ސިޑްނީގައި މީހަކަށް ހަމަލާދިން ބޮޑު މިޔަރު ހިފަން މަސައްކަތް ފަށައިފި

އޮސްޓްރޭލިއާގައި ބުދަ ދުވަހު މީހަކަށް ހަމަލާ ދިނީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ގްރޭޓް ވައިޓް ޝާކެއް. -- ފޮޓޯ: އޭއެފްޕީ

އޮސްޓްރޭލިއާގައި ބުދަ ދުވަހު މީހަކަށް ހަމަލާ ދިނީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ގްރޭޓް ވައިޓް ޝާކެއް. -- ފޮޓޯ: އޭއެފްޕީ

ބުދަ ދުވަހު އޮސްޓްރޭލިއާގެ ސިޑްނީގައި މީހަކަށް ނުރައްކާތެރި ހަމަލާއެއް ދިން ބޮޑު ހުދު މިޔަރެއް ހިފުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން ފަށައިފި އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ތިން ވަނަ އަހަރަށް ފަހު އޮސްޓްރޭލިއާގެ ސިޑްނީގައި މިޔަރުގެ ހަމަލާއެއްގެ ސަބަބުން އިންސާނަކު މަރުވީ ބުދަ ދުވަހު އެވެ.

ފުލުހުން ބުނީ ލިޓްލް ބޭ ބީޗު ސަރަހައްދަށް އެމެޖެންސީ ހިދުމަތުން ގޮސް ބެލިއިރު، މޫދުން އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ފެނުނު ކަމަށެވެ.

ސިޑްނީގެ ގިނަ ގޮނޑުދޮށްތައް ބުރާސްފަތި ދުވަހު ވެސް ހުރީ ބަންދުކޮށްފަ އެވެ. އަދި އާއްމުން ފެތުމަށް މޫދަށް އެރުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

މަރުވި ފިރިހެން މީހާއަށް ހަމަލާ ދިނީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ގްރޭޓް ވައިޓް ޝާކެކެވެ. މަރުވި މީހާއަކީ ކާކު ކަމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

އޭނާއަށް މިޔަރު ހަމަލާ ދިނީ ގޮނޑުދޮށާ ކައިރި، މާ ފުން ނޫން ހިސާބެއްގައި ފަތަނިކޮށެވެ. މިޔަރު ހަމަލާ ސިޑްނީގައި ދިމާވަނީ ވަރަށް މަދުންނެވެ. އެއީ މޫދުގައި ނެޓު ފަދަ ތަކެތި އަޅާފައި ހުންނާތީ އެވެ.

ބުދަ ދުވަހުގެ ހަމަލާ ދިން މިޔަރު ހިފަން ކަމާ ބެހޭ އިދާރާތަކުން ވަނީ ޖެޓް ސްކީގައި ކަނޑުގެ 25 ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފަ އެވެ. އޭގެ އިތުރުން ހެލިކޮޕްޓަރާއި ޑްރޯން ވެސް ދަނީ ބޭނުން ކުރަމުންނެވެ.

މިޔަރު އިންސާނުންނަށް ހަމަލާ ދިނުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. އެފަދަ ހަމަލާތައް އާއްމުކޮށް ރިޕޯޓުކުރަނީ އޮސްޓްރޭލިއާގެ ހޫނު މޫސުން ކަމުގައިވާ ޑިސެމްބަރުން ފެބްރުއަރީ މަހަށެވެ. އެއީ އެ ދުވަސްވަރު ގިނަ މީހުން މޫދުގައި އުޅޭތީ އެވެ.

އޮސްޓްރޭލިއާގައި ކޮންމެ އަހަރަކު ވެސް 20 މިޔަރު ހަމަލާ ރިޕޯޓުކުރެ އެވެ. އެންމެ ގިނައިން ރިޕޯޓުކުރަނީ ނިއު ސައުތު ވޭލްސް އަދި ހުޅަނގު އޮސްޓްރޭލިއާއިންނެވެ. މި އަހަރުގެ މިހާތަނަށް ހަތަރު ހަމަލާ ރިޕޯޓުކޮށްފައިވެ އެވެ.

ވިހި އެކާވީސް ވަނަ އަހަރު މިޔަރުގެ ހަމަލާގައި ދެ މީހުން މަރުވި އިރު، 2020 ވަނަ އަހަރު ހަތް މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox