ޓީއެފްޖީ ރަނިން ކަލަންޑަރު އިއުލާންކޮށްފި: ސަޅި، އުފާވެރި ބަދަލުތަކެއް!

Feb 16, 2022, 4:25 AM
ޓީއެފްޖީގެ ކޯ ފައުންޑަރުން ކަމަށްވާ ހުސެއިން ޒިނާން (ކ) އާއި މުހައްމަދު މިސްތޯހް އިވެންޓް ހުށަހަޅައިދެނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީއެފްޖީގެ ކޯ ފައުންޑަރުން ކަމަށްވާ ހުސެއިން ޒިނާން (ކ) އާއި މުހައްމަދު މިސްތޯހް އިވެންޓް ހުށަހަޅައިދެނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމް އަށް ރޭ ސަތޭކައެއްހާ މީހުން ވަދެ ތިބީ ލެކްޗަރެއް އަޑުއަހާކަށް ނޫނެވެ. އެކަމަކު އެ އެންމެންގެ ހިތް އެކަމަކަށް ދޫވެފައިވާ ދުވުމުގެ މުހިއްމު އިވެންޓަކަށެވެ. ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގެ މި އަހަރުގެ ރަނިން ކަލަންޑަރުގެ ލޯންޗިން އަށެވެ. ދެ ގަޑިއިރަށް ދެމިގެންދިޔަ އިވެންޓް ނިންމާފައި އެންމެން ދިޔައީ ހަމަޖެހިފައިވާ ހިތަކާ އެކު އެވެ. ކޮވިޑުގެ ސަބަބުން ދެ އަހަރު ދުވަހު ހުއްޓިފައި އޮތް ޓީއެފްޖީގެ ދުވުމުގެ ހަރަކާތްތައް ޝައުގުވެރި، އުފާވެރި އާ ބަދަލުތަކަކާ އެކު ފަށާތީވެ އެވެ.

ޓީއެފްޖީގެ މައި އިވެންޓް ކަމަށްވާ ލޯންގް ރަން މި އަހަރު ބާއްވާނީ "ދަ މޯލްޑިވްސް ލޯންގް ރަން" ގެ ނަމުގައި ރީބްރޭންޑްކޮށްގެންނެވެ. ދުވުން އޮންނާނީ ޑިސެމްބަރު 9 ވަނަ ދުވަހު ހުޅުމާލޭގަ އެވެ. މި އިވެންޓުގައި ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، ހާފް މެރެތަން އަދި މެރެތަން އޮންނާނެ އެވެ.

މި އަހަރުގެ ކަލަންޑަރު ޓީއެފްޖީން ފަށަނީ މޭ 13 ވަނަ ދުވަހު ބާއްވާ "ބީއެމްއެލް ވައު ކިޑްސް" އިވެންޓުންނެވެ. ހުޅުމާލޭގައި ބާއްވާ މި އިވެންޓް ހާއްސަކޮށްފައިވަނީ ނަމުން ވެސް އެނގޭ ފަދައިން ކުޑަކުދިންނަށެވެ.

ޓީއެފްޖީ އިވެންޓުގައި މެޑަމް ފަޒްނާ ބައިވެރިވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޓީއެފްޖީ އިވެންޓުގައި މެޑަމް ފަޒްނާ ބައިވެރިވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީއެފްޖީ އިވެންޓުގައި މެޑަމް ފަޒްނާ ބައިވެރިވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ކުޑަ" ކޮށް ފެށި ނަމަވެސް ދެން ޓީއެފްޖީން ބާއްވާނީ ބޮޑު، ވަރަށް ވެސް ބޮޑު އިވެންޓެކެވެ. ޖޫން 3 ވަނަ ދުވަހު ބާއްވާ "އެމްވީ ރަން" އަކީ މިހާތަނަށް ރާއްޖޭގައި ނުބާއްވާހާ ތަފާތު ދުވުމެވެ. އެއީ ދުވުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލަކުން ނޫނެވެ. އެއީ ދުވެގެން ފައިސާގެ އިނާމު ލިބޭނެތީވެ އެވެ. 10 ކިލޯމީޓަރަށް ހާއްސަ މި ދުވުމުގެ އެއް ވަނަ ހޯދާ އަންހެން، ފިރިހެން ދުވުންތެރިޔަކަށް 21،000ރ، ދެ ވަނަ ހޯދާ އަންހެން، ފިރިހެން ދުވުންތެރިޔަކަށް 10،000ރ، އަދި ތިން ވަނަ ހޯދާ އަންހެން، ފިރިހެން ދުވުންތެރިޔަކަށް 5000ރ. ލިބޭނެ އެވެ.

މިއީ ޓީއެފްޖީން ވަނަވަނައަށް ފައިސާގެ އިނާމު ދޭ ފުރަތަމަ ފަހަރެވެ. އެކަމަކު ޓީއެފްޖީގެ ފަލްސަފާއަކީ އެއް ވަނަ އަށް ނިންމާ ދުވުންތެރިޔާ އާއި އެންމެ ފަހުން ނިންމާ ދުވުންތެރިޔާ ވެސް ހަމަހަމަކަމެވެ. އެހެންވެ އެ ވިސްނުމުގައި އަދި، އެންމެ ފަހަށް ނިންމާ ދުވުންތެރިޔާގެ ވެސް އަގުވަޒަންކުރުމަށްޓަކައި ރޭސް ނިންމާ ހުރިހާ ބައިވެރިންގެ ތެރެއިން ނަސީބު ނަމްބަރުން ހޮވޭ ހަ ދުވުންތެރިޔަކަށް، ކޮންމެ ދުވުންތެރިޔަކަށް 42،000ރ. ދޭނެ އެވެ. އެއީ ޖުމްލަ 252،000ރ. އެވެ. މިއީ ރާއްޖޭގެ ދުވުމެއްގައި މިހާތަނަށް ނުކުރާ ކަމެކެވެ.

ކަލަންޑަރުގައި ތިން ވަނަ އަށް އޮތީ ސެޕްޓެމްބަރު 2 ވަނަ ދުވަހު ބާއްވާ "ބޮޑު ފަހެއް" އެވެ. މިއީ ކުރިން ބާއްވާ "ބޮޑު ހާފް" ގެ ކޮންސެޕްޓަށް ބައެއް ބަދަލުތަކާ އެކު ބާއްވާ ދުވުމެވެ. މި ރޭހުގައި އޮންނާނީ އެންމެ ފުރަތަމަ ހާފް މެރެތަނެއް، ދެން 10 ކިލޯމީޓަރު އޭގެ ފަހުން ފަސް ކިލޯމީޓަރު ފުރިހަމަކުރުމެވެ. ވަކިވަކި ރޭސްތަކުގައި ވެސް ބައިވެރިވެވޭނެ އެވެ. އެކަމަކު ތިން އިވެންޓުގައި އެއްކޮށް ބައިވެރިވެ ބޮޑު ފަހެއް ފުރިހަމަކުރުމަށް އޮންނާނީ 100 ޖާގަ އެވެ.

ޓީއެފްޖީ އިވެންޓުގައި ޕީޖީ ޝަމީމް ބައިވެރިވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޓީއެފްޖީ އިވެންޓުގައި ޕީޖީ ޝަމީމް ބައިވެރިވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީއެފްޖީ އިވެންޓުގައި ޕީޖީ ޝަމީމް ބައިވެރިވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީއެފްޖީގެ މައި އިވެންޓް ކަމަށްވާ "ދަ މޯލްޑިވްސް ލޯންގް ރަން" މި އަހަރު މި ބާއްވަނީ ކުރިއާ ހިލާފަށް އަހަރުގެ ފަހުކޮޅު އެވެ. ޓީއެފްޖީގެ ކޯ ފައުންޑަރު ހުސެއިން ޒިނާން ވިދާޅުވީ އެއް ބޭނުމަކީ ޔޫރަޕުގެ ފިނިމޫސޫމާ ދިމާކޮށް އަންނަ ރާއްޖޭގެ ޓޫރިޒަމް ހައި ސީޒަނުގައި އިވެންޓް ބޭއްވުން ކަމަށެވެ. އަނެއް ބޭނުމަކީ ރާއްޖޭގެ ސްކޫލް ކަލަންޑަރަށް އައިސްފައިވާ ބަދަލާ އެއްގޮތަށް ބޭއްވުމެވެ.

"ބޭނުންވަނީ ވަރަށް ފޯރިގަދަ ރޭހެއް ބާއްވަން. އަދި ބޭރުން ވެސް މީހުން ގެނެސް ދުވުމުގެ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުން،" ޒިނާން ވިދާޅުވި އެވެ.

ޓީއެފްޖީ 2022 ރަނިން ކަލަންޑަރު

  • މޭ 13: ބީއެމްއެލް ވައު ކިޑްސް
  • ޖޫން 3: އެމްވީރަން
  • ސެޕްޓެމްބަރު 2: ބޮޑު ފަހެއް
  • ޑިސެމްބަރު 9: ދަ މޯލްޑިވްސް ލޯންގް ރަން

ޓީއެފްޖީން ކުރިން ލާމު އަތޮޅާއި އައްޑޫ ސިޓީގައި ބާއްވަމުން އައި އިވެންޓްތަކެއް މި އަހަރު ނުބާއްވާނެ އެވެ. އެކަމަކު ޓީއެފްޖީން ވަނީ އެ ދެ އަތޮޅުގައި ދުވަން ބޭނުންވާ މީހުންނާއި ދުވުމުގެ އިވެންޓް ބާއްވަން ބޭނުންވާ މީހުންނަށް އެހީ އާއި ސަޕޯޓްދޭނެ ކަމަށް ބުނެފަ އެވެ.

ރޭގެ އިވެންޓުގައި ވަނީ ދުވުމަށް ލޯބިކުރާ މީހުން އެ މީހުންގެ ތަޖުރިބާތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އާއި ރާއްޖޭގެ ކުރީގެ މެރެތަން ރެކޯޑް ހޯލްޑަރު ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އާއި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ހިމެނެ އެވެ.

ޓީއެފްޖީ އިވެންޓުގެ  ތެރެއިން. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޓީއެފްޖީ އިވެންޓުގެ ތެރެއިން. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީއެފްޖީ އިވެންޓުގެ ތެރެއިން. --ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެ އެންމެންގެ ވާހަކަތައް ވެގެންދިޔައީ ކޮވިޑަށް އަލުން ފަށައިގަތުމަށް އެންމެންނަށް ވެސް ހިތްވަރަކަށެވެ. އެ ހިތްވަރުގައި ނުކުމެ ވާދަކޮށްލެއްވޭނެ އިވެންޓްތަކެއް ޓީއެފްޖީން ރޭ އިއުލާންކުރުމަކީ ދުވުމަށް ލޯބިކުރާ މީހުންނަށް ލިބުނު އުފަލެކެވެ. އަދި ކަލަންޑަރެއްގެ ސިފައިގައި، ހުރިހާ އިވެންޓެއް ބާއްވާނެ ދުވަސްތައް ކުރިއާލާ އެނގުމަކީ ދުވާ މީހުންނަށް ތަމްރީންތައް ޝެޑިއުލްކޮށްލަން ލިބުނު ފަސޭހައެކެވެ.

ޓީއެފްޖީއަކީ ރާއްޖޭގެ ރަނިން އިވެންޓްތަކަށް ފެޝަން ގެނުވި ބަޔެކެވެ. ރާއްޖެއަށް ޓައިމިން ޓެކްނޮލޮޖީ ގެނައި ޓީއެފްޖީން 2013 ވަނަ އަހަރު ބޭއްވި އެންމެ ފުރަތަމަ ލޯންގް ރަންގަ އެވެ. ހަމަ އެހެންމެ ދުވުން ފުރިހަމަކުރާ ކޮންމެ މީހަކަށް މެޑަލްދީ، އެންމެ މަޑުން ދުވާ މީހާ އަށް ވެސް ރޭހެއް ފުރިހަމަކުރެވުމުގެ އިހުސާސްކޮށްދިނީ ވެސް ހަމަ ޓީއެފްޖީންނެވެ. މާލޭގެ ކާރޫބާރޫބޮޑު މަގުތައް ދޫކޮށް ހުޅުމާލޭގެ ހިތްފަސޭހަ މަގުތަކަށް ރޭސް ގެންގޮސް އެ ސަގާފަތް ފެށީ ވެސް ޓީއެފްޖީންނެވެ.

"މި އިވެންޓްތަކާ އެކު އަނެއްކާ ވެސް ޓީއެފްޖީން ދުވުމުގެ އިތުރު ރީތި ވާހަކަތަކެއް ލިޔަން ފަށާނެ،" ޒިނާން ވިދާޅުވި އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ސަރުކާރަށް 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 30.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 536 މިލިއަން ރުފިޔާގެ އިތުރުވުމެއް. ނަމަވެސް ޓޫރިޒަމް ދާއިރާއަށް އައި މަޑުޖެހުމާ ގުޅިގެން ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ފަދަ މުހިންމު ދާއިރާތަކުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ ދަށްވެފަ.

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހިއްޖެ

ވިލިމާލެ ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހުނު ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް ކުދި އަނިޔާތަކެއް ލިބުނު. ނަމަވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭ.

އަލައްބާރު މާދަމާ މިނިސްޓަރުންނާއި މެންބަރުންނާ ބައްދަލުކުރަނީ

ރަސްމާލޭގައި ބޮޑު ސިޓީއެއް ތަރައްގީކުރާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ރާއްޖެ ވަޑައިގެން، މި ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު ދިނުމަށް މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާ ފޭދޫފިނޮޅުގައި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއާ މެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ސަރުކާރުން ގަބޫލުކުރަނީ މިއީ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މަޝްރޫއެއް ކަމަށެވެ.

ރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވަނީ

ރައީސް ޕާކިސްތާނަށް ވަޑައިގަންނަވާއިރު، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ 16 މެންބަރަކު ވަނީ މިދިޔަ މަހު ޕާކިސްތާނަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ.

ތައިލެންޑުން ހައްޔަރުކުރީ ރާއްޖޭގެ ޑްރަގް ބޮޑެއް

ތައިލެންޑުން 12 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ ދިވެހިންގެ ތެރޭގައި، މީގެކުރިން ރާއްޖެއަށް 72 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ހިމެނޭ މުހައްމަދު ވިސާމް ހިމެނޭ. ވިސާމްގެ މައްޗަށް ކުރިން ކުރި ދައުވާތައް ސާބިތުނުވެ އޭނާ މިނިވަންވި، މިފަހަރު އޭނާ ހައްޔަރުކުރީ ބެންކޮކުން ކެނަބިސް އާއި މެތާއެކު.

ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީ ދެ މުސާރަ ނެގި މައްސަލައެއް!

ރަކީދޫ ކައުންސިލުގެ ވަގުތީ އެސްޖީ، އޭނާގެ އަސްލު މުސާރައިގެ އިތުރުން "މިސްކިތު ވޭޖު" ގެ ނަމުގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގާފަ. މީގެ އިތުރުން ކައުންސިލުން އެހެން ފަރާތްތަކަށް ދޭންޖެހޭ ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ވެސް ޖަމާކުރި. އޮޑިޓު އޮފީހުން ވަނީ އޭނާގެ މައްސަލަ އޭސީސީއަށް ހުށަހަޅާށާއި ފައިސާ އަނބުރާ ހޯދަން އަންގާފަ.

12 ކިލޯގެ ޑްރަގާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި

12 ކިލޯގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުގެ ބެންކޮކުން ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައި. މި މީހުން ހައްޔަރުކުރީ ކާގޯ ކުރަން އުޅުނު ފޮށިގަނޑުތަކެއްގެ ތެރޭގައި ފްލާސްކާއި ކުޑަކުދިންގެ އަންނައުނުތަކެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox