ސަމާހު: ނަސީބާއި ހިތްވަރާ އެކު ފަސް ބެލުމެއް ނެތި ކުރިއަށް!

ފައިނަލް މެޗަށް ފަހު ކްލަބް އީގަލްސްގެ ކުޅުންތެރިންނާ އެކު ސަމާހު ރަން މެޑަލް އަޅަން އަންނައިރު، ސަސްގެ ކުޅުންތެރިން ގާޑް އޮފް އޮނާ އެއް ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފައިނަލް މެޗަށް ފަހު ކްލަބް އީގަލްސްގެ ކުޅުންތެރިންނާ އެކު ސަމާހު ރަން މެޑަލް އަޅަން އަންނައިރު، ސަސްގެ ކުޅުންތެރިން ގާޑް އޮފް އޮނާ އެއް ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޒުވާން ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދީ ކުލަބުތަކުގެ ސްކޮޑުތަކުގައި ހިމެނޭ ޖޫނިއާ ކުޅުންތެރިންނަށް މެޗުތަކުގެ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕަކީ ގިނަ ގޮތް ގޮތުން ހާއްސަ މުބާރާތެކެވެ. ކޮންމެ މުބާރާތެއްގައި ވެސް ހުނަރުން ފުރިފައިވާ އެތަކެއް ކުޅުންތެރިންނެއް ފުޓްބޯޅައިގެ އާ އުއްމީދެއް ގެނެސްދެ އެވެ. މިފަހަރު މުބާރާތުގައި އެންމެ ގިނަ ހުނަރުވެރި ކުޅުންތެރިން ގިނަ އެއް ޓީމަކީ ޗެމްޕިއަން އީގަލްސް އެވެ.

އީގަލްސް އަށް މި ފަހަރުގެ ތަށި ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި އެއް ކުޅުންތެރިޔަކީ ފޯވާޑް މުހައްމަދު ސަމާހު މޫސާ ފަތުހީ އެވެ. ވާދަވެރި ސްކޮޑެއްގައި ހިމެނި "ނަސީބަކުން" ފުރަތަމަ 11 ގައި ކުޅެން ލިބުނު ފުރުސަތުގައި ކޯޗު އަހުމަދު ނިމާދު (ނިމާ)ގެ އިތުބާރު ހޯދައި މުބާރާތުގެ އެންމެ ވިދުން ގަދަ ތަރީގެ މަގާމް ސަމާހުވަނީ ހޯދައިފަ އެވެ.

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ޓީމްތަކުގެ ތައްޔާރީތައް ފެށި ތިން މަހެއްހާ ދުވަސް ކުރިންނެވެ. ފުރަތަމަ ސްކޮޑު ތަމްރީންތައް ފެށިއިރު ސަމާހު އެޓީމަކު ނުހިމެނެ އެވެ. އޭރު ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެެރިން އެހެން ޓީމުތަކަށް ބަދަލުވުމާ އެކު އީގަލްސްގެ މެނޭޖުމަންޓުން ނިންމީ އައު ކުޅުންތެރިންތަކެއް ހޯދަން "ޓްރަޔަލް" އެއް ބާއްވާށެވެ. ސަމާހު އަކީ ކުލަބު އީގަލްސްގެ ޓްރަޔަލްގައި ބައިވެރިވުމަށް އުފަން ރަށް، އދ. ކުނބުރުދޫ އިން އައި ކުޅުންތެރިއެކެވެ.

އީގަލްސްގެ ވައިސް ޗެއާމަން އަދި އެފްއޭއެމްގެ އެކްސްކޯ މެމްބަރު މުފާވިޒް (ކ) ޔޫތު މުބާރާތުގެ ރަން ބޫޓު ސަމާހު އަށް ހަވާލުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގާތް ގަނޑަކަށް 80 ކުޅުންތެރިން ވާދަކުރި ޓްރަޔަލްގައި ސަމާހު ފާހަގަވީ އިސްކޮޅުން ކުރު ވިޔަސް ޖެހިލުންކުޑަ ފޯވާޑެއްގެ ގޮތުގައެވެ. އީގަލްސްގެ ކޯޗު ނިމާ ފާހަގަކުރާ ގޮތުން ނަމަ ޑިފެންޑަރުންނަށް "އުނދަގޫބޮޑު" ކުޅުންތެރިއެކެވެ.

"ކިތަންމެ ކުޑަކޮށް ހުއްޓަސް ކޮންމެ ބޯޅައަކަށްވެސް ދުވާނެ. އެންމެ ހީ ނުކުރާ ވަގުތު ބޮލުން ވިޔަސް ފައިން ވިޔަސް ބޯޅައިގައި ޖައްސާނެ. ޑިފެންޑަރުންނަށް އެންމެ ޑިފެންސް ކުރަން އުނދަގޫ ސްޓައިލަށް ކުޅޭ ކުޅުންތެރިއެއް ސަމާހު އަކީ. އޭރުވެސް ޖެހިލުން ކުޑަ، ބިރު ކުޑަ. ޓަޗްތައް ރަނގަޅު. އަނެއްކާ ވަރަށް އަވަސް ސްޕީޑް ރަނގަޅު. އެހެންވެ އަސްލު އޭނާއަށް ފުރުސަތު ދިނީ ޓްރަޔަލް ތެރެއިން" ނިމާ ބުންޏެވެ.

ކޯޗުގެ ފުރަތަމަ 11 ގައި ސަމާހު ކުރިން ނުހިމެނޭ

އީގަލްސްގެ ސްކޮޑަށް ނެގުމާއިއެކު 18 އަހަރުގެ ސަމާހު އިތުރަށް މަސައްކަތް ފެށިއެވެ. އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިން އެ ޓީމްގައި ތިބުމުން މުބާރާތުގެ މެޗެއްގައި ކުޅެން ޗާންސް ލިބުމަކީ އުނދަގޫކަމެއް ކަމަށް އޭނާ އަށް އޭރު ވެސް ގަބޫލުކުރެވުނީމަ އެވެ.

ހަގީގަތުގައިވެސް ކަންތައްތައް އޮތީ ސަމާހު ހީކުރި ގޮތަށެވެ. މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި ސަސް އާއި ދެކޮޅަށް ކުޅެން ކޯޗު ނެގި ފުރަތަމަ 11 ގައި ސަމާހު ނުހިމެނެ އެވެ. އެކަމަކު، އޭނާގެ ނަސީބު މިފަހަރު ވެސް ރަނގަޅެވެ. މެޗު ފެށުމުގެ ކުރިން މުހިންމު ހަ ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެ ސަމާހު އަށް ކޯޗު ނިމާ ފުރުސަތު ދިނީ އެވެ. އެ މެޗުން 1-0 އިން އީގަލްސް މޮޅިވިއިރު މެޗުން އީގަލްސް މޮޅުވި ލަނޑު ޖަހައިދިނީ ސަމާހު އެވެ.

އެ މެޗަށް ފަހު ސަމާހުއަށް ހާއްސަ ނަޒަރަކުން ބަލަން ނިމާ އަށް މަޖުބޫރިވީ އެވެ.

ޖެހިގެން އައި މެޗަށް ހެދި ޕީސީއާރު ޓެސްޓުން އޭނާ ކޮވިޑަށް ޕޮޒިޓިވް ވުމުން ނުކުޅެވުނެވެ. ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި އޭނާ އިންނަން ޖެހުނީ ބެންޗުގަ އެވެ.

ފަހު މެޗަށް އީގަލްސް ޓީމު އަތުރާލިއިރު ކޯޗު ސަމާހު އަށް ފުރުސަތު ދިނީ އޭނާ ކަހަލަ މަސައްކަތު ރޭޓު ރަނގަޅު އަބަދުވެސް އޭރިއާ ތެރޭގައި ކޮންމެ ބޯޅައަކަށް މަސައްކަތްކުރާނެ "ފައިޓަރެއް" ބޭނުންވާތީ އެވެ. މިފަހަރުވެސް ލިބުނު ފުރުސަތުގައި އޭނާ ތަފާތު ދެއްކި އެވެ. ހަތަރު ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި އެވެ. މި މެޗުގައި ދެއްކި ކުޅުމާ އެކު ސަމާހު ބޭނުންވާ މަންޒިލަށް ދެވެނޭކަމުގެ މަލަމަތި ފެންނަން ފަށައިފި އެވެ.

ސަމާހު އަށް އެންމެ ހާއްސަވީ ސެމީ ފައިނަލް މެޗުގައި ޖެހި ގޯލު

ސަމާހު ވަނީ ޔޫތު ޗެމްޕިއަންޝިޕްގައި ޖުމްލަ ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ލަނޑު ލިސްޓުގެ ކުރިހޯދައި ރަން ބޫޓު ހާސިލްކުރީ ހަ ގޯލު ޖަހައިގެންނެވެ.

ސެމީ ފައިނަލް މެޗަށް ނިކުމެ އެ މެޗުގައިވެސް ތަފާތަކަށްވީ އީގަލްސްގެ ސަމާހު އެވެ. ޓީސީ މެޗުގެ ހަމައެކަނި ލަނޑު ޖަހައި އީގަލްސް ފައިނަލަށް ގެންގޮސްދިން ކުޅުންތެރިއަކީ ސަމާހު އެވެ. އެ މެޗުގައި ޖެހި ގޯލަކީ ސަމާހު އަށް ވެސް އެންމެ ކަމުދާ ގޯލެވެ. އެއީ އެ މެޗުގެ މުހިންމު ކަމާއި، ޕްރެޝަރަށް ބަލާއިރު، ލިބުނު ހަނި ފުރުސަތެއްގައި ގޯލެއް ޖެހުމުން ޓީމަށް މެޗުގެ ތެރެއިން ހަމަޖެހުމުގެ ނޭވާއެއް ހޯދައިދެވުނީމަ އެވެ. ބޮޑަށް މަސައްކަތްކުރީ ވެސް ޓީމުގެ ފައިދާ އަށެވެ.

ފައިނަލް މެޗުން އީގަލްސް މޮޅުވިއިރު، ލަނޑު ޖެހުމަށް ބަލާއިރު، އުއްމީދު ކުރިވަރުގެ ތަފާތެއް ސަމާހު އަށް ނުދެއްކުނެވެ. އެކަމަކު، ޓީމަށްޓަކައި ކުރަމުން އައި މަސައްކަތް ތަކުރާރުކުރި އެވެ.. މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ސަމާހު ހިމެނުނެވެ. އެއީ ރަން ބޫޓޫގެ އިތުރަށް އޭނާ އަށް އިންޑިވިޖުއަލީ ލިބުނު އަނެއް ހިތްހަމަޖެހުމެވެ.

"އަސްލު ވަރަށް ހިތްހަމަޖެހޭ. 11 އަށް އަރަން ވަރަށް މަސައްކަތް ކުރިން. އެއްވަރެއްގެ ކުޅުންތެރިން ތިބީމަ އިނގޭ މުބާރާތް ފެށިއިރުވެސް މަދު ފުރުސަތެއްކަން ލިބޭނީ. އެހެންވެ ކޮންމެ މެޗެއްގެ ކޮންމެ ވަގުތަކު ކޮންމެ ބޯޅައަކަށްވެސް 100 ޕަސެންޓް މަސައްކަތްކުރަން ބޭނުންވީ" ފުޓްބޯޅައިން ކުރިއަށް ދިއުމުގެ އުންމީދުގައި ހުރި ސަމާހު، "އަދަދު" އަށް ބުންޏެވެ.

ޔޫތު މުބާރާތުގެ މެޗެއްގެ ތެރެއިން ސަމާހު ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔޫތު މުބާރާތުގައި ސަމާހު ދެއްކި ކުޅުމާއިއެކު މާދަމާ ފަށާ ދިވެހި ޕްރިމިއާ ލީގަށް ކުލަބު އީގަލްސްގެ 30 ކުޅުންތެރިންގެ ސްކޮޑުން އޭނާ ވަނީ ފުރުސަތު ދީފަ އެވެ. ސަމާހު އަށް ނިމާގެ މެސެޖަކީ މިހާރު ވެސް އެ ފެންނަ ޑިސިޕްލިން ރަނގަޅު ގޮތުގައި ދެމެހެއްޓުމެވެ.

އާއިލާގެ އެހީތެރިކަން - ސަމާހު ކުރިއަށް ދިޔުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު

ސަމާހު އަށް ކުރިއަށްދާން ލިބޭ އެންމެ ބޮޑު ހިތްވަރުގެ ގޮތުގައި އޭނާ ސިފަކުރަނީ އާއިލާގެ ސަޕޯޓެވެ. މީގެ އިތުރުން ކޯޗުންގެ ފަރާތުން އަބަދު ވެސް އިތުރަށް ކުރިއަށް ދިޔުމަށް ލިބޭ އިރުޝާދެވެ.

"ފެމިލީ އެންމެންވެސް ވަރަށް ސަޕޯޓްދޭ. މެޗެއް އޮންނަ ދުވަހެއް ވިއްޔާ ގުޅާފަ ބުނާނެ ހިތްވަރު ކުރައްޗޭ، މޮޅަށް ކުޅެއްޗޭ، މަސައްކަތް ކުރައްޗޭ. އަސްލު ވަރަށް އުފާވޭ އެންމެންގެވެސް ސަޕޯޓް ލިބޭތީ،" ސަމާހު ބުންޏެވެ

"ހުރިހާ ކޯޗުންވެސް ވަރަށް ހިތްވަރުދޭ. ރަނގަޅު ކުރަންވީ ކަންކަން ބުނެދޭ. ނިމާ ކޯޗު ވަކިން ހާއްސަކޮށް ފާހަގަކުރަން. މެޗުގައި މިސްޓޭކެއް ހެދުނަސް ބުނާނެ އެހެން ނަހަދާށޭ، މިގޮތަށް ކުޅޭށޭ، އީގަލްސްގެ މެނޭޖްމަންޓުން ވެސް ވަރަށް ރަނގަޅު. އެންމެންނަށް ޝުކުރު އަދާކުރަން ދިން ފުރުސަތަށް،"

ނަސީބުން ލިބުނު ފުރުސަތަށް ސަމާހު ހުރީ ފުރިހަމަ އަށް ތައްޔާރުވެގެންނެވެ. އޭގެ ބޭނުންހިފައި، އޭނާ ހުރީ ފުޓްބޯޅައިން ދުރު މުސްތަގުބަލެއް ހޯދައި، ކެރިއަރެއް ބިނާކުރުމަށް އަޒުމުކަނޑައަޅައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox