12 ކިލޯގެ މަސްތުވާތަކެއްޗާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި

12 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ދެ ދިވެހިން: އެ ދެ ދިވެހިން ހައްޔަރުކުރީ މަސްތުވާތަކެތި ހުރި ފޮށިގަނޑުތަކަކާއެކު -- ފޮޓޯ: ތައިގާ

12 ކިލޯގެ ޑްރަގާއެކު ހައްޔަރުކުރި ދެ ދިވެހިން: އެ ދެ ދިވެހިން ހައްޔަރުކުރީ މަސްތުވާތަކެތި ހުރި ފޮށިގަނޑުތަކަކާއެކު -- ފޮޓޯ: ތައިގާ

ދެ ކިލޯއަށްވުރެ ގިނަ ކްރިސްޓަލް މެތާއި 10 ކިލޯގެ ކެނަބިސްއާއެކު ތައިލެންޑުގެ ބެންކޮކުން ދެ ދިވެހި ފިރިހެނުން މިދިޔަ ހޯމަ ދުވަހު ތައިލެންޑް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފި އެވެ.

ތައިލެންޑުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ބެންކޮކްގެ ޕްރާތުނާމް ސަރަހައްދުގައި ހުންނަ ކާގޯ ސާވިސްއަކަށް ފޮނުވަން ގެންދިޔަ ބޮޑެތި ފޮށިގަނޑުތަކެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނުނު މައްސަލައިގައި ތައިލެންޑު ފުލުހުން ހައްޔަރުކުރީ ރާއްޖެއަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ އަލީ ރަޝީދާއި 34 އަހަރުގެ މުހައްމަދު ވިސާމެވެ.

މި މައްސަލައިގެ ތަހުގީގު ފެށުނީ ބޭރު ގައުމެއްގެ މީހަކު ވަރަށް ބޮޑަށް ޓޭޕް އަޅާ ބަންދުކޮށްފައިވާ ފޮށިގަނޑުތަކެއް ކާގޯ ކުރަން ގެނައި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުންނެވެ. އެ ފޮށިގަނޑުތަކުން ގަދަ ވަހެއް ދުވާތީ ކާގޯ އޮފީހުގެ މުވައްޒަފުންނަށް ޝައްކުވެގެން އެ ތަކެތި ބަލައިނުގަނެ އަނބުރާ ގެންދަން އެންގި އެވެ.

މިގޮތުން އޭގެ ފަހުން ފުލުހުން ކުރި މަސައްކަތުން އެ ފޮށިގަނޑުތައް ބަހައްޓާފައި ހުރި ސަރަހައްދު ދެނެގަނެ، އެ ސަރަހައްދު މޮނިޓަރު ކުރަމުން ދަނިކޮށް، ދެ ފިރިހެނަކު އައިސް އެ ފޮށިގަނޑުތައް އުފުލުމަށް ޓުކްޓުކެއް ގެނައި ވަގުތު ފުލުހުން ވަނީ އެމީހުން ހިފަހައްޓާ ފޮށިގަނޑުތައް ބަލާ ފާސްކޮށްފަ އެވެ.

ފޮށިގަނޑުތައް ބަލައި ފާސްކުރި އިރު، ފްލާސްކްތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި 2.37 ކިލޯގެ ކްރިސްޓަލް މެތު ފެނިފައިވެ އެވެ. އޭގެ ތެރެއިން ކޮންމެ ފުޅިއެއްގެ ތެރޭގައި 200 އާއި 300 ގްރާމާ ދެމެދުގެ މިންވަރަކަށް މަސްތުވާތަކެތި ހުރި ކަމަށްވެ އެވެ. އޭގެއިތުރުން ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި އޮޅާލާފައި ހުރި 10 ކިލޯގެ ކެނަބިސް ވެސް ފުލުހުންނަށް އެ ފޮށިތަކުން ފެނުނެވެ.

މަސްތުވާތަކެތި ފޮރުވާފައި ހުރީ ކުޑަކުދިންގެ ހެދުމާއި ކުޅޭ ކާރު ފަދަ އާންމު މުދަލުގެ ތެރޭގަ އެވެ. ފުލުހުން ވަނީ ޖުމްލަ ފަސް ބޮޑު ފޮށިގަނޑު އަތުލައިގަނެ، އެ ދެ މީހުން ފަޔާ ތައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ.

އެ ދެ މީހުންގެ މައްޗަށް ކުރަނީ ހުއްދަ ނެތި ވިއްކުމުގެ ނިޔަތުގައި ޖަދުވަލު 1 ގެ މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތެވެ. ނަމަވެސް އެ ދެ މީހުން ވެސް ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރެ އެވެ. 

އެ ދެ މީހުން ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ ފޮށިގަނޑުތަކުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި، އެއީ ރަހުމަތްތެރިއަކު ފޮނުވަން ހަވާލުކުރި އެއްޗެއް ކަމަށެވެ. ފުރަތަމަ ކާގޯ ކުރަން އުޅުމުން ވަސް ދުވާތީ އެތަނުން ބަލައިނުގަތުމުން، އެ ތަކެތި ވަގުތީ ގޮތުން އެމީހުން ތިބޭ ތަނުގައި ބެހެއްޓީ ކަމަށް ވެސް އެމީހުން ބުންޏެވެ. 

ތައިލެންޑުގެ ފުލުހުން މިހާރު ދަނީ މި ދެ މީހުންނަކީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގައަކާ ގުޅުން އޮތް ބައެއްތޯ ބަލަމުންނެވެ. އަދި މި މައްސަލައިގައި ބައިވެރިވާ ކަމަށް ޝައްކުކުރެވޭ އިތުރު ބޭރު ގައުމުތަކުގެ މީހުން ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox