ފައްޔާޒު ގަބޫލުކުރައްވާ ގޮތުގައި ބަރުލަމާނީ ނިޒާމަށް އަދި ރާއްޖެ ތައްޔާރެއް ނޫން

ފައްޔާޒު އިސްމާއިލް, އެމްޑީޕީގެ ރައީސް ނަޝީދު އަދި ރައީސް ސޯލިހު: ބަރުލަމާނީ ނިޒާމަށް މި ވަގުތަށް ރާއްޖެ ތައްޔާރު ނޫން ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު އިސާމް / އަދަދު

ފައްޔާޒު އިސްމާއިލް, އެމްޑީޕީގެ ރައީސް ނަޝީދު އަދި ރައީސް ސޯލިހު: ބަރުލަމާނީ ނިޒާމަށް މި ވަގުތަށް ރާއްޖެ ތައްޔާރު ނޫން ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު އިސާމް / އަދަދު

އެމްޑީޕީން ފޯރިގަދަ އިންތިހާބަކާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު, މިވަގުތަށް ވެސް އެންމެ އިހުގައި އޮތް ބަހުސަކީ ބަރުލަމާނީ ނިޒާމްގެ ބަހުސެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެ ނިޒާމް, ގެންނަވަން ފޫގަޅުއްވައިގެން ހުންނެވިއިރު, ޕާޓީގެ ދެން ބާއްވާ ކޮންގްރެސް ވެސް ފައްކާކުރަނީ އެކަމުގެ މަޝްވަރާއަށާއި ގޮތް ނިންމުމަށެވެ.

އެ ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނެ ޗެއާޕާސަން މިވަގުތަށް އެހާ މުހިންމުވެފައި ވަނީ ވެސް އެހެންވެ އެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހުޅުވާލާފައިވާއިރު, އެ ރޭހުގައި ތިއްބެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ އެވެ. މި ދެ ބޭފުޅުންނަކީ ބަރުލަމާނީގެ ބަހުސާއެކު, އެމްޑީޕީން ފޭދިގެން ދިޔަ ދެ ފެކްޝަނަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ނަޝީދުގެ ފަހަތްޕުޅުން އިމްތިޔާޒަކީ ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. އެ ނިޒާމް ރާއްޖެ ގެނެސް, ނަޝީދު ބޮޑުވަޒީރު ކަމަށް ގެންނަން އޭނާ މަސައްކަތް ކުރައްވާނެ އެވެ. އެ މަގަށް އޮތް ހުރަކަށް ވާނީ ޕާޓީގެ އަނެއް ފެކްޝަނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލޯޔަލް ބޭފުޅުންގެ ފަޅިން, ބަރުލަމާނީއަކާ މާގަޔާ ނުވެ އެވެ. އެ ބޭފުޅުން ބޭނުންވަނީ ރިޔާސީ ނިޒާމްގައި ރައީސް ސޯލިހަށް ދެވަނަ ދައުރެކެވެ.

މިހާތަނަށް ފާޅުގައި އެއިން ބޭފުޅަކު އެ ވާހަކަ ނުދެއްކެވި ނަމަވެސް, މިއަދު ސިޔާސީ މަންޒަރު ބަދަލުވެއްޖެ އެވެ. ފައްޔާޒު ޗެއާޕާސަން ކަމަށް ވާދަކުރައްވާއިރު ބަރުލަމާނީ ނިޒާމަށް އޭނާގެ ތާއިދު މިވަގުތަށް ނެތްކަން މިވަނީ ހާމަކުރައްވާފަ އެވެ.

"ދިވެހިރާއްޖޭގެ ހާލަތަކަށް (ބަރުލަމާނީ ނިޒާމް) އަދި ކޮންވިންސެއް ނުވޭ," މި ނޫހަށް ފައްޔާޒު ދެއްވި ހާއްސަ އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ.

ބާރުތައް ވަކި ބަޔަކަށް ލިބުން، ބޮޑު ކަންބޮޑުވުމެއް

އެމްޑީޕީ ގައުމީ މަޖިލީހުގައި ގަމު ދާއިރާގެ ރައީސްކަން ވެސް ކުރައްވާ ފައްޔާޒުގެ ނަޒަރުގައި ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމަކީ ވެސް ރަނގަޅު ނިޒާމްތަކެކެވެ. އެހެން ނަމަވެސް، މި ވަގުތަށް ބަލާއިރު ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"އެކި ގައުމަށް އެކި ފަހަރު އެކި ގޮތްގޮތް އެބަ ރަނގަޅުވޭ. އަޅުގަނޑުގެ ރައުޔުގައި ދިވެހިރާއްޖޭގެ ހާލަތަކަށް (ބަރުލަމާނީ ނިޒާމް) އަދި ކޮންވިންސެއް ނުވޭ،" ބަރުލަމާނީ ނިޒާމު މިވަގުތަށް ރާއްޖެއަށް ގެނައުމަށް ތާއިދު ނުކުރައްވާކަން ހާމަކުރައްވައި, ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވަނީ ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރާ ސަބަބުތައް ތަފްސީލް ކޮށްދެއްވާފަ އެވެ;

ފައްޔާޒުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބާރުތައް ވަކި ބަޔެއްގެ މުށު ތެރެއަށް ދިޔުމުގެ ފުރުސަތު ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އޮތުމެވެ.

"ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ސަރުކާރެއް އުފެދިގެން ދާއިރު މިކަހަލަ ކުޑަ ގައުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އަދަދު ވެސް ކުޑަ. އެހެންމަ އަޅުގަނޑު ކަންބޮޑުވާ ކަމެއް، ބާރުގަދަ ބައެއްގެ އަތް މައްޗަށް މަޖިލީހާއި ސަރުކާރު ދިޔުމުގެ ފުރުސަތު, ޖުޑީޝިއަރީ އަދި ހުރިހާ އެއްޗެއް ވެސް އެ ކޮންޓްރޯލްގެ ދަށަށް އެބަ އާދޭ،" ފައްޔާޒުގެ ކަންބޮޑުވުމަކީ މިއީ އެވެ.

ފައްޔާޒު, ރައީސް ސޯލިހާއެކު: އޭނާގެ ތާއިދު ބަރުލަމާނީ ނިޒާމަކަށް ނެތް
ފައްޔާޒު, ރައީސް ސޯލިހާއެކު: އޭނާގެ ތާއިދު ބަރުލަމާނީ ނިޒާމަކަށް ނެތް

ފައްޔާޒު, ރައީސް ސޯލިހާއެކު: އޭނާގެ ތާއިދު ބަރުލަމާނީ ނިޒާމަކަށް ނެތް --

ފައްޔާޒު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ހުރިހާ ދިވެހިން ވޯޓު ލައިގެން ހޮވާ މީހަކަށްވުން މުހިންމެވެ. އެ ފުރުސަތު ބަރުލަމާނީ ނިޒާމުގައި ނެތުމުކީ އޭނާގެ ކަންބޮޑުވުމެކެވެ. ބަރުލަމާނީ ނިޒާމެއްގައި ގައުމުގެ އެންމެ އިސް ވެރިޔާގެ ގޮތުން ބޮޑުވަޒީރު, މަޖިލީހުގެ އެންމެ ރައްޔިތުން މަދު ދާއިރާއިން އިންތިހާބުވެގެން ވެސް އަތުވެދާނެ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ހުރިހާ ރައްޔިތުން ވެގެން ހޮވާ ވެރިޔެއް ހުރުން މުހިންމު. ބަރުލަމާނީ ނިޒާމެއްގައި ވެއްޖިއްޔާ ކުޑަ ކުޑަ އަތޮޅަކުން ހޮވޭ މެމްބަރަކު ވެސް އެއީ ފަހަރެއްގައި ޕްރައިމް މިނިސްޓަރު ކަމަށް ވެސް ވެދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ނިޒާމުގެ މައްސަލާގައި ތަފާތު ގޮތްތަކަކަށް ފައްޔާޒު ވިސްނަވަ އެވެ;

ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް އިތުރުކުރުމަކީ އެއް ބަޔަކަށް އެތަނުގެ ކޮންޓްރޯލް ނުނެގޭނެ ކަމެއް ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ. އަދި، ޕްރިފަރެންޝިއަލް ސިސްޓަމަކަށް ވޯޓުގެ ކަންކަން ކުރިޔަށް ގެންދިޔުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

%30 ވެރިކަމަށް އައުން: ރަނގަޅު ކަމެއް ނަމަވެސް ބަހުސް ކުރަން ޖެހޭ

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ 30 ޕަސެންޓަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއް ނަމަ، އެ ކެންޑިޑޭޓަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައެޅުމަކީ ވެސް ނަޝީދު ގެންނަން ބޭނުންވާ ބަދަލެކެވެ.

އެމަނިކުފާނު ވަނީ އެކަން ގައުމީ މަޖިލީހާ ވެސް ހިއްސާކުރައްވާފަ އެވެ. މިކަމާ ގުޅިގެން ނަޝީދަށް ފާޑުކިޔުން ބޮޑުވެފައިވީ ނަމަވެސް, ފައްޔާޒުގެ ވިސްނުމުގައި އެއީ އޭގެ ޒާތުގައި ރަނގަޅު ކަމެކެވެ. ބަރުލަމާނީއަށް މިވަގުތަށް ތާއިދު ނެތް ނަމަވެސް, ނަޝީދު 30 ޕަސެންޓް އިސްލާހާ ފައްޔާޒު ދެކޮޅެއް ނޫނެވެ.

"އެއީ، އެންމެ ގިނަ ވޯޓު ލިބޭ ފަރާތަކުން ހަމަ ކުރިޔަށް ގެންދަވަންވީ، އެހެނަސް އޭގަ ވެސް އެބަހުރި އަނެއްކޮޅަށް، އަޅުގަނޑުމެން ކަހަލަ ޅަފަތުގަ ޑިމޮކްރަސީ އޮތް ގައުމެއް ވިސްނާލަންޖެހޭ ކަންކަން, މިއީ ޑިމޮކްރަސީ އެސްޓެބްލިޝް ކުރަން ލިބިފަ އޮތް ފުރުސަތެއް،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީއަކީ އެކި ފިކުރުތަކުގެ ގިނަ ބަޔަކު އެއްވެގެން އުފެދިފައިވާ ޕާޓީއެއް ކަމަށް ފައްޔާޒު ގަބޫލު ކުރައްވަ އެވެ. ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި އެގޮތަށް ކަނޑައެޅުމަށް ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ އެތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހެ އެވެ.

"އެމްޑީޕީއަކީ ވަރަށް ވައިޑް ރޭންޖެއްގެ ހިޔާލުތަކާއި ފިކުރުތަކެއް އެއްވެފަ އޮންނަ ތަނެއް, އެއް ވިސްނުމެއްގައި އެންމެން ތިބޭ ޕާޓީއެއް ނޫން އެމްޑީޕީއަކީ, ވަރަށް ތަފާތު ހިޔާލު އެމްޑީޕީ ތެރޭގައި ހުންނާނެ. އެކަމަކު މައިގަނޑު އަސާސްތަކެއްގެ މައްޗަށްހެން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެންމެން މީގެ ތެރޭގައި ބައިވެރިވެގެން މި އުޅެނީ،" މި ނޫހަށް ދެއްވި އިންޓަވިއުގައި ފައްޔާޒު ވިދާޅުވި އެވެ.

އެންމެފަހުން ބޭއްވި ގައުމީ މަޖިލީހުގައި ފާސްކުރި ގޮތަށް އޮގަސްޓް ހަަތަރެއްގައި އޮންނަ ކޮންގްރެސްގައި އެކަމާ ގުޅޭ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ފޯމަލް ސެޓަޕެއްގައި އެ ވާހަކަތައް ދެކެވި، ދެން އޭގެން ނުކުންނަ ނަތީޖާއަކާ އެކު ކުރިޔަށްދާން އެބަ ޖެހޭ. އެހެން ނޫނިއްޔާ އެ ބައިވަރު ވިސްނުންތައް އެކައްޗަކަށް ހެދޭނެ ޖާގައެއް ލިބިފައެއް ނެތް. އެކި އެކި ލޮބީ ގްރޫޕްސް އުޅޭނެ،" ކޮންގްރެސްގައި ވަކި ގޮތަކަށް އެއްބަސްވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox