ޔާމީންގެ ޝަރީއަތް: މައްސަލަ ބެއްލެވުމާ ހަވާލުވިގޮތާމެދު ޖަމީލު ދެއްކެވި ވާހަކައަކުން އިސްގާޒީ ނުރުހިއްޖެ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް --

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް --

ވ. އާރަށް މައްސަލައިގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ގާޒީއަށް ނިސްބަތްކޮށް ބޭނުންކުރި ލަފުޒެއްގެ މާނަ އޮޅި, މައްސަލަ ބައްލަވާ އެ ކޯޓުގެ އިސް ގާޒީ، އަހްމަދު ޝަކީލް ނުރުހުންވެއްޖެ އެވެ.

ޓޫރިޒަމްގެ ބޭނުމަށް ވ. އާރަށް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ދެ ދައުވާއެއް އުފުލާފައި ވެއެވެ. އިބްތިދާއީ މަރުހަލާގައި އޮތް މި މައްސަލަ މިހާރު އޮތީ ހެކި ހުށަހެޅުމުގެ މަރުހަލާއަށް ވާސިލްވެފަ އެވެ.

އެހެންވެ، މިއަދުގެ އަޑުއެހުމުގައި ޖަމީލް އެދުނީ ޝަރީއަތް ލައިވްކުރެވޭނެ އިންތިޒާމް ހަމަޖެހެންދެން އެ މައްސަލަ މަޑުޖައްސާލުމަށެވެ. އަދި "އިއްތިފާގުން" އެ މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސް ގާޒީ ކަމަށް ވާތީ އެކަމުގައި އަވަހަށް ގޮތެއް ކަނޑައަޅާ ދިނުމަށް އޭނާ އެދުނެވެ.

"އިއްތިފާގުން މި މައްސަލަ ހަވާލުވެފައި މިއޮތީ (ކްރިމިނަލް ކޯޓު) އިސް ގާޒީއާ، " ޖަމީލް ވިދާޅުވި އެވެ.

އެ މިންވަރަށް ޖަމީލް ވިދާޅުވުމާ އެކު، އެ ވާހަކައަކައަށް ގާޒީ އިއުތިރާޒްކުރަމުން ވިދާޅުވީ އޭނާ އެ ކޯޓުގެ އިސް ގާޒީ ކަމަށް ހޮވެވަޑައިގަތީ "އިއްތިފާގުން" ނޫން ކަމަށެވެ.

"އިއްތިފާގުން ނޫން އަޅުގަނޑު ހޮވުނީ. އެ މަގާމަށް ޖޭއެސްސީއިން ހުޅުވާލީމަ އަޅުގަނޑު އެކަނި ކުރިމަތިލީ،" ޖަމީލް "އިއްތިފާގުން" އެ ބަސް ބޭނުންކުރި މަފްހޫމްއާ އިއުތިރާޒް ކުރަމުން ގާޒީ ޝަކީލް ވިދާޅުވި އެވެ.

ނަމަވެސް ޖަމީލް ވަނީ އޭނާ އެ ބަސް ބޭނުންކުރީ އެ މަފްހޫމްގައި ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭނާ ކިޔައިދެއްވި ގޮތުގައި އެ ބަސް ބޭނުންކުރީ އިސް ގާޒީއާ އެ މައްސަލަ "އިއްތިފާގުން" ހަވާލުވި ކަމަށް ވިދާޅުމުގެ މާނާގަ އެވެ.

"އަޅުގަނޑު އެއްވެސް ވަރަކަށް ސުވާލުނުއުފައްދަން އެކަމަކާ (އިސް ގާޒީ ކަމަށް އައްޔަން ކުރެވުނު ގޮަތަކާ)، އަޅުގަނޑު އެ މާނަގައެއް ނޫން އެހެން ދެންނެވީ އެއް," ޖަމީލް ވިދާޅުވި އެވެ.

ލައިވް ކުރެވެންދެން އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް ޖަމީލް އެދުނު ސަބަބުތައް

  • ދައުލަތުގެ ތެރޭގައި ހިގާފައިވާ ހިޔާނާތަކަށް ވުމުން
  • ސަރުކާރާ، މަޖިލީހުގެ ނުފޫޒުން ފޯރާކަމަށް ތުހުމަތުކޮށް ދެފުއްފެންނަ ގޮތަށް ގެންދިއުމަށް
  • ނޫސްވެރިން އެކި ގޮތްގޮތަށް އެ މައްސަލައިގެ ޝަރީއަތް ރިޕޯޓްކުރާ ކަމަށް ބުނެ
  • ސިޔާސީ ޕާޓީއެއްގެ އިސް ލީޑަރަށް ވުމުން
  • އާންމު މަސްލަހަތު އެކުލެވޭ މައްސަލައެއް ކަމަށް ދެކޭތީ

އެ މައްސަލަ ލައިވް ކުރެވޭނެ އިންސާނީ ވަސީލަތްތައް ނެތް ކަމަށް މީގެ ކުރިން ކޯޓުން ބުނެފައިވާއިރު، ޖަމީލް ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމުުގެ ޝައުގުވެރިކަން ފާޅުކޮށް ބައެއް މީޑިއާތަކުން އެކަމުގެ ހުއްދައަށް ޖުޑީޝިއަރީގައި އެދިފައިވާކަން ވެސް ފާހަގަކުރައްވާފަ އެވެ.

އެކަމާ ގުޅިގެން ގާޒީ ޝަކީލް ވިދާޅުވީ، އެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ކޯޓަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަންނަ އަޑުއެހުމެއްގެ ކުރިން ލައިވް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސައިދިނުމަށް ޖަމީލް އެދިވަޑައިގަތުމުން، އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ދައުވާ ލިބޭ ދެވަނަ ފަރާތުން ދައުވާއަށް އިންކާރު

ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އާރަށު މައްސަލާގައި އުފުލާފައި ވަނީ ޔާމީނަށް ރިޝްވަތު ދިންކަމުގެ ދައުވާ އެވެ. އެ ދައުވާއަށް މިއަދުގެ އަޑުއެހުމުގައި އޭނާ އިންކާރުކޮށް ޖަވާބުދާރީވި އެވެ.

އެގޮތުން އެ މުއާމަލާތާ ރިޝްވަތާ ނުގުޅުވޭނެކަމާ، ދައުލަތުން ތުހުމަތުކުރާފަދަ މުއާމަލާތެއް ހިނގާފައި ނުވާކަން ޝަރީއަތުގައި ސާބިތުކޮށްދޭނެ ކަމަށް އޭނާގެ ވަކީލުން ބުންޏެވެ. އަދި އޭނާއަށް ދެކޮޅަށް ދައުވާ ސާބިތުކުރަން ގާނޫނީ އިޖްރާއަތްތަކާ ހިލާފަށް ހެކި ހުށަހަޅާފައިވާކަންވެސް ފާހަގަކުރި އެވެ.

އެ މައްސަލާގައި ގިނަ ހެކިތަކެއް ހުށަހަޅާފައި ވާތީ އޭނާގެ ވަކީލުން އެދުނީ ތަހުގީގީ މަރުހަލާއިން ފެށިގެން ދައުވާ ކުރުމާ ހަމައަށް ދައުލަތަށް ލިބޭ މުއްދަތު ދިފާއުއަށްވެސް އެ މައްސަލަ ދިރާސާކޮށް ހެކި ހުށަހަޅަން ދިނުމަށެވެ. އެގޮތުން 30 ދުވަހުގެ ފުރުސަތަކަށް އެދުނު ނަމަވެސް، މިހާރު އެ މައްސަލާގައި ތައްޔާރުކޮށްފައިވާ ޝެޑިއުލްއާ އެއްގޮތަށް 20 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ. އެކަމަކު މުއްދަތަށްވެސް ތައްޔާރު ނުވެވިއްޖެ ނަމަ އިތުރު މުއްދަތެއް ދެއްވާނެ ކަމަށްވެސް ގާޒި ވިދާޅުވި އެވެ.

އިތުރަށް ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox