އަފްގާނިސްތާނުން "ގެއްލުނު" ހަތަރު އަންހެން އެކްޓިވިސްޓުން މިނިވަންކޮށްފި

އަފްގާނިސްތާނުން ހަތަރު އަންހެން އެކްޓިވިސްޓުން "ގެއްލުނީ" ތާލިބާނާ ދެކޮޅު މުޒާހަރާއެއްގައި ބައިވެރިވި ފަހުން. -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުން ހަތަރު އަންހެން އެކްޓިވިސްޓުން "ގެއްލުނީ" ތާލިބާނާ ދެކޮޅު މުޒާހަރާއެއްގައި ބައިވެރިވި ފަހުން. -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ފެބްރުއަރީ 13) - މީގެ ހަފްތާތަކެއް ކުރިން ވީނުވީއެއް ނޭނގި ގެއްލުނު އަފްގާނިސްތާނުގެ ހަތަރު އަންހެން އެކްޓިވިސްޓުން ތާލިބާނުން މިނިވަންކޮށްފި އެވެ.

މިދިޔަ އޯގަސްޓު މަހު ވެރިކަމަށް އައި ތާލިބާނުން ދަނީ އިދިކޮޅު އަޑު ކަނޑުވާލަން ބާރު ބޭނުން ކުރަމުންނެވެ. އެގޮތުން އެންމެ ބޮޑަށް އަމާޒު ކުރަނީ އަންހެނުންގެ އެއްވުންތަކަށެވެ.

ތަމާނާ ޒައިނަބް ޕަރްޔާނީ، ޕަރްވާނާ އިބްރާހިމްހޭލް، ޒަހްރާ މުހައްމަދީ އަދި މުރްސަލް އަޔަރް ގެއްލުނީ ތާލިބާނާ ދެކޮޅު އެއްވުމެއްގައި ބައިވެރިވި ފަހުންނެވެ.

ނަމަވެސް ތާލިބާން ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދިޔައީ އެ މީހުން ހައްޔަރު ނުކުރާ ކަމަށެވެ. އެކަމަކު އަފްގާނިސްތާނަށް ހާއްސަ އދ. ގެ މިޝަން އިން ބުނީ ހަތަރު އެކްޓިވިސްޓުންނާއި އެ މީހުންނާ އެކު "ގެއްލުނު" އާއިލާގެ މެމްބަރުން ވެސް ތާލިބާން ސަރުކާރުން މިނިވަންކޮށްފައިވާ ކަމަށެވެ.

ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު މީގެ ކުރިން އޭއެފްޕީއަށް ބުނީ ފިތުނަ އުފައްދައި، ގާނޫނާ ހިލާފަށް އުޅޭ މީހުން ހައްޔަރު ކުރުމުގެ ހައްގު ކަމާ ބެހޭ ފަރާތްތަކަށް އޮންނާނެ ކަމަށެވެ. ތާލިބާނުން ވެރިކަމަށް އައުމަށް ފަހު ވަނީ ހުއްދަ ނުހޯދައި މުޒާހަރާ ކުރުން މަނާކޮށްފަ އެވެ.

މި މަހުގެ ކުރީކޮޅު ތާލިބާނުން ވަނީ އދ. ގެ ރެފިއުޖީ އޭޖެންސީއާ އެކު އަފްގާނިސްތާނުގައި މަސައްކަތް ކުރާ ދެ ނޫސްވެރިން ވެސް ހައްޔަރު ކުރުމަށް ފަހު މިނިވަންކޮށްފަ އެވެ.

ބީބީސީގެ ކުރީގެ ނޫސްވެރިޔާ އެންޑްރޫ ނޯތު އާއި އެހެން ގައުމެއްގެ ނޫސްވެރިޔަކު ވެސް "ވީނުވީއެއް ނޭނގި ގެއްލުމުން" އެކަމުގައި ތާލިބާނުންގެ އަތެއް ނުވާނެ ކަމަށް ބުންޏެވެ.

ނަމަވެސް ރެފިއުޖީ އެޖެންސީން ބުނީ މިދިޔަ ހުކުރު ދުވަހު އެ މީހުން ވެސް މިނިވަންކޮށްފައިވާ ކަމަށެވެ. ތާލިބާނުން ފަހުން ބުނީ ދެ ނޫސްވެރިން ހައްޔަރު ކުރީ ސައްހަ އައިޑީކާޑާއި ލިޔުންތައް ނެތުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox