ވެކްސިން ނުޖަހައިގެން މުބާރާތްތައް ގެއްލުނަސް ޖޮކޮވިޗް ހާހެއްނުވޭ

Feb 16, 2022, 9:40 AM
ވެކްސިން ނުޖަހައިގެން މުބާރާތްތައް ގެއްލުނަސް ޖޮކޮވިޗް ހާހެއްނުވޭ

ލަންޑަން (ފެބްރުއަރީ 16) - ކޮވިޑް-19 އަށް ވެކްސިން ނުޖަހައިގެން ޓެނިހުގެ ބޮޑެތި މުބާރާތްތައް (ގްރޭންޑް ސްލޭމް)ތަކުގައި ނުކުޅެވުނު ކަމުގައި ވިޔަސް އެކަމާ މާބޮޑު ފަރުވާލެއް ނެތް ކަމަށް ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

މިދިޔަ މަހު ހަތަރު ވަނަ ދުވަހު އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ޖޮކޮވިޗް، 34، އޮސްޓްރޭލިއާ އަށް ދިޔަ ތަނުން އެއާޕޯޓުގައި މަޑުކޮށް އޭނާގެ ވިސާ އެންމެ ފުރަތަމަ ކެންސަލްކޮށްލި މައްސަލަ ކޯޓަށް ހުށަހަޅައިގެން އޭނާ ކާމިޔާބު ހޯދިއެވެ. އެ ފަހަރު ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލީ ޖޮކޮވިޗް ކޮވިޑް ވެކްސިން ޖެހިކަމުގެ މައުލޫމާތު ދީފައިނުވާތީ އެވެ. ފުރަތަމަ ހުށަހެޅި މައްސަލައިގައި ކޯޓުން ޖޮކޮވިޗަށް ކާމިޔާބުވީ ވެކްސިން މައުލޫމާތު ދީފައިނުވި ނަަމަވެސް ޖޮކޮވިޗް އަށް ޑިސެމްބަރު މަހު 16 ވަނަ ދުވަހު ކޮވިޑް ޖެހިފައިވާތީ، މެޑިކަލް އެގްޒެމްޕްޝަންގެ ތެރެއިން ވިސާ ލިބޭ ގޮތަށް އޮތުމުންނެވެ.

އެކަމަކު، ޖޮކޮވިޗްގެ ވިސާ އެޕްލިކޭޝަނުގައި ދީފައި ހުރި މައުލޫމާތު ދިމާނުވާތީ ފަހުން އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރު އަލެކްސް ހޯކް އަށް ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ބޭނުންކުރައްވައި ވަނީ ޖޮޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަލްކޮށްފަ އެވެ. ޖޮކޮވިޗްގެ ގާނޫނީ ޓީމުން އެ މައްސަލަ ވެސް ކޯޓަށް ވެއްދިއިރު، ކޯޓުން ދެ ވަނަ ފަހަރަށް ނިންމީ ޖޮކޮވިޗާ ދެކޮޅަށެވެ. ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލަން އޮސްޓްރޭލިއާގެ އިމިގްރޭޝަނުގެ ނިންމުން ކޯޓުގެ ތިން ފަޑިޔާރުންގެ އިއްތިފާގުން ދެމެހެއްޓީ އެވެ. އޭގެ ފަހުން އޭނާ މުބާރާތުގައި ނުކުޅެވޭގޮތަށް ޑީޕޯޓްކޮށްލީ އެވެ. އޭރު އޮތީ ޖޮކޮވިޗް ލައިގެން މުބާރާތުގެ މެޗު ޝެޑިއުލް ވެސް ނެރެފަ އެވެ.

ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޖޮކޮވިޗް ބުނީ ވެކްސިން ނުޖަހައިގެން ނޫނީ އޭނާ ވެކްސިން ޖެހިކަން ކަށަވަރުކޮށްނުދީގެން އިންޓަނޭޝަނަލް ބެޑްމިންޓަނުގެ ބޮޑެތި މުބާރާތްތަކުގައި ނުކުޅެވުނު ކަމުގައި ވިޔަސް އެކަމާ ހާހެއްނުވާ ކަމަށެވެ.

"އަހަރެންގެ މި ހުރީ ވެކްސިން ޖެހުމާ ދެކޮޅު ވިސްނުމެއް ނޫން. އަހަރެންގެ މި ހުރި ވިސްނުމަކީ ކޮންމެ މީހަކަށް ވެސް އިހުތިޔާރު އޮންނަންވާނެއޭ، އަމިއްލަ ހަށިގަނޑަށް ޖަހަން ޖެހޭ އެއްޗެއް ނިންމުމުގެ ބާރު އޮންނަން ޖެހޭ،" ޖޮކޮވިޗް ބުންޏެވެ. "އަހަރެން މި ހުރީ ވެކްސިނާ ބެހޭގޮތުން އަހަރެންގެ ނިންމުންތައް ހިއްސާކޮށް އަހަރެންގެ ސިއްރުތައް ކިޔައިދޭ ގޮތަކަށް ނޫން. ވެކްސިން މައުލޫމާތު ނުދީގެން އަހަަންނަށް މުބާރާތްތައް ގެއްލުނަސް މައްސަލައެއް ނެތް. އަމިއްލަ ސިއްހަތަށް ބަލައިގެން މުބާރާތްތަކުގައި ނުކުޅެވެންޏާ އޭގެ ގެއްލުމާ ކުރިމަތިލާން ތައްޔާރު،"

ވިސާ މައްސަލައިގައި އޮސްޓްރޭލިއާގެ އިމިގްރޭޝަނުން ޖޮކޮވިޗް އެއާޕޯޓްގައި އެތައް ގަޑިއިރެއް ވަންދެން އެންމެ ފުރަތަމަ ބެހެއްޓި އެވެ. ޖޮކޮވިޗް ބުނީ އެ ވަގުތުތަކުގައި ވަރަށް ބޮޑަށް ހާސްވި ކަމަށާއި ގޮތްހުސްވެގެން ހަދާނެ ގޮތެއް ނޭނގިގެން ވެސް އުޅެން ޖެހުނު ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ނައްތާލަން ނޫނީ ކޮންޓްރޯލްކުރަން މުޅި ދުނިޔޭގައި ކުރަމުން އަންނަ މަަސައްކަތް ބަލައިގަންނަ ކަމަށް ޖޮކޮވިޗް ވަނީ ބުނެފަ އެވެ. އެކަމަކު، މީގެ ކޮންމެ މީހަކަށް ވެސް އަމިއްލަ ހަށިގަނޑަށް ބަލައިގެން ވިސްނުންތެރިކަމާ އެކު ވެކްސިން ޖެހިޔަސް ނުޖެހިޔަސް އުޅެވެން ޖެހޭނެ ކަމަށް ޖޮކޮވިޗް ގަބޫލުކުރެ އެވެ.

ވެކްސިން ނުޖަހައިގެން އޮސްޓްރޭލިއާގައި އޭނާ ކުރިމަތިލާން ޖެހުނު ފަދަ ކަންތައްތައް މުސްތަގުބަލުގައި ވެސް ދިމާވެދާނެ ކަމަށާާއި އޭނާ ހުރީ އެކަމަށް ތައްޔާރުވެގެން ކަމަށް ޖޮކޮވިޗް ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި 359 ވަނަ ހަފްތާ ގުނަމުން އަންނަ ޖޮކޮވިޗް، ވަނީ ގްރޭންޑް ސްލޭމް ޓެނިހުގެ 20 މުބާރާތް ކާމިޔާބުކޮށްފަ އެވެ. މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް ރަފައެލް ނަޑާލް ވަނީ 21 ގްރޭންޑްސްލޭމް ހަމަކޮށްފަ އެެވެ. ޖޮކޮވިޗް ބުނީ މިހާރު އޮތީ ރެކޯޑެއް ފަހަތުން ދުވުމަށް ވުރެ ކުޅެލަން ލިބޭ ކޮންމެ މުބާރާތެއްގައި ފުރުސަތުގެ ބޭނުންހިފައި ކެރިއަރުގައި ކުރިއަށްދާން ފޯކަސްކުރުން ކަމަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox