ޔޫކްރެއިން އާއި ރަޝިއާއިން ހަނގުރާމަ ފަށައިފިނަމަ ރާއްޖެއަށް ގެއްލުންވާނެތީ ނަޝީދުގެ ކަންބޮޑުވުން

ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އަދަދު

ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އަދަދު

ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ސަބަބުން ރާއްޖެ އަށް ގެއްލުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި ހަފްތާގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އެއާއެކު، އެ ގައުމުގެ މަޝްރަހު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

"ޔޫކްރެއިންގެ މަޝްރަހާ މެދު ކަންބޮޑުވަން. ޔޫކްރެއިން އަދި ރަޝިއާ ރައްޔިތުންނަކީ ރާއްޖެ އަށް އެންމެ ގިނައިން ޒިޔާރަތްކުރާ ފަތުރުވެރިން. ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ސަބަބުން ރާއްޖެއަށް ހީވެސްނުކުރާހާ ގެއްލުންތައް ލިބިގެންދާނެ،" ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

Advertisement

އެފަދަ ހާލަތެއްގައި ދިވެހިރާއްޖެއަށް ކުރާނެ އަސަރުތަކާ މެދު ސަރުކާރުން ސަމާލުވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރަޝިއާ އަކީ މިއަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ފޮނުވި ގައުމެވެ. އަހަރުގެ މިހާތަނަށް އެގައުމުން 28،468 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އަދި ޔޫކްރެއިން އޮތީ 6،503 ޓޫރިސްޓުންނާއެކު މި ލިސްޓުގެ ހަތްވަނައިގަ އެވެ.

ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ގައުމަށް ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. ޔޫކްރެއިންގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި، މިވަގުތު އެ ގައުމުގައި ތިބި ދިވެހި ރައްޔިތުން، އެ މިނިސްޓްރީ އާއި އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން ކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓްރީވުމަށް ވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރި އެވެ.

ރަޝިއާ - ޔޫކްރެއިން މައްސަލަ

ރަޝިއާއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޔޫކްރެއިނާ އެ ގައުމާ ގުޅޭ ބޯޑަރަށް 100،000 ސިފައިން ޖަމާކުރި އެވެ. އަދި، ޖެހިގެން އައި ޑިސެމްބަރު މަހުގެ ތެރޭގައި ހުޅަނގުގެ ގައުމުތަކަށް ރަޝިއާއިން ޑިމާންޑްތަކެއް ހުށަހެޅި އެވެ.

ޔޫކްރެއިން އާއި އުވިފައިވާ ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ގައުމުތަކަށް ނޭޓޯގެ މެމްބަރުކަން ނުދިނުމަށާއި އިރުމަތީ ޔޫރަޕުގައި ނޭޓޯއިން ކުރިޔަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލުން މި ޑިމާންޑް ތަކުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން، 1997 ގެ ފަހުން ނޭޓޯއާ ގުޅުނު ގައުމުތަކުގައި ތިބި އެ ޖަމާއަތުގެ ސިފައިން އެ ގައުމުތަކުން ބޭލުމަށް ރަޝިއާއިން ޑިމާންޑް ކުރެ އެވެ.

ޖެނުއަރީ 3، 2022 ގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަށް ގުޅުއްވައި ރަޝިއާއިން ހަމަލާ ދީފިނަމަ ޔޫކްރެއިންގެ ދިފާއުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެމެރިކާ އާއި ރަޝިއާގެ އޮފިޝަލުން ބައްދަލުކުރެއްވުމަށްފަހު ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް ރަޝިއާގެ ޑިމާންޑްތައް ގަބޫލުކުރެވެން ނެތް ކަމަށް އެމެރިކާއިން ހާމަކުރީ ޖެނުއަރީ 10، 2022 ގަ އެވެ.

ފެބްރުއަރީ 1، ގައި ރަޝިއާގެ ރައީސް ވްލަޑްމިއާ ޕޫޓިން ވަނީ ރަޝިއާ އިން ޔޫކްރެއިނަށް ހަމަލާ ދޭން އުޅޭ ކަމަށް ބުނެ ހުޅަނގުން ކުރާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

ރައީސް ބައިޑެން އަދި ރައީސް ޕޫޓިން އާ ދެ ބޭފުޅުން ފެބްރުއަރީ 12، ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރެއްވި އެވެ. ހުޅަނގުގެ ގައުމުތަކުން ޑިޕްލޮމެސީ އިހުތިޔާރު ކުރާނެ ކަމުގެ ޔަގީންކަން ބައިޑެން ދެއްވި ނަމަވެސް ޕޫޓިން ވަނީ ރަޝިއާގެ ޑިމާންޑްތަކަށް އިޖާބަ ދީފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި، ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ބައިޑެން ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox