ތައިލެންޑުން ޑްރަގާއެކު ހައްޔަރުކުރީ މީގެކުރިން ރާއްޖެއިން 72 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ބޮޑެއް

ޑްރަގާއެކު ބެންކޮކުން ހައްޔަރުކުރި މުހައްމަދު ވިސާމް -- ފޮޓޯ: ފުލުހުން

ޑްރަގާއެކު ބެންކޮކުން ހައްޔަރުކުރި މުހައްމަދު ވިސާމް -- ފޮޓޯ: ފުލުހުން

ތައިލެންޑުގެ ބެންކޮކުން ފޮށިގަނޑުތަކަށް އަޅައި ފޮރުވާފައި ހުރި 12 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި އެކަކީ މީގެކުރިން ރާއްޖެއިން 72 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ބޮޑެއް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. 

އަދަދު އަށް އެނގިފައިވާ ގޮތުގައި ތައިލެންޑުން ހައްޔަރުކުރީ ރާއްޖެއަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ އަލީ ރަޝީދާއި ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިސާމް، 34 އެވެ. އޭގެ ތެރެއިން  ވިސާމަކީ ޑިސެމްބަރު، 2020، ގައި 72 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ޑްރަގް ބޮޑެކެވެ. 

72 ކިލޯގެ ޑްރަގް މައްސަލައިގައި އެ ޑްރަގް އެތެރެކޮށްފައި ވަނީ "މަސްޖަރީ" ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށް ފުލުހުން އޭރު ބުންޏެވެ. އެ ދޯންޏަކީ ވިސާމްގެ އާއިލާއެއް މީހެއްގެ ދޯންޏެއްކަން އެނގިފައިވާއިރު، ފުލުހުން އޭރު ބުނީ އެ ޑްރަގް ރާއްޖެއަށް އެތެރެކުރުމުގައި ވިސާމްގެ އިތުރުން ދެން އެންމެ އިސްކޮށް އުޅުނީ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު ކަމަށެވެ.

އެ މަސްތުވާތަކެތި އަތުލައިގަތީ، އެ އެއްޗެހި މާލެއަށް ބާލައި ކާރަށް އަރުވައިގެން ދުއްވަމުން ދަނިކޮށް ފަރީދީ މަގުންނެވެ. މަސްތުވާތަކެތި ހުރީ ސޫޓްކޭހާއި ގޯނިތަކަށް އަޅާފަ އެވެ. 

12 ކިލޯގެ މަސްތުވާތަކެއްޗާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި

12 ކިލޯގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުގެ ބެންކޮކުން ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައި. މި މީހުން ހައްޔަރުކުރީ ކާގޯ ކުރަން އުޅުނު ފޮށިގަނޑުތަކެއްގެ ތެރޭގައި ފްލާސްކާއި ކުޑަކުދިންގެ އަންނައުނުތަކެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނުމާ ގުޅިގެން.

72 ކިލޯގެ ޑްރަގް މައްސަލައިގައި ވިސާމާއި އިރުފާން ތަގިއްޔު ހިމެނޭ ގޮތަށް 10 މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލި އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވިސާމް ހިމެނޭ ގޮތަށް ބައެއް މީހުންގެ ދައުވާތައް ބޭރުކުރި އެވެ. އެއަށްފަހު އިރުފާން ތަގިއްޔު ހިމެނޭހެން ތިން މީހެއްގެ ޝަރީއަތް ކުރިއަށް ގެންދިޔަ ނަމަވެސް ސާބިތެއް ނުވެ އެވެ. 

ތައިލެންޑުން ވިސާމް އާއި އަލީ ރަޝީދު ހައްޔަރުކޮށް އެމީހުން އަތުގައި ހުރި ފޮށިގަނޑުތައް ބަލައި ފާސްކުރި އިރު، ފްލާސްކްތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި 2.37 ކިލޯގެ ކްރިސްޓަލް މެތު ފެނިފައިވެ އެވެ. އޭގެ ތެރެއިން ކޮންމެ ފުޅިއެއްގެ ތެރޭގައި 200 އާއި 300 ގްރާމާ ދެމެދުގެ މިންވަރަކަށް މަސްތުވާތަކެތި ހުރި ކަމަށްވެ އެވެ.

އޭގެ އިތުރުން ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި އޮޅާލާފައި ހުރި 10 ކިލޯގެ ކެނަބިސް ވެސް ފުލުހުންނަށް އެ ފޮށިތަކުން ފެނުނެވެ.

ޕީޖީން ރަޖިސްޓްރޭޝަން ފީ ނުދެއްކި ކަމަށް ބުނެ ބޮޑު ޑްރަގު މައްސަލައެއް ބޭރުކޮށްލައިފި

ހައިކޯޓުގެ ރަޖިސްޓްރާގެ މި ނިންމުމާ ގުޅިގެން ޕީޖީން ރަޖިސްޓްރޭޝަން ފީ ނުދެއްކިވާ ސަބަބު ސާފުކޮށްދެއްވަމުން ޕީޖީގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވި، އެ ފަދަ ލިޔެކިޔުންތައް ފޮނުވަން ކަނޑައެޅިފައިވާ އީމެއިލްއަށް އެ މައްސަލައިގައި ހައިކޯޓުގެ ލިޔުމެއް ލިބިފައި ނުވާ ކަމަށް.

އެ ދެ މީހުންގެ މައްޗަށް ތައިލެންޑު ފުލުހުން ކުރަނީ ހުއްދަ ނެތި ވިއްކުމުގެ ނިޔަތުގައި ޖަދުވަލު 1 ގެ މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތެވެ. ނަމަވެސް އެ ދެ މީހުން ވެސް ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރެ އެވެ. 

އެ ދެ މީހުން ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ ފޮށިގަނޑުތަކުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި، އެއީ ރަހުމަތްތެރިއަކު ފޮނުވަން ހަވާލުކުރި އެއްޗެއް ކަމަށެވެ. ފުރަތަމަ ކާގޯ ކުރަން އުޅުމުން ވަސް ދުވާތީ އެތަނުން ބަލައިނުގަތުމުން، އެ ތަކެތި ވަގުތީ ގޮތުން އެމީހުން ތިބޭ ތަނުގައި ބެހެއްޓީ ކަމަށް ވެސް އެމީހުން ބުންޏެވެ. 

ތައިލެންޑުގެ ފުލުހުން މިހާރު ދަނީ މި ދެ މީހުންނަކީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގައަކާ ގުޅުން އޮތް ބައެއްތޯ ބަލަމުންނެވެ. އަދި މި މައްސަލައިގައި ބައިވެރިވާ ކަމަށް ޝައްކުކުރެވޭ އިތުރު ބޭރު ގައުމުތަކުގެ މީހުން ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox