ޝަންގްރިއްލާ ހުޅުވަން ބިލިއަން ރުފިޔާ ނޫނީ ރިސޯޓު ހިއްސާ

ޝަންގްރިއްލާ - ފޮޓޯ: އަގޯޑާ

ޝަންގްރިއްލާ - ފޮޓޯ: އަގޯޑާ

ޝަންގްރިއްލާ ރިސޯޓު ހުޅުވޭނީ އެ ރިސޯޓު ތަރައްގީކުރި އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓު ހިއްސާ ދޫކޮށްލައިގެން ނޫނީ 68 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ)ގެ ލޯނެއް ދީގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އައްޑޫ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓު ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާ ބަންދުކުރީ ކޮވިޑުން ލިބުނު ގެއްލުމުން އަރައި ނުގަނެވިގެން ކަމަށް ބުނި އޮގަސްޓު 20، 2020 ގަ އެވެ. އޭގެ ކުރިން ވެސް ގެއްލުމުގައި ހިންގަމުން އަންނަ އެ ރިސޯޓު ބަންދުކުރުމުން އެތަނުގައި ވަޒީފާ އަދާކުރާ 500 ވަރަކަށް މީހުންގެ ވަޒީފާ ގެއްލުނު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މި ރިސޯޓަކީ 2005 ގައި ދިވެހި ސަރުކާރާއި ހޮންގް ކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓްސް އިން ހިންގާ ކުންފުންޏެކެވެ. ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރި 284 އެނދުގެ ރިސޯޓަކީ އެހާތަނަށް ރާއްޖޭގެ އެންމެ އަގު ބޮޑު ރިސޯޓެވެ.

ޝަންގްރިއްލާ ވިލިގިއްޔަކީ އައްޑޫ އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓު އަދި ސަރުކާރާއި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއްގެ ދަށުން ތަރައްގީކޮށް ހުޅުވި ފުރަތަމަ ރިސޯޓު ވެސް މެ އެވެ.

ޝެއާހޯލްޑާ ލޯނަށް ބިލިއަން ރުފިޔާ ދައްކަން ޖެހޭ

ޝަންގްރިއްލާ ނުހުޅުވި ލަސްވާ މައްސަލައިގައި އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒެއިނާ އާދަމް ރައްޔިތުންގެ މަޖިލިހުގައި ހޯމަ ދުވަހު ސުވާލުކުރުމުން މައުސޫމް ވިދާޅުވީ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ހުޅުވަން ފިނޭންސާ ޝަންގްރިއްލާ ކުންފުންޏާ މަޝްވަރާތައް ދަނީ ކުރިޔަށް ކަމަށެވެ. ނަމަވެސް ސީދާ ރިސޯޓު ހުޅުވޭނީ މިވެނި ތާރީހެއްގައި ކަމަށް ބުނަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަބަބެއް ކަމަށް މައުސޫމް ވިދާޅުވީ، އައްޑޫ އިންވެސްޓްމަންޓްސް އެއްބަސްވުމުގެ ދަށުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ރީފައިނޭންސް ކުރަން ދޭން ޖެހޭ ފައިސާ ދައުލަތުން ނުދީ އޮތުމުންނެވެ. މި ފައިސާއަކީ ރިސޯޓުގެ ހިއްސާދާރެއްގެ ހައިސިއްޔަތުން ރިސޯޓު ތަރައްގީކުރަން ނެގި ލޯނާއި އެހެނިހެން ހަރަދުތައް ފޫބައްދަން ޖެހޭ ހާލަތުގައި ދޫކުރާ ޝެއާހޯލްޑާ ލޯނެކެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ގެއްލުން ފައިނޭންސް ކުރުމަށް 68 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ދިވެހި ސަރުކާރުން އައްޑޫ އިންވެސްޓްމަންޓްސް ކުންފުންނަށް ދޭން ޖެހޭ ކަމަށެވެ.

"އައްޑޫ އިންވެސްޓްމެންޓު ޕްރައިވެޓު ލިމިޓެޑާ އެއްކޮށް ވެފައި އޮތް އެގްރިމެންޓުގެ ދަށުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ފައިނޭންސްގެ ލޮސް ފައިނޭންސް ކުރުމަށް ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭ. އެގޮތުން 68 މިލިއަން ޑޯލަރު މިހާރު ލޯނު ފައިނޭންސިންގެ ގޮތުގައި އެ ކުންފުންޏަށް ދައްކަންޖެހިފައި އޮތީ." މައުސޫމް ވިދާޅުވި އެވެ.

މި ފައިސާ ދެއްކުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ޝަންގްރިއްލާއަށް ދޫކޮށްލުމެވެ. އެކަމަކު މިފަހުން ގާނޫނަށް ގެނައި އިސްލާހާ އެކު ވެސް ވިލިނގިއްޔަކީ ރާއްޖޭގައި ހުރި ރިސޯޓުތަކުގެ ނިސްބަތުން ބޮޑު ރަށަކަށް ވާތީ މިކަން ކުރެވެން ނެތް ކަމަށް މައުސޫމް ވިދާޅުވި އެވެ.

"ޓޫރިޒަމް ގާނޫނަށް ގެންނެވި ދިހަވަނަ އިސްލާހުގެ އަލީގައި އަޅުގަނޑުމެންނަށް ފޯމިއުލާއެއް ލިބުނު. އެހެން ނަމަވެސް، އެ ފޯމިއުލާގެ ދަށުން އެ ރަށުގެ ސައިޒު ބޮޑުކަމުން 80 މިލިއަންވަރު އަރާ އެ ޝެއާ ބަދަލުކުރަން," މައުސޫމް ވިދާޅުވި އެވެ.

މިއީ މިފަހުން ރިސޯޓުތައް ވިކުނު އަގުތަކަށް ބަލާއިރު އައްޑޫ އަތޮޅުގައި ހިންގާ ރިސޯޓަކާ ބައްދަލު އަގެއް ނޫނެވެ. އެހެންކަމުން މިނިސްޓްރީން މިހާރު ވާނީ ޓޫރިޒަމް ގާނޫނަށް އިތުރު އިސްލާހެއް ހުށަހަޅާފަ އެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓު

  • މި ރިސޯޓު ހިންގަނީ ހޮންގް ކޮންގްގެ ޝަންގްރިއްލާ ކުންފުނިން
  • ރިސޯޓަކީ އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގެ ރިސޯޓެއް
  • އައްޑޫ އިންވެސްޓްމަންޓަކީ ދިވެހި ސަރުކާރާއި ޝަންގްރިއްލާ ހިއްސާވާ ޖޮއިންޓް ވެންޗާއެއް
  • އައްޑޫ އިންވެސްޓްމަންޓު ކުންފުނި އުފެއްދީ ޖޫން 26، 2005 ގައި
  • އެ ކުންފުނީގައި ސަރުކާރުގެ ހިއްސާއަކީ 30 ޕަސެންޓު، ބާކީ 70 ޕަސެންޓަކީ ޝަންގްރިއްލާ
  • ޝަންގްރިއްލާ ރިސޯޓު ހުޅުވީ ޖުލައި 26، 2009 ގައި 142 އެނދާއެކު
  • މި ރިސޯޓަކީ 150 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުވި ރިސޯޓެއް
  • ރިސޯޓު ހަދަން އައިއެފްސީން ޝަންގްރިއްލާއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދިން

މިހާރު ޓޫރިޒަމް ގާނޫނު އޮތް ގޮތުން ސަރުކާރުގެ ހިއްސާ އޮންނަ ރިސޯޓު ޖޮއިންޓް ވެންޗާތަކުގެ ހިއްސާ ދޫކޮށްލެވޭނީ ކުއްޔަށް ދޫކޮށްފައިވާ ރަށް ނޫނީ ބިން ނުވަތަ ފަޅުތަކުގެ ބިމުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް އަގުކޮށްފަ އެވެ. އަގު ކުރަނީ އެ ކުންފުންޏެއްގައި ހިމެނޭ ސަރުކާރުގެ ހިއްސާ ކޮންމެ އިންސައްތައަކަށް ފަސް ޑޮލަރު މަގުންނެވެ.

titledesc

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ހުށަހަޅާ އިސްލާހުގައި ރިސޯޓުތަކުގައިވާ ސަރުކާރުގެ ހިއްސާ އަގު ކުރާނީ އިންވެސްޓަރުންގެ އިންވެސްޓްމަންޓަށާއި ރިސޯޓުގެ ހާލަތަށް ރިއާޔަތްކުރެވިގެން، ހިއްސާ އަގު ކުރާ ގޮތަށެވެ.

މައުސޫމް ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފުތާގެ ތެރޭގައި މި އިސްލާހު މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި، އޭރުން ޝަންގްރިއްލާއަށް އައްޑޫ އިންވެސްޓްމަންޓުގެ ހިއްސާ ވިއްކާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިއްސާ ވިއްކާ ނުލެވުނު ނަމަވެސް، މިހާރު ވެސް ފިނޭންސުން އެ ރިސޯޓު ހުޅުވަން މަޝްވަރާކުރަމުންދާ ކަމަށް މައުސޫމް ވިދާޅުވި އެވެ. އެކަމަކު އޭގެ ކުރިން ރިސޯޓުގެ ބައެއް މުހިންމު މަރާމާތްތަކެއް ވެސް ކުރަން ޖެހޭ ކަމަށް ޝަންގްރިއްލާއިން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ޝަންގްރިއްލާގެ މެނޭޖްމެންޓުން އަޅުގަނޑުމެންނަށް ހަބަރުދޭ ގޮތުގައި އެ ބޭފުޅުން އަލަށް ހުޅުވުމަށް ޓަކައި އެކަށީގެންވާ ބައެއް މަރާމާތުތައް ކުރަންޖެހޭ." މައުސޫމް ވިދާޅުވި އެވެ.

ސީދާ ތާރީހެއް ނޭނގުނު ނަމަވެސް، މި އަހަރު ރިސޯޓު ހުޅުވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މައުސޫމް ވިދާޅުވި އެވެ.

މަޝްވަރާ ކުރި ނަމަވެސް، މި ފައިސާ ނޫނީ ސަތޭކަ ޕަސެންޓު ހިއްސާ ނެތި ޝަންގްރިއްލާ ކުންފުނިން އިތުރު އިންވެސްޓެއް ނުކުރާނެ ކަމަށް ވަނީ އަންގާފަ އެވެ.

މިކަމުގެ މައުލޫމާތު ދެމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް، ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް "އަދަދު" ނޫހަށް ވިދާޅުވީ، ރިސޯޓު އަލުން އޮޕަރޭޝަނަށް ގެންނަން ބައެއް މަރާމާތު ކުރަން ޖެހޭ ކަމަށެވެ. އެކަމަކު ޝަންގްރިއްލާއިން އިތުރަށް އިންވެސްޓް ކުރާނީ ރިސޯޓު ހިއްސާ މައްސަލަ ހައްލުވުމުން ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝަންގްރިއްލާއިން ވަނީ އެ ކުންފުނީގެ ހިއްސާއަށް ލޮސް ފައިނޭންސް ކުރަން ޝެއާހޯލްޑާ ލޯނު ދޫކޮށްފަ. އެކަމަކު ސަރުކާރަކަށް ނެތް އެ ވަރުގެ ފައިނޭންޝަން އިންޖެކްޝަނެއް ދެވޭކަށް. އެންމެ ފައިދާ ބޮޑީ ހިއްސާ ދޫކޮށްލުން" ހުއްސާން ވިދާޅުވި އެވެ.

އައްޑޫ އިންވެސްޓްމަންޓުގެ ތެރެއިން މިހާތަނަށް ވިލިނގިލި ރިސޯޓަށް ކުރި ގިނަ ހަރަދުތައް ކުރީ ޝަންގްރިއްލާ ކުންފުނިންނެވެ. މި ކުންފުންޏަށް ސަރުކާރުން ހަމައެކަނި ދިން ފައިސާއަކީ ރިސޯޓު ބަންދުކުރުމާ ގުޅިގެން ކުލި ހަމަޖައްސަން ދޫކޮށްފައިވާ 2.4 މިލިއަން ޑޮލަރު (37 މިލިއަން ރުފިޔާ)ގެ ލޯނެއް ކަމަށް ޓޫރިޒަމުން މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox