދު ހަސަން (އައްމަޑޭ) ކައިރިން ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިރޭގެ މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ 30 މިނެޓަށް ބަލާއިރު ދެ ޓީމުވެސް ފެނުނީ ދާދި އެއްވަރަކަށެވެ. ދެޓީމަށްވެސް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭގޮތެއްނުވި އެވެ. ފުރަތަމަ ހާފުގެ ފަހު 15 މިނެޓަށް ބަލާއިރު ދެ ޓީމުން ވެސް ރަނގަޅު ބޯޅަތަކެއް ފޮނުވާލި އެވެ.

އީގަލްސް އަށް ފުރަތަމަ ލިބުނު ފުރުސަތަކީ ކޯނަރަކުން ތަނަވަސްކުރި ފުރުސަތެކެވެ. އީގަލްސްގެ އަހުމަދު ނޫމާން (ހެލްމެޓް) ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުކޮށްލަން ފުރުސަތު ލިބުނީ އެ ޓީމުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށެވެ. އޭނާގެ ބޮލުގައި ޖެހިފައި ބޯޅަ ދިޔައީ ބޭރަށެވެ. ފުރަތަމަ ހާފުގައި އީގަލްސްއިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ) އެވެ. ކޮކީ ފޮނުވާލި ބޯޅަ ކުޅުމުގެ ތެރެއަށް އައީ ގޯލްގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓީސީއަށް ލީޑު ނަގައިދިނީ ޓީސީގެ ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) ތަނަވަސްކޮށްދިން ފުރުސަތަކުން އަހުމަދު ސާމިއު އެވެ. މުއްޓި އީގަލްސްގެ ޑިފެންޑަރު ފަހަތަށް ކުޅުނު މޮޅު ބޯޅައެއްގައި ކީޕަރު ތާހާ ކުރިއަށް ނުކުތް ވަގުތު ބަލައި ސާމިއު ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އީގަލްސް ހަންނަ އާއި އަހުމަދު ރިޒުވާން (ރިޒޭ)ގެ ސްޕީޑްގެ ބޭނުންކޮށް އީގަލްސް އިން ހަމަލާތައް އުފައްދަން މުޅި ދެ ވަނަ ހާފަށް ބެލިޔަސް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ދެ ވަނަ ހާފުގެ ފުރަތަމަ 25 މިނެޓަށް ބަލާއިރު އީގަލްސް އިން އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލީ ހަންނަ އެވެ. އަރިމަތިން ލިބުނު ބޯޅަ ހިފައިގެން ވަދެ އޭނާ ނިންމީ ހަނި އޭންގަލުން ގޯލަށް ޖަހާށެވެ. އެކަމަކު، ބޯޅަ އަމާޒުވީ އަރިމަތީ ދާ ގަނޑަށެވެ. އޭގެ މިނެޓެއް ފަހުން ހަންނަ ތިރިތިން ނެގި ބާރު ބޯޅައެއް އޭރިއާތެރޭގައި ހުސްކޮށް އަަރައި ހުރި ރިޒޭ އަށް ލިބުމުގެ ކުރިން ކީޕަރު ސުޖަން ސަލާމަތްކުރި އެވެ.

ރިޒޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އީގަލްސް އިން ނަތީޖާ އަނބުރާލީ އިތުރު ވަގުުތުގައި ދެ ގޯލު ޖަހައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އީގަލްސް އިން ނަތީޖާ ހަމަހަމަކުރީ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގަ އެވެ. ޓީސީގެ ޑިފެންޑަރެއްގެ ގޮތުގައި މިރޭ ބޭނުންކުރި ސާދު ނިޒާރު ދިފާއުކުރަން މަސައްކަތްކުރި ބޯޅަ ހޯދައި ހަންނަ އޭރިއާ ތެރެއަށް ވަދެ ރިޒޭ އަށް ޖައްސާލުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އީގަލްސް މެޗުން މޮޅުވީ އިތުރު ވަގުތުގެ އެންމެ ފަހު މިނިޓްގައި ހަންނަ ޖެހި ގޯލުންނެވެ. އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ އޭރިއާ ތެރެއަށް ނެގި ހުރަހަކުން ހަންނަ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހި، ކީިޕަރު ސުޖަން އަތުގައި ވެސް ޖެހިފަ އެވެ. ޓީސީގެ ޑިފެންޑަރު އަލާ އެ ބޯޅަ ދިފާއުކުރިއިރު ބޯޅަ އޮތީ ރޮނގު ހުރަސްކޮށްފައެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރެވެ. އެ މެޗުގައި ވާދަކުރާނީ ސުޕަ ޔުނައިޓެޑް (ސަސް) އާއި ޓީސީ އެވެ. ހޯމަ ދުވަހުގެ ރޭ ކުޅޭނީ މާޒިޔާ އާއި އީގަލްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox