ގުޅުން ރަނގަޅު ކުރަން ތުރުކީގެ ރައީސް އުރުދުގާން ޔޫއޭއީއަށް ވަޑައިގެންފި

ތުރުކީގެ ރައީސް އުރުދުގާންއާ އެކު އަބޫ ދާބީގެ ވަލީ އަހުދު އަމީރު ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން. -- ފޮޓޯ: އީޕީއޭ

ތުރުކީގެ ރައީސް އުރުދުގާންއާ އެކު އަބޫ ދާބީގެ ވަލީ އަހުދު އަމީރު ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން. -- ފޮޓޯ: އީޕީއޭ

އަބޫ ދާބީ، ޔޫއޭއީ (ފެބްރުއަރީ 14) - ސަރަހައްދީ ދެބަސްވުންތަކާ ހެދި އަސަރުކޮށްފައިވާ ތުރުކީ އާއި ޔޫއޭއީގެ ގުޅުން ރަނގަޅު ކުރަން ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ހޯމަ ދުވަހު ޔޫއޭއީއަށް ވަޑައިގެންފި އެވެ.

ޔޫއޭއީގެ ވެރިރަށް އަބޫ ދާބީއަށް ވަޑައިގެންނެވުމާ އެކު އުރުދުގާން އަށް މަރުހަބާ ވިދާޅުވީ ވަލީ އަހުދު އަމީރް ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ.

ލީބިޔާގެ ދާހިލީ ހަނގުރާމަ އާއި ގަލްފުގެ ޑިޕްލޮމެޓިކް މައްސަލައެއްގައި ތުރުކީ އާއި ޔޫއޭއީން ތާއީދު ކުރީ ދެ ފަޅިއަކަށެވެ. އޭގެ އިތުރުން އިރުމަތީ މެޑިޓެރޭނިއަންގައި ގޭސް ހޯދުމުގެ މަސައްކަތާ ގުޅޭ ގޮތުން ވެސް ދެ ގައުމުގެ ވިސްނުން ދެ ގޮތެވެ.

ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ޝެއިހް މުހައްމަދު ތުރުކީގެ އަންކާރާއަށް ކުރެއްވި ދަތުރަކަށް ފަހު ގުޅުން ވަނީ ރަނގަޅުވާން ފަށާފަ އެވެ. އެއީ 2012 ވަނަ އަހަރަށް ފަހު ޔޫއޭއީގެ އިސްވެރިޔަކު ތުރުކީއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

"އެ ދަތުރަކީ ދެ ގައުމުގެ ގުޅުމަށް އާ ޒަމާނެއް އައުމުގެ ފެށުން،" ޔޫއޭއީއަށް ފުރާވަޑައިގެންނެވުމުގެ ކުރިން އިސްތަންބޫލް އެއާޕޯޓުގައި ހުންނަވައި، ނޫސްވެރިންނަށް އުރުދުގާން ވިދާޅުވި އެވެ.

ތުރުކީގެ ރައީސްގެ މި ދަތުރަކީ ވެސް 2013 ވަނަ އަހަރަށް ފަހު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އުރުދުގާން ވިދާޅުވީ ދެ ގައުމުގެ ގުޅުން އަސްލު އޮންނަން ޖެހޭ ހަރުފަތަށް ގެންދިޔުމުގެ ކަންކަން ރާވާފައިވާ ކަމަށެވެ.

ޔޫއޭއީއަށް ކުރައްވާ ދަތުރުގައި އުރުދުގާން އަންގާރަ ދުވަހު ވަޑައިގަންނަވާނީ އެކްސްޕޯ 2020 ޑުބާއީ މައުރަޒަށެވެ. ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރުޖް ހަލީފާ، ޔޫއޭއީ އާއި ތުރުކީގެ ދިދައިގެ ކުލަތަކުން މިހާރު ދިއްލާފައި ވަނީ އުރުދުގާންގެ ދަތުރާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox