ޔޫކްރޭނާއި އިންޑިއާގައި ތިބި ދަރިވަރުން ރައްކާތެރިކުރަން ގޮވާލައި ހުށަހެޅި މައްސަލަ ބަލައިގަންނަން ފާހެއް ނުވި

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ޔުކްރޭނާއި އިންޑިއާގައި ދިވެހި ދަރިވަރުން ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލައި ކުއްލި މައްސަލައެއް އޭނާ މިއަދު ހުށަހެޅުއްވި

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ޔުކްރޭނާއި އިންޑިއާގައި ދިވެހި ދަރިވަރުން ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލައި ކުއްލި މައްސަލައެއް އޭނާ މިއަދު ހުށަހެޅުއްވި

ޔޫކްރެއިނާއި އިންޑިއާގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރަން ސަރުކާރަށް ގޮވާލައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލައެއް، ބަލައިގަންނަން ނުފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ޔޫކްރެއިންއަށް ރަޝިޔާއިން ހަމަލާއެއް ދީފާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށާއި އެ ގައުމުގައި ތިބި ރާއްޖޭގެ 50 ދަރިވަރުން އެހެން ތަނަކަށް ގެންދިއުމަކީ ހަނގުރާމަ ފެށިއްޖެނަމަ ދަތިކަމަކަށް ވާނެ ކަމަށެވެ.

އިންޑިއާގައި ދިވެހި ދަރިވަރުންނަށް އޮތް ނުރައްކަލަކީ ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި ގޮތުގައި ބުރުގާ އަޅައިގެން، ސްކޫލްތަކަށާއި ކޮލެޖްތަކަށާއި ޔުނިވާސިޓީތަކަށް ދަރިވަރުން ދިއުމާ ދެކޮޅަށް އެގައުމުގައި މިހާރު ހިންގަމުން އަންނަ ހަރަކާތްތަކެވެ. ދަރިވަރުންގެ ބުރުގާ ނަގަން މަޖުބޫރުކޮށް އެކި ކަހަލަ ދުއްތުރާ ކުރާކަން ބައިނަލް އަގުވާމީ މީޑިއާގެ ޒަރިއްޔާއިން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"...މި ވަގުތު އަވައްޓެރި އިންޑިއާގައި ވެރިކަންކުރަމުންދާ ހަރުކަށި ހިންދުތުވާ ވިސްނުމުގެ ސަރުކާރާއި އެ ވިސްނުމުގެ ތަފާތު ޖަމާޢަތްތަކުން އެ ޤައުމުގެ ސުކޫލުތަކުގައި ކިޔަވަމުން އަންނަ މުސްލިމު އަންހެން ކުދިންގެ ތެރެއިން ބުރުގާ އަޅައި އިސްލާމީ ހިޖާބުން ނިވާވެގެން ތިބޭ ދަރިވަރުންނަށް ފުރައްސާރަކޮށް ސުކޫލުތަކަށް ވަނަނުދީ ބުރުގާ ނެގުމަށް މަޖުބޫރުކޮށް، އެ މަރުކަޒުތަކުގެ ތެރެއިންނާއި ބޭރުން ދިމާކޮށް އެކި ކަހަލަ ދުއްތުރާއާއި އަނިޔާތައް ކުރިމަތިކުރަމުން ގެންދާކަން ބައިނަލްއަގުވާމީ މީ ޑިއާގެ ޒަރީޔާއިން އާންމުވެ ހާމަވެފައިވެއެވެ،" މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވި އެވެ.

ކުއްލި މައްސަލައިގައި ފޮރިން މިނިސްޓްރީއަށް އޭނާ ގޮވައިލެއްވީ ޔޫކްރެެއިންގައި ތިބި ދަރިވަރުން ރައްކާތެރި ތަނަކަށް ގެންގޮސްދިނުމަށެވެ. އަދި އަވަށްޓެރި އިންޑިއާގައި ބުރުގާއާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތުގެ ނުރައްކާ ދިވެހި ދަރިވަރުންނަށް ނުވާނެކަން ކަށަވަރުކުރަން ވެސް އެ މައްސަލައިގައި ގޮވައިލެއްވި އެވެ.

މޮސްޓާ އެ މައްސަލަ ހުށަހެޅުއްވުމާ އެކު ނިޒާމާ ބެހޭ ނުކުތާއެެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ޔޫކްރެއިންގައި ތިބި ދަރިވަރުުން ރައްކާތެރި ތަނަކަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ކަމަށެވެ.

އެހެންވެ ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ކުއްލި މައްސަަލައެއްގެ ގޮތުގައި ހުށަހެޅޭނީ ކުއްލިއަކަށް ކުރިމަތިވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.

އެހެން ނަމަވެސް މޮސްޓާގެ މައްސަލައަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުރުސަތު ދެއްވި އެވެ. އެ މައްސަަލަ މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓްގައި އެ މައްސަަލަ ބަލައިގަންނަން ވޯޓް ދެއްވީ އެންމެ 4 މެމްބަރުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓް ދެއްވި އިރު ވަކި ގޮތަކަށް ވޯޓްދެއްވަން އެދިވަޑައިނުގަންނަވާ ކަމަށް ވެސް މެމްބަރަކު ވޯޓްދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox