211 ޕާކިން ސްލޮޓަށް 2429 ފޯމު ހުށަހަޅައިފި

ކާނިވާ ސަރަހައްދުގައި ހަދާފައިވާ ހަތަރު އުޅަނދު ޕާކް ކުރާ ޕާކިން ޒޯން: އިއްޔެޕޯޓަލް ހުޅުވާލެވިފައިވަނިކޮށް ޕާކިން ޒޯނަށް އެޕްލައިކޮށްފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ނިންމާފައިވާކަމަށް ވެސް ސިޓީ ކައުންސިލުން ބުނޭ-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު

ކާނިވާ ސަރަހައްދުގައި ހަދާފައިވާ ހަތަރު އުޅަނދު ޕާކް ކުރާ ޕާކިން ޒޯން: އިއްޔެޕޯޓަލް ހުޅުވާލެވިފައިވަނިކޮށް ޕާކިން ޒޯނަށް އެޕްލައިކޮށްފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ނިންމާފައިވާކަމަށް ވެސް ސިޓީ ކައުންސިލުން ބުނޭ-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު

މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިހުރި ޕާކިން ޖާގަތަކުން ދޫކުރަން ނިންމާފައިވާ 211 ޕާކިން ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 2429 ފޯމް ހުށައަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޕާކިން ސްލޮޓަށް އެދޭ ޕޯޓަލް އިއްޔެ ހުޅުވާލި އެވެ. ނަމަވެސް އެ ލިންކް ބްލޮކްވުމާ ގުޅިގެން، މިއަދު އަލުން ޕޯޓަލް ހުޅުވާލުމަށް ސިޓީ ކައުންސިލުން ނިންމީ އެވެ. އެ ލިންކް ބްލޮކް ކުރީ ސަރުކާރުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވަ އެވެ. ނަމަވެސް އެ ވާހަކަ ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިއަދު މެންދުރު ފަހު ދެއަކުން ހަވީރު ހަޔަކަށް ވަނީ ފޯޓަލް މެދުވެރިކޮށް ފޯމް ހުށައެޅުމުގެ ފުރުސަތު ދީފަ އެވެ. ސިޓީ ކައުންސިލުން ބުނީ ހައެއް ޖެހުމާއެކު ފޯޓަލް ބަންދުކުރިއިރު 2429 މީހަކު ފޯމް ހުށައަޅާފައިވާ ކަމަށެވެ.

އަދި ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ވެހިކަލް ޕާކު ކުރުމަށް ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށެވެ. އެއީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ ދިހަ ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގެ ތެރެއިން ދޫކުރި ޖާގަތަކެކެވެ.

އެ ޖާގަތަކަށް އެދި 969 މީހަކު ކުރިމަތިލި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސް ސިޓީ ކައުންސިލުން އެކަން ކުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި ސްލޮޓް ހޯދުމަށް ކުރިމަތިލައިގެން ސްލޮޓެއް ނުލިބުނު ބައެއް މީހުން ވަނީ އެ މައްސަލަ އޭސީސީއަށް ހުށަހަޅާފަ އެވެ.

އޭސީސީއަށް މައްސަލަ ހުށަހެޅުމުން މާލެ ސިޓީ ކައުންސިލުން ފަހުން ނިންމީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލީ މީހުން ފާހަގަކުރި މައްސަލަތައް އިސްލާހު ކުރުމަށް ފަހު އޭރު ކުރިމަތިލި މީހުންގެ މެދުގައި އަލުން ގުރުއަތު ލައިގެން ސްލޮޓް ލިބޭ މީހުން ކަނޑައެޅުމަށެވެ. ނަމަވެސް އޭސީސީން ވަނީ ޕާކިން ސްލޮޓްތަކަށް އަލުން ހުޅުވާލައިގެން ސްލޮޓް ލިބޭ މީހުން ކަނޑައެޅުމަށް ސިޓީ ކައުންސިލަށް އަންގާފަ އެވެ.

ކައުންސިލުން ފަހުން ވަނީ ޕާކިން ސްލޮޓަށް ކުރިމަތިލާފައިވާ މީހުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުނެގުން ބާތިލް ކޮށްފަ އެވެ.

ޕާކިން ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާ ގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެކެވެ. އެއީ ގަރާޖުގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ސްލޮޓް ތަކެއް ނޫނެވެ. އެ ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓްތައް ހިމެނެ އެވެ.

ކޮންމެ މީހަކަށް ވެސް މާލޭގެ ތަފާތު ތިން ސަރަހައްދަކުން ޖާގައަށް ހުށަހެޅޭ ގޮތަށް ކުއްޔަށް ދޫކުރާ 211 ސްލޮޓްގެ ތެރެއިން 25 ޕަސަންޓް ސްލޮޓް ހާއްސަކޮށްފައިވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ.

ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މިހާރު މަހަކު 1،000ރ. ކައުންސިލަށް ދައްކަންޖެހޭ ނަމަވެސް އެ އަގު 1500ރ. އަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ. އެއީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުންނެވެ. ޕާކު ކުރުރަށް ޓެކްސީއަކުން ނަގަމުންދަނީ މަހަކު 750 ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox