މި މީހުންގެ ވާހަކަތައް އަޑު އަހައިގެން ދެން ވެސް ދުވަން ފަށާބަލަ!

ދުވުމާ ގުޅޭ ގޮތުން އައްފާލް ވާހަކަ ދައްކަވަނީ: ކުރިން ދުވަން ފަސޭހަ ނޫން ނަމަވެސް އައްފާލްގެ ދިރިއުޅުމަކީ ދުވުމަކީ މިހާރު މުހިންމު ބައެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދުވުމާ ގުޅޭ ގޮތުން އައްފާލް ވާހަކަ ދައްކަވަނީ: ކުރިން ދުވަން ފަސޭހަ ނޫން ނަމަވެސް އައްފާލްގެ ދިރިއުޅުމަކީ ދުވުމަކީ މިހާރު މުހިންމު ބައެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"މިހާތަނަށް ދުވަހަކު ނުދުވާނަމަ މިއަދު ދުވަން ފަށާށެވެ. ކުރަން ހިތުލައިގެން ނުކުރެވިފައި ހުރި ނަމަވެސް ހަދަންވީ މިހެންނެވެ. ދުވަން ފަށަން މާ ބޮޑު ފޯމިއުލާ އެއް ބޭނުމެއް ނުވެ އެވެ. ފަށައިގަނެވުމުން ދެން ބަލަން ވާނީ ދުވެވުނަސް، ނުދުވެވުނަސް އެ ކިޓުގައި ޖެހި ޖެހިގެން އެކާވީހަކަށް ދުވަހު ދުވަން ނިކުމެވޭތޯ އެވެ. އެހާ ދުވަސް ވާއިރު އެ ހަރަކާތަށް ހަށިގަނޑު ބޭނުންވާނެ އެވެ. ޖެހިގެން އަންނަ 90 ދުވަހަށް އަނެއްކާ ވެސް ހިތްވަރު އާކޮށްފައި ދުވުން ކުރިއަށް ގެންދާށެވެ. ނިމޭ އިރު ހުންނާނީ ދުވުމާ ނުލައި ދިރިއުޅުން ކުރިއަށް ނުގެންދެވޭ ވަރުގެ އާދައަކަށް އެކަން ބަދަލުވެފަ އެވެ."

ނަފްސާނީ އިލްމުވެރިން މިއަށް ކިޔަނީ "21/90 ހެބިޓް ރޫލް" އެވެ. މި ގަވާއިދުން، ވަކި ކަމެއް ވަކި މުއްދަތަކަށް ކެނޑި ނޭޅި ހިފަހައްޓާލުމުން އެކަން އާދައަކަށް ބަދަލުވެ އެވެ. ދިރިއުޅުމުގެ ބަޔަކަށް ވެދެ އެވެ.

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގެ ރަނިން ކަލަންޑަރު އިއުލާންކުރުމަށް ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގެ ވަށައިގެން ޖަހާފައި ނޫކުލައިގެ ގޮނޑިބަރިތައް ފުރާ އޮތް ދުވުންތެރިން ގިނަ އޯޑިއަންސާއި ސަމާސާކުރައްވަމުން ފަރިތަކަމާއެކު މި "ރޫލް" އެއްގެ ވާހަކަ، އަހުމަދު އައްފާލް ކިޔައިދީ ނިމުނު އިރު އިނދެވުނީ ހައިރާންވެ ޒާތަކަށް ލަދުގަނެފަ އެވެ. އެންމެން ކަސްރަތުގެ ފޯރި ނަގާތީ ހައެއްކަ ފަހަރު މަތިން ޖޯޝުގައި ދުވަން ފެއްޓީމެވެ. ދެތިން ދުވަހު ދުވެފައި އެކަން ވާގޮތް ނުވެ ހުއްޓެނީ އެވެ. ކަންނެތް ވެވެނީ އެވެ. ފަހުން ނިންމީ "އަހަންނަކީ ދުވެވޭ މީހެއް ނޫން" ކަމަށެވެ.

Advertisement

އައްފާލް އަކީ ވެސް މީގެ އަށެއްކަ އަހަރު ކުރިން ދުވެވޭ މީހެއް ނޫނެވެ. ދުވުންތެރިއެއް ނޫނެވެ. ދުވުމުގެ ތެރެއަށް އޭނާ އަށް ވަދެވުނީ 2013 ވަނަ އަހަރު، ކޮއްކޮ, ހުސެން ޒިނާން އާއި މިސްތޮ މާލޭގައި 10 ކިލޯމީޓަރުގެ ދުވުމެއް ބާއްވަން ކުރި ޗެލެންޖެއް ނަގައިގެން މި ބުނާ ގަވާއިދެއްގެ މަތިން ދުވަން ފެށި ހިސާބުންނެވެ. އޭރު އައްޑިހަ ކިލޯ އަށްވުރެ ބަރު އައްފާލަށް ދުވުން ފަސޭހަ އެއް ނޫނެވެ. އެކަމަކު ހިތްވަރު ދޫނުކޮށް ދުވަސްކޮޅަކު ހިފަހައްޓާލިތަނާ ހަށިގަނޑު ރީތިވާން ފަށައިފި އެވެ. ދުވުމުން ހިތްހަމަޖެހުން ލިބެން ފަށައިފި އެވެ.

"ދިހަ ކިލޯމީޓަރަކީ ކިހާވަރެއްކަން ވިސްނާ ނުލެވި ހުރެފަ ބުނީ ޔެސްއޭ. ދެން އެކަމަކު އާނ އެކޭ ބުނެވުނީމަ ދުވަން ފެށީ. ހަމަ އެދުވަހު ޓީއެފްޖީ ޖިމަށް ދިޔަ ގޮތަށް މިއަދާ ޖެހެންދެން ވެސް ރެގިއުލާކޮށް ދުވަން. ފުރަތަމަ ދުވަހު ހިތަށް އެރި ނުވާނެއޭ. ވަރަށް ހިތްވަރުކޮށްގެން އެއް މަސް ރެގިއުލާކޮށް ދާން ފެށީމަ، އޭގެ ފައިދާ ފެންނަން ފެށީމަ، ދެން ހުއްޓާލާ ހިތެއް ނުވި," ދާދި ފަހުން އަމިއްލަ އިސްނެގުމަކަށް ބޮޑު ދުވުމެއް ބޭއްވި އޭޑީކޭގެ އެމްޑީ ހިތްވަރުދެއްވީ ދުވުމަށެވެ. ބުނެދިނީ ކޮންމެ މީހަކަށް ވެސް ދުވެވިދާނެ ކަމެވެ.

ޓީއެފްޖީގެ ރަނިން ކަލަންޑަރު އިއުލާން ކުރުމަށް ބޭއްވި ހަފްލާގައި މެޑަމް ފަޒްނާ ވާހަކަފުޅު ދައްކަވަނީ   އަދަދު ފޮޓޯ/ ޝާބިން އިލްހާމް ރަޝީދު
ޓީއެފްޖީގެ ރަނިން ކަލަންޑަރު އިއުލާން ކުރުމަށް ބޭއްވި ހަފްލާގައި މެޑަމް ފަޒްނާ ވާހަކަފުޅު ދައްކަވަނީ އަދަދު ފޮޓޯ/ ޝާބިން އިލްހާމް ރަޝީދު

ޓީއެފްޖީގެ ރަނިން ކަލަންޑަރު އިއުލާން ކުރުމަށް ބޭއްވި ހަފްލާގައި މެޑަމް ފަޒްނާ ވާހަކަފުޅު ދައްކަވަނީ އަދަދު ފޮޓޯ/ ޝާބިން އިލްހާމް ރަޝީދު

މައިކު ލިބިލެއްވުމުން ފަސްޓް ލޭޑީ، ފަޒުނާ އަހުމަދު ވެސް ފެއްޓެވީ ހަމަ އެވާހަކަފުޅެެވެ.

އެކަމަނާއަކީ ހަނދުމަފުޅު ހުންނަން ފެށީއްސުރެ ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރެއްވި ބޭފުޅެކެވެ. އެންމެ ޒުވާން އުމުރުފުޅުގައި ވެސް މަގުމަތީގައި ދުވެވަޑައިގެންނެވި ހަނދާން އާކުރެއްވި އެވެ. ލޮނުޒިޔާރަތްކޮޅުގައި ކުރިން އޮތް އަޑި ޕާކު ވަށައިގެން ބުރު ހަމަކުރައްވަމުން ހިތްހަމަޖެހުން ހޯއްދެވި ގޮތް ވެސް ވިދާޅުވި އެވެ. ފަހުން ޓީއެފްޖީގެ މެންބަރަކަށް ވެވަޑައިގެން ދުވުން މުޅިން އެހެން ހަރުފަތަކަށް ގެންދަވަން ފުރުސަތު ލިބިވަޑައިގަތް މެޑަމް ވިދާޅުވި އެވެ.

"އަބަދުވެސް ދުވަން. އެކަމަކު ސްޕޯޓެއް ގޮތަށް ދުވަން ފެށުނީ ޓީއެފްޖީއާ ގުޅުނު ފަހުން. އަބަދުވެސް ބޭނުންވި ފަންސާސް އަހަރު ވުމުގެ ކުރިން މެރެތަން އެއް ދުވަން. އެކަމަކު އެކަމެއް ނުވި. ފަންސާސް ދެ އަހަރުގައި މެރެތަން އެއް ދުވެވުނީ މިސްތޮ އާއި ޝައްނަ އާއި ޒިނާންގެ އެހީތެރިކަމާ އެކު،" ފަޒްނާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ދުވުމަކީ ކޮންމެ އުމުރެއްގައި ވެސް ފަށައިގެން އެކަމުން އެތައް ބައިވަރު ހިތްހަމަޖެހުން ހޯދިދާނެ ކަސްރަތެއް ކަމަށެވެ.

އެ ހަފްލާގެ މެހުމާނުންގެ ގޮތުގައި ސްޓޭޖުގައި ވާހަކަ ދެއްކެވި އަށް ބޭފުޅުން ވެސް އަމިއްލަ ދިރިއުޅުމުން މިސާލަކަށްފަހު މިސާލެއް ނަންގަވަމުން ދެއްކެވީ ހަމަ އެއް ވާހަކަ އެކެވެ. ކޮންމެ މީހަކަށް ވެސް ދުވުންތެރިއަކަށް ވެވިދާނެ އެވެ. މެރެތަން ވެސް ފުރިހަމަ ކުރެވިދާނެ އެވެ. މައިގަނޑު ގޯލަކަށް ހަދަންވީ ކަސްރަތު ދިރިއުޅުމުގެ ބަޔަކަށް ހެދުމަށެވެ. އެކަމަށްޓަކައި އައްފާލް އެ ދެއްކެވި ފޯމިއުލާ ވެސް ބޭނުންކުރެވިދާނެ އެވެ.

ދުވަން އިތުރު މޯޓިވޭޝަނެއް!

ދުވަން މޯޓިވޭޓް ނުވެގެން ތި އުޅެނީ ގޯލް އެއް ސެޓު ކުރަން ނޭގިނގެން ކަމަށް ވާނަމަ މިހާރުން ފެށިގެން ދުވަން ނިކުމެ، ރޭހަކަށް ތައްޔާރުވެވިދާނެ އެވެ. ޓީއެފްޖީގެ މި އަހަރުގެ ރަނިން ކަލަންޑަރުގައި އެންމެ އަވަހަށް ރޭހެއް އޮތީ ޖޫން މަހުގަ އެވެ.

ޖޫން 3 ވަނަ ދުވަހު ބާއްވާ "އެމްވީ ރަން" އަކީ މިހާތަނަށް ރާއްޖޭގައި ނުބާއްވާހާ ތަފާތު ދުވުމެވެ. އެއީ ދުވުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލަކުން ނޫނެވެ. އެއީ ދުވެގެން ފައިސާގެ އިނާމު ލިބޭނެތީވެ އެވެ. 10 ކިލޯމީޓަރަށް ހާއްސަ މި ދުވުމުގެ އެއް ވަނަ ހޯދާ އަންހެން، ފިރިހެން ދުވުންތެރިޔަކަށް 21،000ރ، ދެ ވަނަ ހޯދާ އަންހެން، ފިރިހެން ދުވުންތެރިޔަކަށް 10،000ރ، އަދި ތިން ވަނަ ހޯދާ އަންހެން، ފިރިހެން ދުވުންތެރިޔަކަށް 5000ރ. ލިބޭނެ އެވެ. މީގެ އިތުރުން އެ ދުވުން ނިންމާ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވާ ހަ ފަރާތަކަށް ކޮންމެ މީހަކަށް 42،000 ރުފިޔާ ވެސް ދޭނެ އެވެ.

މި ނޫނަސް ޓީއެފްޖީ އިން މިވަނީ ދުވާހިތްވާ މީހުންނަށް ކުރީ ބައިގައި ގޯލް ސެޓު ކުރެވޭ ގޮތަށް މި އަހަރު ތެރޭގައި އެމީހުން ރާވާ ދުވުމުގެ ހަރަކާތްތައް ޑޭޓަ އެއްކޮށް މި ކަލަންޑަރެއްގައި ހިމަނާފަ އެވެ.

އެހެންވީމަ މި ގޯލް އެއް ސެޓުކޮށްގެން ދެން ވެސް ދުވަން ފަށައިގަންނާށެވެ. ފަހުން ކުރަން ހަދައިގެން އަބަދު ވެސް އޮންނާނީ ލަސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox